މިއަދު އޮތް މަޖިލިސް އިންތިޚާބުގައި ރައީސް މުޙައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އާއި ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު އިންތިޚާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބެއް ނުކުރެވުނެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންއެފްގެ ފަރާތުން އެއްވެސް ކެންޑިޑޭޓަކު ވާދަކޮށްފައި ނުވި ނަމަވެސް، އެ ޕާޓީންވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުން އެންޑޯޒް ކޮށްފައެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކެންޑިޑޭޓަކަށް މަޖިލިސް ގޮނޑި ކާމިޔާބު ކުރެވޭ މިންވަރަށް ތާއީދެއް ނުލިބުނެވެ.
މީގެ އިތުރުން ދަ ޑިމޮކްރެޓްސްއިން ވަނީ މަޖިލީހުގެ 39 ދާއިރާއަކަށް ވާދަކޮށްފައެވެ. އެހެން ނަމަވެސް 20ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގޮނޑިއެއް ކާމިޔާބުކުރެވޭ ވަރަށް ވެސް އެ ޕާޓީއަށް ތާއީދު ލިބިފައެއް ނުވެއެވެ.
19ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވެ، 20ވަނަ މަޖިލީހުގެ އިންތިޚާބަށް ނިކުތްއިރު، މަޖިލީހުގައި ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން ތިއްބެވެ. އެހެން ނަމަވެސް އެ ހުރިހާ މެންބަރުން ވެސް މަޖިލީހަށް އިންތިޚާބުވެ ވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައެވެ.
މަޖިލީހުގެ އިތުރު ދައުރަކަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް ވެސް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް - މަޖިލީހުގެ 3 ދައުރު ފުރިހަމަ ކުރެއްވި
މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް - މަޖިލީހުގައި ޖެހިޖެހިގެން ތިން ދައުރު ފުރިހަމަ ކުރެއްވި
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ - މަޖިލީހުގައި ތިން ދައުރު ފުރިހަމަ ކުރެއްވި
އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު -
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ -
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު -
މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން -
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް -