"މައިންބަފައިން މުސްކުޅިވާ ދުވަހަކުން އެމީހުންނަށް ޚިދުމަތް ކުރަން ޖެހުމަކީ ބުރައެއްކަމަށް ނުދެކޭށެވެ. ސަބަބަކީ އެއީ ސުވަރުގެއަށް ދާން ހުޅުވޭ ދޮރަކަށް ވާތީއެވެ."

***

މަދީނާ އަށް މިތަނުން ރަަނގަޅު ކުއްޖެއް ހޯދާނީ...." މާޒިމް ވަރަށް ލާނެތް ކަމާއެކު ބުނެލިއެވެ. އުރުޖުވާން ލޯ އަޅާލުމުން ރަކި ހިނިތުންވުމެއް ތުންފަތަށް ވެރިވީ އުރުޖުވާން ގެ ހިތުގައިވެސް މިތާ އުޅުމަށް ލޯބި ޖެހިފައިވާ ކަން މާޒިމް އަށް އެނގުމުންނެވެ. އަދި މަދީނާ އާއި އެކަނި ދެކެވިފައިވާ ވާހަކައެއް މާޒިމް އަށް އެނގުންވެފައި އޮތުމުންނެވެ.

" އީވްސްޑްރޮޕިން އިޒް ބޭޑް...." ޗުސް ކަނޑާލަމުން އުރުޖުވާން ބުނެލިގޮތުން އެ މައުސޫމްކަން މާޒިމް ގެ ހިތާ ކުޅެލިއެވެ.

ފިނި މޫސުމުގެ އިރުގެ ފަނޑު އަލިކަމުން ޒީނަތްތެރިވެފައިވާ އުސް ގަސްތަކުގެ ތެރެއިން ޑޮލްޑާ ގްރޭންޑް ރިސޯޓް ހޮޓަލަށް ދާ އޮތް ރާސްތާ ފެންނަމުން ދިޔައީ ވޮންޑަލޭންޑެއްގެއް ސިފައިގައެވެ. ސްނޯ އިންފުރިފައިވާ ބިމުގެ ތެރެއިން ފެންނާން ހުރި އެ އިމާރާތް ހީވަނީ ދުވަސްވީ ޝާހީ ގަނޑުވަރެއްހެންނެވެ. ކައިރިވަމުން އަންނައިރު، މަގުމަތީގައި ސްނޯއިން ފޮރުވިފައިވާ ގަސްތަކާއި، އިރުގެ އަލިން އަލިވަމުން އަންނަ ނާޒުކު ފިނިފެންމަލުން ފުރިފައިވާ ގޮފިތަކުގެ ހިތްގައިމު މަންޒަރަކުން އެމީހުންނަށް މަރުހަބާ ކިޔައެވެ.

އިރު އޮއްސެން ފެށުމުން އުޑުމަތި ފިޔާތޮށި ކުލައާއި ރަންކުލައިގެ ކުލަތަކުން ކުލަޖައްސާލައި، ވަށައިގެންވާ މާހައުލުގައި އުފެދެމުން ދިޔައީ ޖާދުވީކަމެވެ. އުޑުމަތި ވިދަމުން ދިޔައީ ކުދި ކުދި ޔާގޫތު ފަދަ ތަރިތަކުންނެވެ. އުރުޖުވާން ލޮލުގެ އެސްފިޔަވެސް ޖަހާނުލައި ބަލަމުން ދިޔައީ ބޭރުން ފެންނަ އެ ހުވަފެނީ މަންޒަރަށެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅީގައި އެ ވެހޭ ތުނި ސްނޯ ތެރޭ މީހުން އުނދަގުލުން ހިނގާ ބިނގާވެ އުޅޭ މަންޒަރެވެ. ކަށިގަނޑު ތޮރުފާލާފައި ގައިގެ ތެރެއަށް ވަދެފައިވާ ހީ ފިލުވަން އުރުޖުވާން މަސައްކަތް ކުރަމުން ދިޔައިރު ހިތް އިންތިހާއަށް އަވަސްވެފައިވިއެވެ.

ސްޓާފުން ތިބީ ކުޑަ ހިފައިގެން މާޒިމް މެންގެ އިސްތިގްބާލުގައެވެ. ކާރުން ފޭބުމަށް ދޮރު ހުޅުވާލަދިނެވެ.

"ލެޓްސް ގޯ....." މާޒިމް ގެ އަތްތިލަ އުރުޖުވާން ގެ އަތާ މަހާލިއެވެ. ނޭގި ހުރެ އެފަދަ ކަމެއް ކޮށްލުމުން ތުންފަތުގެ ރަތް ކަން ގަދަ ވިއެވެ. ކާރުން ފޭބުމުން ވަގުތުން މާޒިމް އުރުޖުވާން ގަޔާ ލައްކޮށްލަމުން ލައިގެން ހުރި ކޯޓުން ބައެއްގައި ފޮރުވިއެވެ. ވަށައިގެންވާ ހިތްގައިމު މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ޕައިންގެ މަޑު ލުއި ވަހުން ވައި ފުރިގެން ދެއެވެ. ހިނގަމުން ދާއިރު އެދެމަފިރިންގެ ފައިދަށުވަމުން ދިޔަ ސްނޯ މަޑުމަޑުން ތުރުތުރު ލަމުންދާހެން ހީވިއެވެ.

" އޯކޭތަ؟...." މާޒިމް ކޮށްލި ސުވާލަށް އުރުޖުވާން ބޯޖަހައިލީ އެހާ ކައިރީ ހުރެ ވާހަކަ ދައްކަން ލަދުގަތުމުންނެވެ.

***

މާޒްވިލާގެ ގަނޑުވަރެއް ފަދަ ސިޓިންރޫމުގެ ކުޑަ ދޮރުކައިރީ ހަދާފައިވާ ސޯފާގައި ހަށިގަނޑު ދަމާލައިގެންއޮތް މަދީނާގެ ފޯނަށް އުރުޖުވާން ފޮނުވާފައިވާ ފޮޓޯތައް ބަލާލަމުން ދިޔައީ ވަރަށް ހެވިފައި އޮވެއެވެ. ކުޑަ ދޮރުތައް ހުޅުވާލައިފައިވާއިރު ގޭތެރެޔަށް ޖެހެމުންދިޔައީ ފިނި ވައި ރޯޅިތަކެވެ. ކުއްލިއަކަށް ސިހިފައި ތެދުވެވުނީ ގޭޓު ބެލް ޖަހާލުމުންނެވެ. ބޮޑު މޭޒު ދޮށުގައި ފޮތެއް ކިޔާލަން ގެއްލިފައި އިން ކެނާން އަވަހަށް ތެދުވުނީ އެ އައި މީހުން ގެޔަށް ވެއްދުމަށެވެ.

"އެއީ މި ފްރޭމްތަކާއި އެއްޗިހި ސްޓޯރޫމަށް ލާން އައިސް ތިބި ބަޔެއް....." މަދީނާއަށް ބުނެލަމުން ބޭރުގައި ތިބި މީހުންނަށް ގެއަށް ވަނުމަށް ތަން ދިނެވެ.

ފަސް ވަރަކަށް މީހުން އައި އިރު މަދީނާ ގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ބާ ޓީޝާޓެއްގައި ހުރި އިސްކޮޅުން ކުރު މީހެކެވެ. އެމީހާގެ ރަތް ވެފައި ހުރި ލޯ މަދީނާގެ މޫނުން ވަކިނުވެ ހުރީ ނުލަފާ ހިނިތުންވުމެއްގައެވެ. މަދީނާގެ މުޅި ގައިން ހީ ބިހި ނަގައިގެން ދިޔައީ އެ ބެލުމުންނެވެ. އަދި ވައި އެޅިފައި ކައިރިން އެމީހާ ދިޔަ ހިނދު ދުވި ނުބައި ވަހަކުން މަދީނާ އަށް އޯކަށް ދެމޭގޮތް ވިއެވެ.

" ޗީ..." ވައި އަޑުން ބުނެވުނެވެ.

ކައިރީ އިން ކެނާން މަދީނާ އަތުގައި ކޮށްޓާލަމުން އަންގާލި މޫނުމަތީ ކުލަވަރު ބަދަލުކޮށްލުމަށެވެ.

"ކޯއްޗެއް މިތަނުން ނަގަން ޖެހެނީ....މެޑަމް...." ފަހު ލަފުޒު ވަރަށް ދިގު ދަންމާލަފައި އާދަމް އަހައިލީ މަދީނާއަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ.

" މި ބޮޑު ފްރޭމް އާއި މި ކުރެހުންތައް.....މި ހުރިހާ އެއްޗެއް ބޭރު ސްޓޯރަށް ލުމުން އޯކޭ ވާނެ..." ކެނާން ވަރަށް ހިތް ހެޔޮކަމާއެކު ޖަވާބު ދިނެވެ. ގޭތެރޭގައި ތަސްވީރުތައް ބެހެއްޓުމަކީ އެގެއަކަށް މަލާއިކަތް ބޭކަލުން ވަދެ ވަޑައިނުގަންނަވާނެކަމެއް ކަމުގައި އުބެއިދް ނަސޭހަތްތެރިވެފައި ވުމުން ކެނާން އެ ހުރިހާ އެއްޗެއް ގޭތެރެއިން ނެރެލުމަށް އަވަސްވެގަތީއެވެ.

"މިއީ....ހަކީމް ބެ ދޯ...." ހަކީމުގެ ތަސްވީރުގައި އަތް ކާއްތާލަމުން އާދަމް ބުނެލީ ނުލަފާ ހިނިތުންވުމެއްގައި ހުރެއެވެ.

އާދަމް އަށް ލިބިފައިވާ ހުރިހާ ސިހުރު ހާހުރައިގެ އިލްމެއް ލިބިފައިވަނީ އެ ހަކީމުގެ ފަރާތުންނެވެ. މާޒްވިލާގައި ހަކީމުއަށް ގުލާމުކޮށް އުޅެމުން ދިޔަ ދުވަސްވަރު ހަކީމުގެ ހުރިހާ ނުބައި ސިހުރެއް ދަސްކުރިއެވެ. އަދި ހަކީމުގެ އެންމެ ގާތް އަދި އެންމެ ބޮޑެތި ސިއްރުތައް އާދަމް އަށް ނޫނީ ނޭނގޭނެއެވެ. ހަކީމު އާއި އާދަމްގެ ގުޅުމަށް ލޮޅުންތަކެއް އަރަންފެށީ އާދަމް ގެ ހިތް ނަބިލާ އަށް ކިޔަން ފެށުމުންނެވެ. އެ ހިނދުން ހިނދަށް ހަކީމު ވަގުތުން އޭނާޔަށް އެޅުނުހާ ފިޔަވަޅެއް އާދަމް އަށް އަޅަން ނިންމީވެސް އެހެންވެއެވެ. ނަމަވެސް އާދަމް އޭނާގެ މަކަރުވެރި ކަމާއި ހީލަތްތެރިކަމުން ހަކީމުއަށް ލަނޑުދިނީ ރޭވުންތެރިކަމާއެކުއެވެ. އެއީ އޭނަގެ އަމިއްލަ ނަފްސަށް ގެއްލުން ލިބޭ ހާލުގައި ނަމަވެސްއެވެ. އެއީން ނަބީލާ ލިބެން އުނދަގޫވި ކަމުގައި ވިޔަސް ހަކީމު ގެ ވަސް ދުނިޔެއިން ފިލުވާލީ ހިތި ގޮތަކަށެވެ. މާޒީގެ ފޮނި ހަނދާންތަކެއް ކަމުގައި އާދަމް އެ ކަންތައް ގަބޫލުކުރެއެވެ.

"ބޭބެ.... ތި އަވަސް ކުރަނީ ނު....ފޮޓޯ ބަލަނީ....ވަގުތު ބޭކާރުވަނީ..." ފޮޓޯއަށް ބަލަހައްޓައިގެން ގެއްލިފައި ހުރި އާދަމް އަށް ބިދޭސީމީހާ ބުނެލީ ވަރަށް ލަސްވެފައި ހުރެއެވެ.

އާދަމް އޭނައަށް އިންޒާރުދޭފަދަ ގޮތަކަށް ލޯ އަޅާލާފައި އެ ފްރޭމްގެ އެއްކޮޅުގައި ހިފަން އަތް އުފުލާލުމުން ކައިރީ ހުރި ބިދޭސީއެއްވެސް އަނގަ ހަދާލީ ދުވި ވަހަކުންނެވެ. މަންޒަރު ދުށް މަދީނާ އަށް ހެވުނެއް ކަމަކު ކެނާން ގެ ފަހަތުގައި ހުރެ އެ ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ.

***

ދެ ހަފްތާ ފަހުން ނާޝިދު ހޮސްޕިޓަލުން ގެއަށް ދޫކުރުމުން ހުޝަލް ވެސް ނާޝިދު އުޅޭ ގެއަށް ބަދަލުވުމަށް ނިންމިއެވެ. ނަބީލާ ދިރިހުރި ކަމުގެ ވާހަކަ އެއްވެސް ގޮތަކަށް ނާޝިދު އަންގާފައިނުވުމުން އެކަމާއި ހިތުގައި ސުވާލުތަށް އެނބުރުނެއް ކަމަކު ހުޝަލް މަސައްކަތްކުރީ ނާޝިދުއަށް ހެޔޮކޮށް ހިތުމަށެވެ.

ހުޝަލްގެ ފަރާތުން ދުވަހަކު ލިބިފައިނުވާ ލޯތްބާއި އަޅަލުން ފެނި ނާޝިދުގެ ހިތް އުފަލުން ފުރުނެވެ.

"ދަރިފުޅު...މާޒިމް އަށް ގުޅިންތަ؟" ނާޝިދު އަށް ވާހަކ ދައްކަން އުނދަގޫވި ކަމުގައި ވިޔަސް މާޒިމް ގެ ހަބަރު ބަލައިލުމަށް ހިތް އެދެމުން ދިޔައެވެ.

"މާޒް މިހާރު ވީ ސްވިސް ގަ.....ގްރޫޕަށް ފޮޓޯ ލި....." ފޯނުން ހުޝަލް އެ ފޮޓޯތަށް ދައްކައިލަން އުޅުނެވެ. ނާޝިދު ގެ ހިތް ބާރަށް ތެޅިގަތެވެ. ލޯ ބޮޑުވެފައި ހުއްޓުން އަރާގޮތްވިއެވެ. މާޒިމް ގެ ކައިރީ ލަދު ރަކި ހިނިތުންވުމެއްގައި އިނީ އުރުޖުވާންއެވެ.

"އެއީ މާޒް ގެ ވައިފް.....ސަބިހާއްތަގެ މާމަ ދަރި....ވަރަށް ބޮޑު އިއްތިފާގެއްދޯ....." ނާޝިދުގެ މޫނަށް އެރި ކުލަވަރުން ހުޝަލް ބޭނުންވީ އިތުރަށް ނާޝިދު ފޮރުވަމުންދާ ކަންތައްތައް ހިއްސާކުރާން ހިއްވަރެއް ދިނުމަށެވެ.

"ކޮން...ކޮން ސަބީހާއްތަ އެއް...." ނާޝިދު ވަރަށް ނޭނގޭ ކަމަށް ހެދިއެވެ. ހުޝަލްގެ އަތް މުށްކަވާލެވުނީ ރުޅި އިސްކުރެވުމުންނެވެ. ނަމަވެސް ނާޝިދުގެ ބަލި ހާލަތަށް ވިސްނި ނަފުސް ހަމަޔަކަށް އެޅުމަށް މަސައްކަތްކުރިއެވެ.

" އެއީ....މާޒްވިލާގަ ކުރީން އުޅުނު ސަބީހާއްތަ.....ހަނދާންނުވޭތަ؟ ސަބީހާއްތަ ނިޔާވިތާ ގާތް ގަނޑަކަށް ދެ ހަފްތާ ވަރު ވާނީ........" ނާޝިދު އާއި ހަތަރު ކަޅި ހަމަ ކުރަމުން ހުޝަލް ސުވާލުކުރިއެވެ.

"މާޒިމް ކީއްވެ އެހާ އަވަސް އަވަހަށް ކައިވެންޏެއް ކުރަންވީ؟އަނެއްކާ ޔަގީންތަ ތީ ރަނގަޅު ކުއްޖެއްކަން؟މާމަ ނިޔާވިތާ ދުވަސްތަކެއް ނުވެ ކައިވެންޏެއްކޮށް ހަނީމޫނަށް ދާނީ ހާދަ....." ނާޝިދު ގެ ޖުމްލަ ފުރިހަމަ ނުވަނީ ހުޝަލް އަށް ފޯނެއް އައި ކަމުގެ ބަހަނާ ދައްކާ ކޮޓަރިން ނިކުމެލިއެވެ. ނާޝިދުގެ ދުލުން ތެދު ހާމަކުރަން އެތައް ފުރުސަތެއް ހުޝަލް ދިން ނަމަވެސް ހަގީގަތް ހާމަ ކުރަން ބޭނުން ނުވާކަން އިތުރަށް ހާމަ ވުމުން ރުޅި އިސްކުރެވެނީއެވެ.

ސިޓިންރޫމުގައި އަހްމަދު ހުރި ކަމެއް ނޭނގި ހުޝަލް އަތް މުއްކަވާލައި

"މައިންބަފައިން މުސްކުޅިވާ ދުވަހަކުން އެމީހުންނަށް ޚިދުމަތް ކުރަން ޖެހުމަކީ ބުރައެއްކަމަށް ނުދެކޭށެވެ. ސަބަބަކީ އެއީ ސުވަރުގެއަށް ދާން ހުޅުވޭ ދޮރަކަށް ވާތީއެވެ."

***

މަދީނާ އަށް މިތަނުން ރަަނގަޅު ކުއްޖެއް ހޯދާނީ...." މާޒިމް ވަރަށް ލާނެތް ކަމާއެކު ބުނެލިއެވެ. އުރުޖުވާން ލޯ އަޅާލުމުން ރަކި ހިނިތުންވުމެއް ތުންފަތަށް ވެރިވީ އުރުޖުވާން ގެ ހިތުގައިވެސް މިތާ އުޅުމަށް ލޯބި ޖެހިފައިވާ ކަން މާޒިމް އަށް އެނގުމުންނެވެ. އަދި މަދީނާ އާއި އެކަނި ދެކެވިފައިވާ ވާހަކައެއް މާޒިމް އަށް އެނގުންވެފައި އޮތުމުންނެވެ.

" އީވްސްޑްރޮޕިން އިޒް ބޭޑް...." ޗުސް ކަނޑާލަމުން އުރުޖުވާން ބުނެލިގޮތުން އެ މައުސޫމްކަން މާޒިމް ގެ ހިތާ ކުޅެލިއެވެ.

ފިނި މޫސުމުގެ އިރުގެ ފަނޑު އަލިކަމުން ޒީނަތްތެރިވެފައިވާ އުސް ގަސްތަކުގެ ތެރެއިން ޑޮލްޑާ ގްރޭންޑް ރިސޯޓް ހޮޓަލަށް ދާ އޮތް ރާސްތާ ފެންނަމުން ދިޔައީ ވޮންޑަލޭންޑެއްގެއް ސިފައިގައެވެ. ސްނޯ އިންފުރިފައިވާ ބިމުގެ ތެރެއިން ފެންނާން ހުރި އެ އިމާރާތް ހީވަނީ ދުވަސްވީ ޝާހީ ގަނޑުވަރެއްހެންނެވެ. ކައިރިވަމުން އަންނައިރު، މަގުމަތީގައި ސްނޯއިން ފޮރުވިފައިވާ ގަސްތަކާއި، އިރުގެ އަލިން އަލިވަމުން އަންނަ ނާޒުކު ފިނިފެންމަލުން ފުރިފައިވާ ގޮފިތަކުގެ ހިތްގައިމު މަންޒަރުތަކުން އެމީހުންނަށް މަރުހަބާ ކިޔައެވެ.

އިރު އޮއްސެން ފެށުމުން އުޑުމަތި ފިޔާތޮށި ކުލައާއި ރަންކުލައިގެ ކުލަތަކުން ކުލަޖައްސާލައި، ވަށައިގެންވާ މާހައުލުގައި އުފެދެމުން ދިޔައީ ޖާދުވީކަމެވެ. އުޑުމަތި ވިދަމުން ދިޔައީ ކުދި ކުދި ޔާގޫތު ފަދަ ތަރިތަކުންނެވެ. އުރުޖުވާން ލޮލުގެ އެސްފިޔަވެސް ޖަހާނުލައި ބަލަމުން ދިޔައީ ބޭރުން ފެންނަ އެ ހުވަފެނީ މަންޒަރަށެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅީގައި އެ ވެހޭ ތުނި ސްނޯ ތެރޭ މީހުން އުނދަގުލުން ހިނގާ ބިނގާވެ އުޅޭ މަންޒަރެވެ. ކަށިގަނޑު ތޮރުފާލާފައި ގައިގެ ތެރެއަށް ވަދެފައިވާ ހީ ފިލުވަން އުރުޖުވާން މަސައްކަތް ކުރަމުން ދިޔައިރު ހިތް އިންތިހާއަށް އަވަސްވެފައިވިއެވެ.

ސްޓާފުން ތިބީ ކުޑަ ހިފައިގެން މާޒިމް މެންގެ އިސްތިގްބާލުގައެވެ. ކާރުން ފޭބުމަށް ދޮރު ހުޅުވާލަދިނެވެ.

"ލެޓްސް ގޯ....." މާޒިމް ގެ އަތްތިލަ އުރުޖުވާން ގެ އަތާ މަހާލިއެވެ. ނޭގި ހުރެ އެފަދަ ކަމެއް ކޮށްލުމުން ތުންފަތުގެ ރަތް ކަން ގަދަ ވިއެވެ. ކާރުން ފޭބުމުން ވަގުތުން މާޒިމް އުރުޖުވާން ގަޔާ ލައްކޮށްލަމުން ލައިގެން ހުރި ކޯޓުން ބައެއްގައި ފޮރުވިއެވެ. ވަށައިގެންވާ ހިތްގައިމު މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ޕައިންގެ މަޑު ލުއި ވަހުން ވައި ފުރިގެން ދެއެވެ. ހިނގަމުން ދާއިރު އެދެމަފިރިންގެ ފައިދަށުވަމުން ދިޔަ ސްނޯ މަޑުމަޑުން ތުރުތުރު ލަމުންދާހެން ހީވިއެވެ.

" އޯކޭތަ؟...." މާޒިމް ކޮށްލި ސުވާލަށް އުރުޖުވާން ބޯޖަހައިލީ އެހާ ކައިރީ ހުރެ ވާހަކަ ދައްކަން ލަދުގަތުމުންނެވެ.

***

މާޒްވިލާގެ ގަނޑުވަރެއް ފަދަ ސިޓިންރޫމުގެ ކުޑަ ދޮރުކައިރީ ހަދާފައިވާ ސޯފާގައި ހަށިގަނޑު ދަމާލައިގެންއޮތް މަދީނާގެ ފޯނަށް އުރުޖުވާން ފޮނުވާފައިވާ ފޮޓޯތައް ބަލާލަމުން ދިޔައީ ވަރަށް ހެވިފައި އޮވެއެވެ. ކުޑަ ދޮރުތައް ހުޅުވާލައިފައިވާއިރު ގޭތެރެޔަށް ޖެހެމުންދިޔައީ ފިނި ވައި ރޯޅިތަކެވެ. ކުއްލިއަކަށް ސިހިފައި ތެދުވެވުނީ ގޭޓު ބެލް ޖަހާލުމުންނެވެ. ބޮޑު މޭޒު ދޮށުގައި ފޮތެއް ކިޔާލަން ގެއްލިފައި އިން ކެނާން އަވަހަށް ތެދުވުނީ އެ އައި މީހުން ގެޔަށް ވެއްދުމަށެވެ.

"އެއީ މި ފްރޭމްތަކާއި އެއްޗިހި ސްޓޯރޫމަށް ލާން އައިސް ތިބި ބަޔެއް....." މަދީނާއަށް ބުނެލަމުން ބޭރުގައި ތިބި މީހުންނަށް ގެއަށް ވަނުމަށް ތަން ދިނެވެ.

ފަސް ވަރަކަށް މީހުން އައި އިރު މަދީނާ ގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ބާ ޓީޝާޓެއްގައި ހުރި އިސްކޮޅުން ކުރު މީހެކެވެ. އެމީހާގެ ރަތް ވެފައި ހުރި ލޯ މަދީނާގެ މޫނުން ވަކިނުވެ ހުރީ ނުލަފާ ހިނިތުންވުމެއްގައެވެ. މަދީނާގެ މުޅި ގައިން ހީ ބިހި ނަގައިގެން ދިޔައީ އެ ބެލުމުންނެވެ. އަދި ވައި އެޅިފައި ކައިރިން އެމީހާ ދިޔަ ހިނދު ދުވި ނުބައި ވަހަކުން މަދީނާ އަށް އޯކަށް ދެމޭގޮތް ވިއެވެ.

" ޗީ..." ވައި އަޑުން ބުނެވުނެވެ.

ކައިރީ އިން ކެނާން މަދީނާ އަތުގައި ކޮށްޓާލަމުން އަންގާލި މޫނުމަތީ ކުލަވަރު ބަދަލުކޮށްލުމަށެވެ.

"ކޯއްޗެއް މިތަނުން ނަގަން ޖެހެނީ....މެޑަމް...." ފަހު ލަފުޒު ވަރަށް ދިގު ދަންމާލަފައި އާދަމް އަހައިލީ މަދީނާއަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ.

" މި ބޮޑު ފްރޭމް އާއި މި ކުރެހުންތައް.....މި ހުރިހާ އެއްޗެއް ބޭރު ސްޓޯރަށް ލުމުން އޯކޭ ވާނެ..." ކެނާން ވަރަށް ހިތް ހެޔޮކަމާއެކު ޖަވާބު ދިނެވެ. ގޭތެރޭގައި ތަސްވީރުތައް ބެހެއްޓުމަކީ އެގެއަކަށް މަލާއިކަތް ބޭކަލުން ވަދެ ވަޑައިނުގަންނަވާނެކަމެއް ކަމުގައި އުބެއިދް ނަސޭހަތްތެރިވެފައި ވުމުން ކެނާން އެ ހުރިހާ އެއްޗެއް ގޭތެރެއިން ނެރެލުމަށް އަވަސްވެގަތީއެވެ.

"މިއީ....ހަކީމް ބެ ދޯ...." ހަކީމުގެ ތަސްވީރުގައި އަތް ކާއްތާލަމުން އާދަމް ބުނެލީ ނުލަފާ ހިނިތުންވުމެއްގައި ހުރެއެވެ.

އާދަމް އަށް ލިބިފައިވާ ހުރިހާ ސިހުރު ހާހުރައިގެ އިލްމެއް ލިބިފައިވަނީ އެ ހަކީމުގެ ފަރާތުންނެވެ. މާޒްވިލާގައި ހަކީމުއަށް ގުލާމުކޮށް އުޅެމުން ދިޔަ ދުވަސްވަރު ހަކީމުގެ ހުރިހާ ނުބައި ސިހުރެއް ދަސްކުރިއެވެ. އަދި ހަކީމުގެ އެންމެ ގާތް އަދި އެންމެ ބޮޑެތި ސިއްރުތައް އާދަމް އަށް ނޫނީ ނޭނގޭނެއެވެ. ހަކީމު އާއި އާދަމްގެ ގުޅުމަށް ލޮޅުންތަކެއް އަރަންފެށީ އާދަމް ގެ ހިތް ނަބިލާ އަށް ކިޔަން ފެށުމުންނެވެ. އެ ހިނދުން ހިނދަށް ހަކީމު ވަގުތުން އޭނާޔަށް އެޅުނުހާ ފިޔަވަޅެއް އާދަމް އަށް އަޅަން ނިންމީވެސް އެހެންވެއެވެ. ނަމަވެސް އާދަމް އޭނާގެ މަކަރުވެރި ކަމާއި ހީލަތްތެރިކަމުން ހަކީމުއަށް ލަނޑުދިނީ ރޭވުންތެރިކަމާއެކުއެވެ. އެއީ އޭނަގެ އަމިއްލަ ނަފްސަށް ގެއްލުން ލިބޭ ހާލުގައި ނަމަވެސްއެވެ. އެއީން ނަބީލާ ލިބެން އުނދަގޫވި ކަމުގައި ވިޔަސް ހަކީމު ގެ ވަސް ދުނިޔެއިން ފިލުވާލީ ހިތި ގޮތަކަށެވެ. މާޒީގެ ފޮނި ހަނދާންތަކެއް ކަމުގައި އާދަމް އެ ކަންތައް ގަބޫލުކުރެއެވެ.

