އިމްޕޯޓް މުދަލުގެ އަގު ހަ ޕަސެންޓު އިތުރުވެ، އެކްސްޕޯޓު 22 ޕަސެންޓު ދަށަށް

މާލޭގެ ބަންދަރުގައި އޮތް ދޯންއަކަށް އެސްޓީއޯގެ މުދާ ބަރުކުރަނީ: މިދިޔަ މަހު އާމްދަނީއަށް 310 މިލިއަން ލިބި، 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ތަފާސްހިސާބު ތަކުން ދައްކާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު ހަ ޕަސެންޓް އިތުރުވެ، އެކްސްޕޯޓު ކުރި މުދަލުގެ އަގު 22 ޕަސެންޓް ދަށްވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ރާއްޖެއަށް އެތެރެކޮށްފައި ވަނީ 4.5 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު ވަނީ 4.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު 193 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވާއިރު ނިމިދިޔަ އޭޕްރީލް މަހު އެކްސްޕޯޓުކުރީ 151 މިލިއަން ރުފިޔާގެ މުދަލެވެ.

އެގޭއިތުރުން، ކަސްޓަމްސްގެ އަދާހައިމައިން ދައްކާ ގޮތުން، މިދިޔަ މަހު އާމްދަނީގެ ގޮތުގައި 310 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެމްޕީއެލް ސަރަހައްދު: މިދިޔަ މަހު އާމްދަނީއަށް 310 މިލިއަން ލިބި، 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ތަފާސްހިސާބު ތަކުން ދައްކާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އޮމާން، އިންޑިއާ، ޗައިނާގެ އިތުރުން ސިންގަޕޯ އަދި ޔޫއޭއީ ހިމެނެއެވެ. އެގޮތުން:

  • އޮމާނުން 777 މިލިއަން ރުފިޔާގެ މުދާ
  • އިންޑިއާއިން 761 މިލިއަން ރުފިޔާގެ މުދާ
  • ޗައިނާ އިން 722 މިލިއަން ރުފިޔާގެ މުދާ
  • ސިންގަޕޫރުން 537 މިލިއަން ރުފިޔާގެ މުދާ
  • ޔޫއޭއިން 467 މިލިއަން ރުފިޔާގެ މުދާ

ފާއިތުވި މަހު ރާއްޖެއިން ބޭރުން 124 އުޅަނދު އައިސްފައިވާއިރު ރާއްޖެއިން ވަނީ 162 އުޅަނދު ފުރާފައިއެވެ.

ތަފާސްހިސާބުން ދައްކާ ގޮތުން، އޭޕްރީލް މަހު ރޯޔަލްޓީގެ ގޮތުގައި، 2.37 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

comment ކޮމެންޓް