ރާބިތާގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް މައުމޫނު މައްކާއަށް ފުރާވަޑައިގެންފި

ރައީސް އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމު ރާބިތަތުލް އާލަމިލް އިސްލާމީގެ ތައުސީސީ މަޖިލިހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް މައްކާ އަށް މިއަދު ފުރާވަޑައިގެންނަވައިފި އެވެ.

ފޯމާ ޕްރެޒިޑެންޓް އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމޫނަކީ އިސްލާމީ ދުނިޔޭގެ އިލްމީ ގޮތުން މަޝްހޫރު 60 ބޭފުޅެއްގެ މައްޗަށް އެކުލެވިފައިވާ މަޖިލިހަށް ވަރަށް ކުރިންސުރެ ވެސް އައްޔަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

މިދަތުރު ފުޅުގައި ރައީސް މައުމޫނުގެ އިތުރުން ފޯމާ ޕްރެޒިޑެންޓް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އާދަމް ނައީމާއި ރާބިތާ މާލޭ އޮފީހުގެ މުދީރު އަބޫބަކުރު އަލީ ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު