ހޮޓެލިއާ މޯލްޑިވްސްއިން، ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ބާއްވައިފިއެވެ.
ހޮޓެލިއާ މޯލްޑިވްސްއިން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ އެކި މަގާމުތަކުގައި މަސައްކަތް ކުރާ މީހުންނާއި ޓީމުތަކުގެ ޚިދުމަތް ފާހަގަކުރިއެވެ.
އެ އެވޯޑްތައް ހާސިލުކުރީ:
- ވެލްނެސް ޕާސަނާލިޓީ އޮފް ދަ އިޔާ: ހެއިޑީ ގްރިމްވުޑް، އެޓްމޮސެފިޔާ ވެލްނެސް
- ކޮންސިއާޖް/ ގެސްޓް ސާވިސެސް ޕާސަނާލިޓީ އޮފް ދަ އިޔާ: ޔާސިރު ސުލައިމާން، ވަން އެންޑް އޮންލީ ރީތި ރަށް
- ހައުސްކީޕާ އޮފް ދަ އިޔާ: މަދީހު މުހައްމަދު، ވިލާ ނޯޓިކާ
- އައިޓީ ޕާސަނާލިޓީ އޮފް ދަ އިޔާ: މުހައްމަދު ފުރުގާން ހުސައިން، ދިގަލި މޯލްޑިވްސް
- އިންޖިނިއާ އޮފް ދަ އިޔާ: އަހުމަދު ޝަރީފް، ސަން ސިޔާމް އިރުވެލި
- ލޭންޑްސްކޭޕާ އޮފް ދަ އިޔާ: އަހުމަދު ޔާސިރު، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
- ސެކިއުރިޓީ އޮފިސާ އޮފް ދަ އިޔާ: މުޙައްމަދު އަޝްރަފް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
- އެޗްއާރު އެންޑް ޓްރެއިނިން ޕާސަނާލިޓީ އޮފް ދަ އިޔާ: އާމިނަތު ޝާލީ، އޯގާ އާޓް ރިޒޯޓް
- އޭވިއޭޓާ އޮފް ދަ އިޔާ: މުޙައްމަދު ހަމްޒާ އަހުމަދު، މަންޓާ އެއާ
- މެރިނާ އޮފް ދަ އިޔާ: މުޙައްމަދު އިބްރާހީމް، އިންޓަކޮންޓިނެންޓަލް މޯލްޑިވްސް
- ޕްރޮކިޔާމެންޓް ޕާސަނާލިޓީ އޮފް ދަ އިޔާ: އާދަމް އަލީ، ހިލްޓަން މޯލްޑިވްސް އަމީންގިރި
- ފައިނޭންސް ޕާސަނާލިޓީ އޮފް ދަ އިޔާ: ގްލޯރިއާ ވިލަރުތާ ކަންސެލް، ދުސިތު ތާނީ މޯލްޑިވްސް
- ސޭލްސް ޕާސަނާލިޓީ އޮފް ދަ އިޔާ: ސުރޭޝް ޑިސެނަޔަކަ، އެއިޓްކެން ސްޕެންސް މޯލްޑިވްސް
- މާކެޓާ އޮފް ދަ އިޔާ: މުޙައްމަދު ޝަފްރާޒް ހާފިޒް، ޕަލްސް ހޮޓެލްސް އެންޑް ރިޒޯޓްސް
- ޕީއާރު އެންޑް ކޮމިއުނިކޭޝަންސް ޕާސަނާލިޓީ އޮފް ދަ އިޔާ: އާމިނަތު ރައުޝާ ހާދީ، ޖޯލި މޯލްޑިވްސް
- ޝެފް އޮފް ދަ އިޔާ: ހާޝަލް ކުމާރު، ހުރަވަޅި މޯލްޑިވްސް
- އެފްއެންޑްބީ ޕާސަނާލިޓީ އޮފް ދަ އިޔާ: މުޙައްމަދު މުސްލިމް، ދަ ރިޓްސް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް
- ޖީއެމް އޮފް ދަ އިޔާ: އެލެގްޒެންޓާ ޓްރޭގާ، ސައި ލެގޫން މޯލްޑިވްސް
- ޓްރެއިނިން އެންޑް ޑެވެލޮޕްމެންޓް ޕްރޮގްރާމް އޮފް ދަ އިޔާ: މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް
- ސަސްޓެއިނެބިލިޓީ ޗެމްޕިއަން އޮފް ދަ އިޔާ: ސިކްސް ސެންސެސް ލާމު - މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް
- ސީއެސްއާރު ޕްރޮގްރާމް އޮފް ދަ އިޔާ: ޖޯލި މޯލްޑިވްސް
- ހޮޓެލް ޓީމް އޮފް ދަ އިޔާ: ސިކްސް ސެންސެސް ލާމު
- ހޮޓެލިއާ މޯލްޑިވްސް އެވޯޑް ފޯ ޑެޑިކޭޓެޑް ސާވިސް:
މުހައްމަދު ވަހީދު، ބަނޑޮސް މޯލްޑިވްސް
އަބްދުލް އަޒީޒް އަލީ، އޯޒެން ރިޒާވް ބޮލިފުށި
މުހައްމަދު ހަށީ، ޑައެމޮންޑްސް ތުނޑުފުށި
- ހޮޓެލިއާ މޯލްޑިވްސް އެވޯޑް ފޯ އެކްސެލެންސް: ނިޒާރު އަހުމަދު، ކުރުނބާ މޯލްޑިވްސް
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ ބެސްޓްބައި މޯލްޑިވްސްއެވެ. އެ އެވޯޑް ދިނުމުގައި ބައިވެރިވި އިތުރު ކުންފުނިތަކުގެ ތެރޭގައި އުރީދޫ މޯލްޑިވްސް، އެމްޓީސީސީ، އެމްއޭސީއެލް، އަލިއާ އިންވެސްޓްމެންޓްސް، ފިއުލް އެކްސްޕްރެސް، މެޓަލްސައިންސް، ޕްރިންޓް ލެބް ކްރިއެޓިވް، ކޮކާ-ކޯލާ މޯލްޑިވްސް، އިވެންޓް މޯލްޑިވްސް އަދި އިކިބާނާ މޯލްޑިވްސް ހިމެނެއެވެ.