ވަޓްސްއެޕުން އެ ޕްލެޓްފޯމްގެ ޔޫޒަރުންގެ ބޮޑު ބޭސްއަށް އިތުރު އުފެއްދުންތެރި އަދި އަމިއްލަވަންތަ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އަމިއްލަ ޕްރޮފައިލް ފޮޓޯ އުފެއްދުމުގެ ފުރުސަތު ފަހިކޮށްދޭ އާ ފީޗާއެއް ތައާރަފްކުރަން ނިންމައިފިއެވެ.
އެންޑްރޮއިޑަށް އެންމެ ފަހުން ނެރުނު ވަޓްސްއެޕް ބީޓާ ރިލީޒްގައި ފެނުނު އާ "ކްރިއޭޓް އޭއައި ޕްރޮފައިލް ޕިކްޗާ" ޓޫލް މެދުވެރިކޮށް ޓެކްސްޓް ޕްރޮމްޕްޓެއްގައި އެމީހަކު ބޭނުންވާ އެއްޗެއް ކިޔައިދީގެން ޔުނިކް ޕްރޮފައިލް ފޮޓޯތައް ފަރުމާ ކުރެވޭނެ އެވެ.
މިސާލަކަށް ވަޓްސްއެޕްގެ އޭއައި ސިސްޓަމުން އެ ތަފްސީލަށް ފެތޭ ފަދަ ތަސްވީރެއް އުފައްދަން "ކައުބޯއީ ހެޓް އަޅައިގެން ހުރި މީހެއް" ނުވަތަ "ބައިސްކަލު ދުއްވާ އެލިފަންޓެއް" ފަދަ ޕްރޮމްޕްޓްތަކަށް ވަދެވިދާނެއެވެ. މި ފޮޓޯތަކަކީ މިހާރު ހުރި އެއްވެސް ފޮޓޯއަކުން ނެގުމުގެ ބަދަލުގައި މުޅިން އޮރިޖިނަލް އޭއައި ޖެނެރޭޓެޑް އާޓްވޯކްތަކަކަށް ވާނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭއައި ޕްރޮފައިލް ޕިކްޗާ ޖަނަރޭޓަރުގެ މަގްސަދަކީ ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް ފޮޓޯ އެޑިޓް ކުރުމުގެ އެއްވެސް ހުނަރެއް ބޭނުން ނުކޮށް ހައިލީ ކަސްޓަމައިޒްކޮށްފައިވާ ޑިޖިޓަލް ޕޯޓްރޭޓްތައް މެދުވެރިކޮށް އެ މީހުންގެ ޝަހުސިއްޔަތާއި ޝައުގުވެރިކަން ނުވަތަ މޫޑު ތައް ރަނގަޅަށް ދައްކުވައިދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މި ފީޗާގެ ސަބަބުން ޕްރައިވެސީގެ ކަންބޮޑުވުންތަކަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށާއި، އޭއައި ޖެނެރޭޓެޑް ފޮޓޯތަކުގެ ސަބަބުން އެޕްލިކޭޝަންގައި ޕަބްލިކް ފޭސިން ޕްރޮފައިލް ޕިކްޗާއެއްގެ ގޮތުގައި އަމިއްލަ އަށް ނުވަތަ އެހެން މީހުންގެ ހަގީގީ ފޮޓޯތަކަށް ބަރޯސާވާން ޖެހޭ މިންވަރު ނައްތާލެވޭނެއެވެ.
ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެންޑްރޮއިޑްގައި ބޭނުންކުރާ ހުރިހާ ފަރާތްތަކަށް އޭއައި ޕްރޮފައިލް ޕިކްޗާ ޓޫލް އަށް ވަޓްސްއެޕުން އެކްސެސް ތައާރަފްކުރާނެ ކަމަށް ބެލެވޭ އިރު، އައިއޯއެސް ވާޝަނެއް ވެސް ފަހުން ފޮލޯ ކުރާނެއެވެ. މިއީ މިހާރުވެސް ބައެއް ބީޓާ ޓެސްޓަރުންނަށް ލިބެން ހުރި އޭއައި ޗެޓްބޮޓް އެސިސްޓެންޓާ ގުޅި، ޕްލެޓްފޯމަށް އިތުރުކޮށްފައިވާ އެންމެ ފަހުގެ އޭއައި ކެޕޭސިޓީ ރަމްޒުކޮށްދޭ އެއްޗެކެވެ.
ޖެނެރޭޓިވް އޭއައި ޓޫލްސް މެއިންސްޓްރީމްގައި ކުރިއަށްދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޓްސްއެޕް ބޭނުންކުރާ އެތައް ބިލިއަން ކަސްޓަމަރުންނަށް ޕާސަނަލައިޒްޑް ޕްރޮފައިލް ފޮޓޯތައް އުފެއްދުމުގެ ގާބިލުކަން ލިބުމަކީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ މަގުބޫލު އާ އެޕްލިކޭޝަނަކަށް ވަޓްސްއެޕް ވެގެން ދިއުމަށް އެޅޭ ހަރުދަނާ ފިޔަވަޅަކަށްވެދާނެއެވެ.