ގިޒްމޯ ރޯދަ ސޭލް ގިވްއަވޭ 2024: 10 ނަސީބުވެރިން އިއުލާނުކޮށްފި

ގިޒްމޯ ރޯދަ ސޭލް ގިވްއަވޭ 2024ގެ ނަސީބުވެރި އެއްވަނަ ފަރާތް، އަލީ ނަބީލު-- ފޮޓޯ/ ގިޒްމޯ

އެކި ކަހަލަ ކޮމްޕިއުޓަރުގެ އިތުރުން ޓެކްނޮލޮޖީގެ އެހެނިހެން އުފެއްދުންތައް ވިއްކަމުން އަންނަ ގިޒްމޯގެ 'ރޯދަ ސޭލް ގިވްއަވޭ 2024'ގެ 10 ނަސީބުވެރިން އިއުލާނުކޮށްފިއެވެ.

މި ގިވްއަވޭއިން ނަސީބުވެރި 10 ފަރާތަކަށް އަގު ބޮޑު އިނާމުތައް ހުށަހަޅާފައިވާއިރު، ނަސީބުވެރިން އިއުލާނުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ގިޒްމޯ ރޯދަ ސޭލް ގިވްއަވޭ 2024ގެ ނަސީބުވެރި ދެވަނަ ފަރާތް، އަބްދުﷲ ޔައުގޫބު-- ފޮޓޯ/ ގިޒްމޯ

މި ގިވްއަވޭއަށް ހޮވުނު ނަސީބުވެރި 10 ފަރާތާއި އެ ފަރާތްތަކަށް ލިބިފައިވާ އިނާމުތަކަކީ:

  • އެއްވަނަ: އަލީ ނަބީލު/ ގޭމިން ޕީސީ
  • ދެވަނަ: އަބްދުﷲ ޔައުގޫބު/ ރޭޒާ ޕެރިފެރަލްސް ކޮމްބީ ވިނާ
  • ތިންވަނަ: ހުސެއިން އަޒްމީލް/ ޕްރޯލިންކް ޑީއެސް-3101 އައިޕީ ކެމެރާ
  • ހަތަރުވަނަ: އަހުމަދު އަރީޝް/ ހާވިޓް ކީބޯޑް އެންޑް މައުސް

މީގެ އިތުރުން ފަސްވަނަ، ހަވަނަ، ހަތްވަނަ، އަށްވަނަ، ނުވަވަނަ އަދި ދިހަވަނައަށް ދިޔަ ފަރާތްތަކަށް ވަނީ ޕެޓްރިއޮޓް 64ޖީބީ 3.2 ޕެންޑްރައިވްއެއް ދީފައެވެ.

ގިޒްމޯ ރޯދަ ސޭލް ގިވްއަވޭ 2024ގެ ނަސީބުވެރި ތިންވަނަ ފަރާތް، ހުސެއިން އަޒްމީލް-- ފޮޓޯ/ ގިޒްމޯ

ގިޒްމޯއިން މިހާރު ވަނީ، ގުރުއަތުން ހޮވުނު 10 ފަރާތަށް މި އިނާމުތައް ހަވާލުކޮށްފައެވެ.

ގިޒްމޯގެ މި ގިވްއަވޭ އެންމެ ފުރަތަމަ އިއުލާނުކުރީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެ ގިވްއަވޭގައި ބައިވެރިވުމަށް އޮތް އެންމެ ފަހު ދުވަހަކީ މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.

ގޭމިން ކޮމްޕިއުޓަރު ވިއްކުމަށް މަޝްހޫރު ގިޒްމޯއަކީ ތަފާތު އެކި ބޭނުންތަކަށް ޚާއްސަ ކޮމްޕިއުޓަރު ވެސް ލިބެން ހުންނަ ފިހާރެއެކެވެ. ގިޒްމޯއިން މައިގަނޑު ގޮތެއްގައި ވިއްކަނީ، ހޯމް/އޮފީސް ކޮމްޕިއުޓަރާއި، ގޭމިން ކޮމްޕިއުޓަރުގެ އިތުރުން ވޯކް ސްޓޭޝަން ކޮމްޕިއުޓަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު