އެލައިޑުގެ މަދަހަ މުބާރާތުގެ އެއްވަނަ އިނާމަކަށް އައިޕެޑެއް

މިއަދު އޮތް ރަސްމިއްޔާތުގައި މަދަހަ މުބާރާތުން އެއްވަނައަށް ދިޔަ އަޒްކާގެ އިނާމު ހަވާލުކުރަނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އެލައިޑު އިންޝުއަރެންސުން ރޯދަ މަހު ބޭއްވި މަދަހަ މުބާރާތުގެ އެއްވަނައަށް ދިޔަ ބައިވެރިޔާއަށް މިއަދު އިނާމު ހަވާލުކޮށްފިއެވެ.

މި މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ އުމުރުން ނުވަ އަހަރުގެ ޢާއިޝަތު ޚަދީޖާ އަޒްކާ ބިންތް އާދަމްއެވެ. އިނާމެއްގެ ގޮތުގައި ވަނީ އެޕަލް ޓެންތު ޖެނެރޭޝަންގެ އައިޕެޑެއް ދީފައެވެ.

އޮންލައިންކޮށް ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި މުބާރާތް ހަމަޖެހިފައި އޮތީ ހަމައެކަނި އެއްވަނަ ހޮވާގޮތަށެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑް އިންޝުއަރެންސްގެ މާކެޓިން މެނޭޖަރު އާއިޝަތު ސުދާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 12 އަހަރުން ދަށުގެ ކުދިންނަށް އެކަނި ބައިވެރިވެވޭ ގޮތަށެވެ.

އެލައިޑުން މައުލޫމާތު ދިން ގޮތުގައި 50 އަށްވުރެ ގިނަ ބައިވެރިން މި މުބާރާތުގައި ބައިވެރިވެފައިވެއެވެ. މި ބައިވެރިންގެ ތެރެއިން އެއްވަނަ ހޮވާފައިވަނީ ދެ ޖަޖުންގެ ޕެނަލްއަކުންނެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެލައިޑް އިންޝުއަރެންސްގެ މާކެޓިން މެނޭޖަރު އާއިޝަތު ސުދާ ވަނީ މިފަދަ އިތުރު މުބާރާތްތައް ވެސް އެ ކުންފުނިން ބާއްވާނެކަމުގެ ޔަގީންކަން ދީފައެވެ.

comment ކޮމެންޓް