"މާތް ﷲ ގެ ރުހިވޮޑިގަތުން އެދޭ މީހާ ނަމާދުތަކަށް ފަރުވާތެރިވާށެވެ. ﷲ ތައާލާއާއި އެކަލާނގެ އަޅާއާއި އެންމެ ބޮޑަށް ގާތްކޮށްދޭ ވަސީލަތަކީ ނަމާދެވެ."
***
" އުރޫޖް ގެ ހަޔާތުގަ މަންމަވެސް ބައްޕަ ވެސް ނެތި ބޮޑު ކުރީ މާމަ.....މަންމަ ނިޔާވެފަ ކަން އެނގޭ...ދުޢާވެސް ކުރަން މަންމަ އާއި ބައްޕައަށްޓަކައި...އެކަމަކު ނޭނގޭ އެންމެ ޅަ އިރުގައިވެސް އެއީ ކޮންބައެއްކަން ބެލުމަށްވެސް ބޭނުމެއް ނުވި......މެއިބީ އައިމް ޓޫ ސްކެއަޑް ޓު..." ދެ އަތް ދެއަތާ މޮޑެމުން އުރުޖުވާން ވާހަކަ ދެއްކިއެވެ.
"ކޮންކަމަކާ ބިރުގަންނަނީ؟" މާޒިމް ހުރީ އެނގެން ބޭނުންވެފައެވެ.
" ދެޓް މައި ހާޓް މައިޓް ވޯންޓް ދެމް.....އަލްޙަމްދުލިއްﷲ އުރޫޖް އަށް ދުވަހަކުވެސް ޕޭރެންޓްސް ނެތް ކަމުގެ އިހުސާސެއް ނުކުރުވޭ...މާމަ އެހާ ވެސް ފުރިހަމަ ކޮށްދިން ކަންތައްތައް....އުރޫޖް ގެ ހިތް މަންމަ އާއި ބައްޕަ ހޯދުމަށް ވިސްނައިފިއްޔާ މާޔޫސް ވެ ބަލިކަށިވާނެ...ދުނިޔޭގައި އެތައް ކުދިން ތަކެއް ތިބެނީ ހަމަ މަ ހާލުގަ....އެކުދިން ބަލާނެ މާމަ އެއްވެސް ނުތިބެ އެއްނު،،،އުރޫޖް ވިއްޔަ ކިހާ ލަކީ..." އުރުޖުވަން ގެ ލޯ ފުރިފައިވީ ކަރުނުންނެވެ.
އިސް ޖަހާލައިގެން އިން އުރުޖުވާން ގެ ލޮލުން ފޭބި ކަރުނަތިކިތައް މާޒިމްގެ އަތްތިލައަށް އެޅެމުން ދިޔައެވެ. އޭނަ އުރުޖުވާން ގަޔާއި ލައްކޮށްލަމުން އަތުގެ ހިމާޔަތް ދިނެވެ. ހިތާއި ހިތުން އުފާ ކުރެވުނީ ހަޔާތުގައި ދިމާވި އެއްވެސް ކަމެއްގައި ޝަކުވާއެއް ކުރުމެއް ނެތި އުރުޖުވާން ﷲ ގެ ޤަދަރަށް އީމާންވާލެއް ފުރިހަމަ ކަމުންނެވެ. މާޒިމް ގެ ހިތް އެދެމުން ދިޔައީ އުރުޖުވާން އަށް އޭނާގް މަންމަ ގެ ހަގީގަތް ހާމަ ކުރުމަށެވެ. ސަބީހާ ވަކިވެ ދިޔުމުގެ ކުރީން މާޒިމް އަށް އެވާހަކަ އޮތީ ފާޅުކޮށްފައެވެ. އުރުޖުވާން ގެ އަތުގައި އަޅާފައި އޮތް މުތީގެ ކެވެލި ކޮޅާއި ކަރުގައި އަޅާފައިވާ ފަށް ފެނި ފުރަތަމަ ވެސް އެ ހިތުގައި އެ ޝައްކު އުފެދުނެވެ. އަދި އުރުޖުވާން ގެ މަޑުމައިތިރި ހިތް ހެޔޮ މިޒާޖުވެސް މެއެވެ.
