Dhiraagu
Dhiraagu

މުދަލު ޒަކާތުގެ ނިޞާބު ބޮޑުކޮށްފި

ފިތުރު ޒަކާތް ބަލައިގަތުން: މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބު ދައްކަންޖެހޭ މިންވަރު ވަނީ އިތުރުކޮށްފައި -- ފޮޓޯ/ ޒަކާތު ހައުސް

މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބު ދައްކަންޖެހޭ މިންވަރު އިތުރުކޮށް, އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެ އަދަދު ކަނޑައަޅައިފިއެވެ.

Ooredoo

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ބުނީ، މިއަދުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ ދިވެހި ރުފިޔާއިން 9353.40 ރުފިޔާ ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރު 7140 ދިވެހި ރުފިޔާއަށް ދަށްކޮށްފައެވެ. އޭގެ ކުރިން، މިދިޔަ އަހަރު އޯގަސްޓް މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ 7151.90އެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވާނެއެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

ރާއްޖޭގައި މަދު މީހަކު މެނުވީ ފިތުރު ޒަކާތް ދައްކާ ނަމަވެސް، ވަރަށް ގިނަ ބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަގަވާ ކަމަށް މީގެ ކުރިން ހުކުރު ހުތުބާގައިވެސް ވަނީ ބުނެފައެވެ.

އެހެންކަމުން ކުޅަދާނަކަން ލިބިގެންވާ އެންމެހާ މީހުން މުދަލު ޒަކާތް ދެއްކުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

Redstar
comment ކޮމެންޓް

comment ދދ

11 month 4 week ago

ހަބަރު ލިޔާކުދިންނޭ ހެޑުލައިން ރަގަޅަށް ލިޔަން އާދަ ކުރައްވާ، "މިއަހަރުގެ ޒަކާތުގެ ނިސާބަށް ބަދަލް އަތުވެއްޖެ،" "ޒަކާތުގެ ނިސާބު ކަނޑައަޅައިފި" ، "މުދަލު ޒަކާތް ނެރެންޖެހޭ ނިސާބަކީ" ... ! މިފަދަ ގިތަކަށްވެސް ހެޑިން އެޅިދާނެ !

comment ޖޭ

11 month 4 week ago

މިލިޔުންރަގަޅެއްނޫން ނިސޯބު އެއީ ދައްކަށްޖެހޭވަރެއް ނޫން ނިސޯބުހަމަވާތާ ހިޖުރީ އެއްއަހަރުފުރުނީމާ ދައްކައް ޖެހޭނީ ސާޅީސް ބަކުޅައެއްބައި

reply ޙެހެހެހ

11 month 4 week ago

އިސްލާމް ކުލާސް ގަޑީގަ ފާހަނަ ބަރި ކައިރި ވަގުތު ދުއްވާލަން އުޅުނު ކުދިންކޮޅެއް ލިޔުނު ހަބަރެއް ވީމަ ތިޔަފަދަ އެއްޗެކޭ ލިޔެވިދާނެ