މޫލީ ބޭނުން ކުރާނެ ގޮތް ކިޔައިދޭން ޚާއްސަ ސެޝަނެއް މިއަދު ބާއްވަނީ

އެސްއެމްއީ ހަބް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުމުގައި މޫލީ ބޭނުންކުރެވޭނެ ގޮތުގެ މައުލޫމާތު ދިނުމަށް ޚާއްސަ ސެޝަނެއް ބޭއްވުމަށް، ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާއި އުރީދޫއިން ނިންމައިފިއެވެ.

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އެސްއެމްއީ ހަބްގެ ދެވަނަ ފަންގިފިލާގައި މިއަދު 15:00ގައެވެ.

އުރީދޫގެ މޫލީއަކީ އީ-ކޮމާސް ޕްލެޓްފޯމެކެވެ. އޮންލައިންކޮށް މޫލީއިން ތަފާތު ތަކެތި ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރީ ކޮށްދެއެވެ.

މިއަދުގެ ސެޝަންގައި މޫލީ ބޭނުންކުރާނެ ގޮތާއި އެޕް ބޭނުންކޮށްގެން ވިޔަފާރިތަކަށް ލިބޭނެ ފައިދާތަކުގެ މައުލޫމާތު ދިނުމަށް ވަނީ ނިންމައިފައެވެ.

މޫލީގައި އިލެކްޓްރޮނިކްސް އާއި ބަދިގެ ސާމާނުން ފެށިގެން ތަރުކާރީއާއި މޭވާ އަދި ލުއި ކާނާގެ ބާވަތްތައް ވެސް ލިބެން ހުރެއެވެ.

comment ކޮމެންޓް