" މި އަނގޮޓި ވަރަށް ގުޅޭ އުރޫޖް އަތުގަ އަޅާފަ އޮތް ޕާލްސް އާވެސް...."އުރުޖުވާންގެ އަތުގެ ފަރިކަން މާޒިމްއަށް ދައްކައިލިއެވެ.
"ވަރަށް ގުޅޭ. އެހާ ލޯބި،..އެނގޭތަ؟ ތިއީ ސެޓެއް....އަނގޮޓި ތިއީ މަންމަގެ.....ކެވެލި ކޮޅާއި ފަށަކީ ނާވިއްތަގެ..." މާޒިމް ވަރަށް ހަމަޖެހިލާފައި ތެދު ހާމަކުރިއެވެ. މާޒިމްގެ އަތު ތެރޭ ފޮރުވިގެން އޮތް އުރުޖުވާން ސިހުނެވެ.
" ނާ..ވީ...އެ ކާކު؟" އުރުޖުވާން ގެ ތޫނު ނަޒަރު މާޒިމްއަށް ހުއްޓުނެވެ. ފަނޑުއަލިކަމުގެ ތެރެއިން އެ ލޯ ފެންނަނީ ސާފު ބިއްލޫރި ޖަވާހިރެއްގެ ސިފައިގައެވެ. ހޭވިގެން މޫނަށް އެޅިފައިވާ އިސްތަށިގަނޑު ކަންފަތުގައި އަޅުވާލާފައި ތެދުވެވުނީ އެ ޖަވާބަށް ތައްޔާރުވެލުމަށެވެ. އެ ރީތިކަމަށް ހިނދުކޮޅަކަށް ގެއްލިފައި ހުރެވުނު މާޒިމް ދައްކަން އުޅުނު ވާހަކަ ވެސް ހަނދާނުން ފޮހެލި ކަހަލައެވެ. އުރުޖުވާން މާޒިމް ގެ އަތުގައި ކޮށްޓާލިއެވެ.
" ނާވިޔާ....މައި އާންޓް....އުރޫޖް ގެ މަންމަ....ވީ އާ ކަޒިންސް..." މާޒިމް ފަހު ލަފުޒު ބުނެލީ ވަރަށް ހެވިފައެވެ. އުރުޖުވާން އަށް އޭނާގެ މަންމަ އަކީ ކާކު ކަން ބަލަން ބޭނުންނުވިޔަސް ހަގީގަތް ހާމަކުރުން މާޒިމް ނިންމީ ވިސްނާލާފައެވެ. ވަރަށް ގިނަ ދުވަސްވާންދެން ކެތްކުރެވިއްޖެއެވެ. އެވަގުތު ޖެހުނީކަމުގައި އޭނައަށް ގަބޫލުކުރެވުނެވެ. ސިއްރުތައް ހިފަހައްޓަންޖެހެނީ ބައެއްފަހަރު މަސްލަހަތަށްޓަކައެވެ. އުރުޖުވާންއަށް އޭނަގެ މަންމަގެ އާއިލާ އެނގެން ޖެހޭނެއެވެ. އޭގެ ބަދަލުގައި މާޒިމް ގެ ފަރާތުން އުރުޖުވާން އަށް ދޭން ބޭނުންވަނީ ލޯތްބާއި އުފަލެވެ. އުރުޖުވާން ގެ ހަޔާތުގައި މަދުވި ހުރިހާ އުފަލެއް އެކީގައި ދިނުމަށް އޭނަވަނީ އަޒުމްކަނޑައަޅާފައެވެ. އުރުޖުވާންއަށް މާޒިމް ގެ އަތުން ދޫކޮށްލެވުނެވެ. އަދި ފަހަތަތް ޖެހިލެވުނެވެ. ލޯ ބޮޑުވެފައި ހުރެވުނީ ބޮޑު ކުށެއް ކުރެވުނު ފަދައިން ބިރުގެންފައެވެ.
" ކަޒިންސް....." އުރުޖުވާން އަށް ކިޔައިލެވުނެވެ.
