ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލްއުސްތާޒު އަހްމަދު މުޢުތަސިމް ޢަދުނާން ޢައްޔަން ކުރައްވައިފި

14:24


ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލްއުސްތާޒު އަހްމަދު މުޢުތަސިމް ޢަދުނާން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ޢައްޔަން ކުރައްވައިފި އެވެ.


އަހްމަދު މުޢުތަސިމް ޢަދުނާނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެން، އެ މަގާމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ބޭފުޅެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ، ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ޢައްޔަން ކުރެއްވިއިރު، މުޢުތަސިމް ޢައްޔަން ނުކުރެއްވީ އޭނާ އޭރު ރަށުގައި ވަޑައިގެން ނެތުމުގެ ސަބަބުންނެވެ.


މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އަލްއުސްތާޒު އަހްމަދު މުޢުތަސިމް ޢަދުނާނަށް ހުވާލައިދެއްވީ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހްމަދު ފާއިޒު ހުސައިނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު