އަލީއެކްސްޕްރެސްގެ އެމްބެސެޑަރަކަށް ބެކަމް

އަލީ އެކްސްޕްރެސްގެ ބްރޭންޑް އެމްބެސެޑާ، އިނގިރޭސިވިލާތުގެ ކުރީގެ ފުޓްބޯޅަ ކެޕްޓަން ޑޭވިޑް ބެކަމް -- ފޮޓޯ/ޕީޕަލް

ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ޗައިނާގެ އީ-ކޮމާސް ވިޔަފާރި ކުންފުނި އަލީބާބާގެ އީ-ކޮމާސް ސައިޓް ކަމަށްވާ އަލީއެކްސްޕްރެސްގެ ބްރޭންޑް އެމްބެސެޑަރަކަށް އިނގިރޭސިވިލާތުގެ ކުރީގެ ފުޓްބޯޅަ ކެޕްޓަން ޑޭވިޑް ބެކަމް ހަމަޖައްސައިފިއެވެ.

ޑޮމެސްޓިކް އީ-ކޮމާސްގެ ވިޔަފާރި ދަށްވަމުން އަންނަ ދުވަސްކޮޅެއްގައި އަލީބާބާއިން އަންނަނީ އީ-ކޮމާސް ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

މި އަހަރުގެ ކުރީކޮޅު އަލީއެކްސްޕްރެސްއިން ވަނީ ޖޫން މަހު ފަށާ ޔޫއެފާ ޔޫރޯ 2024 މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި ވެސް ސޮއިކޮށްފައެވެ. ޖޫން މަހު ފެށޭ މުބާރާތުގައި އޮންލައިން ކޮންސިއުމަރުން ޝައުގުވެރި ކުރުވުމަށް ޑިސްކައުންޓާއި ޑީލް އަދި އެންގޭޖްމަންޓަށް އެތައް މިލިއަން ޑޮލަރެއް އިންވެސްޓް ކުރާނެއެވެ.

އަލީއެކްސްޕްރެސްއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޔޫއެފާ މުބާރާތާ ގުޅިގެން ބެކަމްގެ އިޝްތިހާރު ވެސް ދައްކާނެ ކަމަށެވެ.

ޗައިނާއިން ބޭރުގެ މާކެޓްތަކުން ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އަލީބާބާއިން ބެލި ނަމަވެސް، ޗައިނާގެ އީ ކޮމާސް ކުންފުނި ޕީޑީޑީ ހޯލްޑިންގްސްގެ އީ ކޮމާސް ސައިޓް، ޓެމޫއާ ވާދަކުރުމުގެ ގޮތުން ގިނަ މާކެޓްތަކެއް އަދިވެސް އަލީބާބާއިން ހޯދަންޖެހެއެވެ. އަލީބާބާއިން އަމާޒުހިފައިފައިވަނީ 2036 ވަނަ އަހަރުގެ ނިޔަލަށް ދެ ބިލިއަން ގްލޯބަލް ކޮންސިއުމަރުންނަށް ޚިދުމަތް ދިނުމަށެވެ. އަލީބާބާއަކީ ޗައިނާގެ މަހުޖަނު ޖެކް މާ 2017 ވަނަ އަހަރު އުފައްދައިފައިވާ ކުންފުންޏެކެވެ.

ކުރިން 2022 ވަނަ އަހަރު ތައާރަފުވި ޓެމޫގެ މަގުބޫލުކަން ބޮޑުވެފައިވާއިރު، ޗައިނާގެ އިންވެސްޓްމަންޓް މެނޭޖްމަންޓް ކުންފުނި ސީއައިސީސީން ލަފާކުރާ ގޮތުގައި 2023 ވަނަ އަހަރު ޓެމޫއަށް 18 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.

comment ކޮމެންޓް