"ކަޒިންސްއާއިވެސް ކައިވެނި ހަލާލު ވާނެ އޭ................. " މާޒިމް އަށް މަޖާ ވިއެވެ. އެ މޫނު މަތީ ވީ ހިނިތުން ގެއްލުނީ އުރުޖުވާން ދުރަށް ޖެހިލުމުންނެވެ.
" އެކަމަކު...މާޒް ދުށިންތަ ނާވިޔާ؟ މިބުނީ...މަންމަ.." އުރުޖުވާން އަށް މަންމަ އެ ލަފްޒު ކިޔަން ފަސޭހައެއް ނުވިއެވެ.
" ތޫނު ދެލޯ....ފަން ދިގު އިސްތަށިގަނޑެއް....ޑަސްކީ ސްކިން....ހެޔޮ ހިތެއްގެ ވެރިއެއް.............." ފަހަރަކު ސިފައެއް ކިޔަމުން ދިޔައިރު އޭނަގެ ގެ ޚިޔާލުތައް ވެސް ދަތުރުކުރީ މާޒީ އަށެވެ. ނާވިޔާ އާއި އެކީ ހޭދަކުރެވުނީ މަދު ދުވަސްކޮޅެއް ނަމަވެސް އެއީ މާޒިމް ގެ ހަޔާތުގައި ވަރަށް މުހިންމު އެކަކެވެ. އުރުޖުވާން ހުރީ ހައިރާންވެފައެވެ. މާޒިމް އާއި އާއިލީ ގޮތުން މިހާ ގާތް ވާނެ ކަމަށް ދުވަހަކު ހިއެއް ނުކުރެއެވެ. އަދި ނާވިޔާ ގެ އެ ސިފަތައް އަޑުއިވުމުން ހިތަށް ތަސައްލީ އެއް ލިބުނެވެ. ހީވީ ހިތުން ބުރަދަނެއް ލުއި ވި ހެންނެވެ. މާޒިމް އަށް އެ ދެ މީހުންގެ ދެމެދުގައި ދުރު އިހުސާސް ވި ހެން ހިނދުކޮޅަކަށް ހީވުނަސް އެ ދެމެދުގެ ހުސްކަން ފިލުވައިދިނީ އުރުޖުވާން ގާތް ވެލުމުންނެވެ.
"ތޭންކްސް....އެންޑް އުރޫޖް އަށް ވެސް އެނގެޔޭ ކަޒިންސް ވިޔަސް މެރީ ކުރެވޭނެ ކަން..." ރަކި ހިނތުންވުމުގައި އުރުޖުވާން ބުނެލިއެވެ.
***
ކަނު ދެލިކޮޅެއްފަދަ އަނދިރި ކަނޑުގެ އެ ފުންމިނުގައި ހިފެހެއްޓިފައިވީ ނާމާން ވޭނީ އަޑެވެ. ފެން ފިނިވެ ބަރުވެ ހުރިހާ ދިމާލަކުން ބިރުވެރި ކަން އިހުސާސް ކުރުވައެވެ. ބޮޑު ބަރު އަލިފާން ޗޭނުތައް ދިއްލެމުންދިޔައިރު އެއިން ކަނި ބުރައިގެން ދަނީ އެ ޗޭނުގައި އެލުވާފައި އޮތް މަޚުލޫގު ތެޅިގަންނަ ވަގުތުއެވެ.
" އަހަރެން ދޫ ކުރޭ....." އުވެއިސް ވޭނީ އަޑުން ހަޅޭއްލަވަމުން ދިޔައެވެ. ރޮތްސްވިލް އާއި މުޝްރިކާ ތިބީ އުވެއިސް އަށް ފެންނަ ހިސާބުގައެވެ. ރޮތސްވިލް ގެ މޫނުގައި ވީ ނުލަފާ ހިންޏެކެވެ. މުޝްރިކާގެ ހިތުގައިވީ ބިރުވެރިކަމެވެ. އުވެއިސް ގޮތްދޫނުކުރުމުގެ ސަބަބުން ލިބޭނެ ދެރައާއި ގެއްލުމާއި ދޭތެރޭގައި ފިކުރުކުރެވެއެވެ. ރޮތްސްވިލް އާއި ހަނގުރާމައެއް ކުރާނެ ހިތްވަރެއް އޭނަގެ ނެތެވެ. އެ ހިތްވަރު ހުރިނަމަ ހެލްގާ ވެސް ސަލާމަތްވީހެވެ. އުވެއިސް ގައިގާ އަޅަމުން ދާ ވޭން ފެނުމުން ދެރަވި ނަމަވެސް ރޮތްސްވިލް އަށް އެކަން އިހުސާސްވާކަށް ނޭދެއެވެ. ރޮތސްވިލް ގެ މޫނު އަނބުރާލީ މުޝްރިކާ އާއި ދިމާއަށެވެ. އިޝާރާތް ކުރަމުން ދިޔައި އުވެއިސް އަށް ހޫނު ރައްދެއް ދިނުމަށެވެ.
" ދޫ ނުކުރެވޭނެ.....ހިތަށް އެރިހާ ގޮތަކަށް އުޅޭކަށް އުވެއިސް ދޫ ނުކުރެވޭނެ....ކަލޭގެ މަންމަ ގެ ގާތިލުންނަކީ އެ މާޒްވިލާ އާއިލާ އޭ ކިތަށް ފަހުރު ބުނެވިއްޖެ. އަޑެއް ނީވޭތަ؟މަދީނާ ގެ ނިމުން ގާތް ވެއްޖެ...." މުޝްރިކާގެ ލޮލުން އަލިފާން ބުރައިގެން ދިޔައެވެ. އުވެއިސް ސަލާމަތް ކުރެވެން އިތުރު އެހެން ގޮތެއް ނެތެވެ.
" އީވޯން.....ދުވަހަކު ވެސް ލޯތްބެއް ނުވެވޭނެ...." ނޫ ލޮލުގައި ހުޅު ހިފައިފާ ހުރިއިރު ތޫނު ބެލުމުން ރޮތްސްވިލް އަށް ލޯ އަޅައިލިއެވެ. މަގްސަދަކަށް ވީ ރޮތްސްވިލް އިތުރަށް ރުޅި އަރުވާލުމެވެ. އޭގެ އަދަބު ހިތި ވިޔަސް އެއަށް ވުރެ އުވައިސް ގެ އަނގައިން އެ ބުނެލި ލަފްޒު ތައް ވިހައިން ކަޅިވެފައިވާ ޚަންޖަރަކަށް ވާންކަން އެނގިހުރެއެވެ.
" މަދީނާ ދެން ދުވަހަކު ނުފެންނާނެ.....އީވޯން އަށް ހިބައިން ދީފިން...އަހަރެންގެ ދަރީން އަހަރެންގެ ދައްތަ ގެ މަރުގެ ބަދަލު ހިފާނެ...."އޭނަ އައި ރުޅީގައި އުވެއިސް ގެ މޭމަތީ ދޮންދަނގަނޑެއް ޖެއްސިއެވެ. އެ އަނިޔާތައް ދެކެން މުޝްރިކާ އަށް ކެތް ނުކުރެވޭވަރުވިއެވެ. ރޮތްސްވިލް ދަރިންނޭ ބުނީ ނަބީލާ ހަވާލު ކޮށްފައިވަނީ ރޮތްސްވިލް ގެ ބޮޑު އަންހެން ދަރި އާއި ކަމަށް ވާތިއެވެ.
***
" އަންކަލް އަބަދުވެސް އޯޑަރު ކުރާތަނެކޭ މިއީ...ތިހާ ބުރަކޮށް މަސައްކަތް ކުރުމުން މެހެކް ބަލިވާނެ.." ނާޝިދު އެދެނެވެ. ކާއެއްޗެހި ބޭރުން ގެނައުމަށް އެއްވެސް ގޮތަކަށް މެހެކް ނޭދުނެވެ.
ނާޝިދުގެ އެ އެކަނިވެރި ދިރިއުޅުމަށް އުޖާލާކަން ވެރިވިއެވެ. ނަބިލާގެ ހާލަތު ކިތަންމެ ގޯސްވިޔަސް އެ ގޭއަށް އާރޯކަން ވެރިވިއެވެ. މީކާއިލް އާއި ހުޝަލް ތިބީ މަޝްވަރާކޮށްލަން ގެސްޓް ރޫމް ގައެވެ. ނާޝިދުއާއި ނަބިލާ އާއި ދިމާވިފަހުން މާ ބޮޑަށް ސަކަރާތްވާތީ ނަބީލާ އަށް ވީ ބޭސް ދި ނިންދަވާފައެވެ. އަދި އެ ކޮޓަރީގައި ވަނީ ކެމެރާ ވެސް ހަރުކުރެވިފައެވެ.
"މެހެކް އަށް އުނދަގުލެއް ނުވޭތަ....ތި ބޮޑު ބުރުގާއާއި މޫނު ނިވާކޮށްގެން ބަދިގޭގަ އުޅެން....އަންކަލް ހަމަ ހައިރާންވެ އަންތަރީސްވޭ...މިގެއަކީ ހަމަ މެހެކް ގެ ވެސް ގެ ކަހަލަ ގެއެއް ނު...ތިހާ ބީރައްޓެހި ކޮށް އުޅުމުގެ ބޭނުމެއް ނެތް..." ނާޝިދު ވިސްނީ މެހެކް އަށް އުނދަގޫ ވާނެކަމުގައެވެ.
"ނޫނޭ އަންކަލް.....ވަރަށް ފަސޭހަ...މެހެކް އަށް މިހެން އުޅެން ވަރަށް ފަސޭހަ އަލްހަމްދުލިﷲ...އެއްވެސް ޝަކުވާ އެއް އުނދަގުލެއް ނުވޭ....." މެހެކް ޖަވާބު ދިނީ ވަރަށް މަޑުމައިތިރި ކަމާއެކުއެވެ. ނާޝިދު ބޯ ދެކޮޅަށް ހޫރައިލަމުން ބަލައިލީ ކެމެރާ ރެކޯޑަށެވެ. ނަބީލާ ނިދީގައި އޮަތަސް ބައެއް ފަހަރު ކުކުރާލައެވެ. އަނެއް ބައިފަހަރު ލޯ ތަޅުވާލާ ހީ ވެސް ހަދައެވެ.
" ޝީ ނީޑްސް ޓު ގޯ ބެކް ޓު ދަ އެސައިލަމް...." ނާޝިދުއަށް ބުނެވުނީ ސްކްރީން އަށް ގެއްލިފައި އިނދެއެވެ. ވިސްނެނީ ގެއަށް ބަދަލުކޮށް ރުޤުޔާ ކުރުމަކީ އެއވެސް ފައިދާއެއް ނެތް ކަމެއް ކަމުގައެވެ.
" އަންކަލް....ލޮލަށް ނުފެންނަ އެތައް ކަމެއް ދުނިޔޭގައި ވޭ...އެކަމަކު އޭގެ މާނައެއް ނޫން އެއީ ނެތް އެއްޗެކޭ...." މެހެކް އަށް ޖަވާބެއް ނުދީ ނުހުރެވުނެވެ.
" ތިބުނީ....ނަބިއްތަގެ ހާލު މެހެކް އަށް ނުފެނޭތަ؟ރުޤްޔާ އަކީ ޤުރުއާން ކިޔަވައިލުމެއް ނު....ކޮބާ އެއިން ލިބޭ ފަރުވާ އަކީ....ބޭސް ވެރިކަމަކީ ހަރާން ކަމަކީ ތަ؟" ނާޝިދު ރުންކުރު ކަމާއެކު ޖަވާބު ދިނެވެ.
"ﷲ ތައާލާ ގުރުއާނުގެ އިސްރާ ސޫރަތުގައި ވަހީ ކުރައްވާފައިވަނީ وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا
ތިމަންރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުއްޓެވެ. ހުޝަލް ގެ އަޑު އިވުނެވެ. " އަދި ގަބޫލުކުރަން...ބޭސްކުރުމަކީ ހަރާންކަމެއްނޫން..............."
ހުޝަލް ގެ ޖަވާބުން ނާޝީދު އިނީ ލަދުގެންފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. މީކާއިލް ވެސް ފަހަތުގައި ހުރެ ހުޝަލް އަށް ބަލާލީ ވަރަށް ފަޚުރުވެރިކަމާއެކުއެވެ. މެހެކް ގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
ނުނިމޭ