އޮޔާދަނިކޮށް ފެނުނު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ސިނަމާލެ ބުރިޖު ސަރަހައްދު: އެ ސަރަހައްދުން އޮޔާ ދިޔަ މީހަކަށް އަންނަނީ ފަރުވާ ދެމުން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ސިނަމާލެ ބުރިޖާ ދިމާލުން ކަނޑުމަތިން އޮޔާދަނިކޮށް ސަލާމަތް ކުރި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ބުރިޖާ ދިމާލުން ކަނޑުމަތިން މީހަކު އޮޔާދާ ކަމަށް 12:35 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި އެ މީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ ދާދި ދެންމެއަކު އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް އެ މީހާ ގެނެސްފައިވާ ކަމަށެވެ.

މިވަގުތު ޑޮކްޓަރުން އަންނަނީ އެ މީހާ ބަލަމުން ކަމަށާއި އަދި ވަކި އެއްޗެއް ބުނެދޭން ނޭނގޭ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މި ދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަކުރާއިރު، ފާއިތުވި ދެ ދުވަހު ވަނީ މޫދަށް އެރި އުޅުމުގެ ތެރެއިން ދެ މީހަކު ގެނބިގެން މަރުވެފައެވެ. އަދި ކަނޑުމަތީގައި ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.

https://sun.mv/192411

ތިން ދުވަސް ވަންދެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު އޮރެންޖު އެލާޓުން، ރީނދޫއަށް ދަށްކޮށް، އެންމެފަހުން ހުދު އެލާޓަށް ރޭ ވަނީ ދަށްކޮށްފައެވެ.

މެޓުން ބުނެފައި ވަނީ މިހާރު ކުރިއަށް ވުރެ ވައި މަޑުވެ ކަނޑުތައް ވެސް މަޑު ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުކޮށް މޫދަށް އެރި އުޅެވޭ ވަރަށް މޫސުން ރަނގަޅުކަމަށް އެ އޮފީހުން ބުންޏެވެ.

comment ކޮމެންޓް