"ބޭބެ.... ތި އަވަސް ކުރަނީ ނު....ފޮޓޯ ބަލަނީ....ވަގުތު ބޭކާރުވަނީ..." ފޮޓޯއަށް ބަލަހައްޓައިގެން ގެއްލިފައި ހުރި އާދަމް އަށް ބިދޭސީމީހާ ބުނެލީ ވަރަށް ލަސްވެފައި ހުރެއެވެ.

އާދަމް އޭނައަށް އިންޒާރުދޭފަދަ ގޮތަކަށް ލޯ އަޅާލާފައި އެ ފްރޭމްގެ އެއްކޮޅުގައި ހިފަން އަތް އުފުލާލުމުން ކައިރީ ހުރި ބިދޭސީއެއްވެސް އަނގަ ހަދާލީ ދުވި ވަހަކުންނެވެ. މަންޒަރު ދުށް މަދީނާ އަށް ހެވުނެއް ކަމަކު ކެނާން ގެ ފަހަތުގައި ހުރެ އެ ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ.

***

ދެ ހަފްތާ ފަހުން ނާޝިދު ހޮސްޕިޓަލުން ގެއަށް ދޫކުރުމުން ހުޝަލް ވެސް ނާޝިދު އުޅޭ ގެއަށް ބަދަލުވުމަށް ނިންމިއެވެ. ނަބީލާ ދިރިހުރި ކަމުގެ ވާހަކަ އެއްވެސް ގޮތަކަށް ނާޝިދު އަންގާފައިނުވުމުން އެކަމާއި ހިތުގައި ސުވާލުތަށް އެނބުރުނެއް ކަމަކު ހުޝަލް މަސައްކަތްކުރީ ނާޝިދުއަށް ހެޔޮކޮށް ހިތުމަށެވެ.

ހުޝަލްގެ ފަރާތުން ދުވަހަކު ލިބިފައިނުވާ ލޯތްބާއި އަޅަލުން ފެނި ނާޝިދުގެ ހިތް އުފަލުން ފުރުނެވެ.

"ދަރިފުޅު...މާޒިމް އަށް ގުޅިންތަ؟" ނާޝިދު އަށް ވާހަކ ދައްކަން އުނދަގޫވި ކަމުގައި ވިޔަސް މާޒިމް ގެ ހަބަރު ބަލައިލުމަށް ހިތް އެދެމުން ދިޔައެވެ.

"މާޒް މިހާރު ވީ ސްވިސް ގަ.....ގްރޫޕަށް ފޮޓޯ ލި....." ފޯނުން ހުޝަލް އެ ފޮޓޯތަށް ދައްކައިލަން އުޅުނެވެ. ނާޝިދު ގެ ހިތް ބާރަށް ތެޅިގަތެވެ. ލޯ ބޮޑުވެފައި ހުއްޓުން އަރާގޮތްވިއެވެ. މާޒިމް ގެ ކައިރީ ލަދު ރަކި ހިނިތުންވުމެއްގައި އިނީ އުރުޖުވާންއެވެ.

"އެއީ މާޒް ގެ ވައިފް.....ސަބިހާއްތަގެ މާމަ ދަރި....ވަރަށް ބޮޑު އިއްތިފާގެއްދޯ....." ނާޝިދުގެ މޫނަށް އެރި ކުލަވަރުން ހުޝަލް ބޭނުންވީ އިތުރަށް ނާޝިދު ފޮރުވަމުންދާ ކަންތައްތައް ހިއްސާކުރާން ހިއްވަރެއް ދިނުމަށެވެ.

"ކޮން...ކޮން ސަބީހާއްތަ އެއް...." ނާޝިދު ވަރަށް ނޭނގޭ ކަމަށް ހެދިއެވެ. ހުޝަލްގެ އަތް މުށްކަވާލެވުނީ ރުޅި އިސްކުރެވުމުންނެވެ. ނަމަވެސް ނާޝިދުގެ ބަލި ހާލަތަށް ވިސްނި ނަފުސް ހަމަޔަކަށް އެޅުމަށް މަސައްކަތްކުރިއެވެ.

" އެއީ....މާޒްވިލާގަ ކުރީން އުޅުނު ސަބީހާއްތަ.....ހަނދާންނުވޭތަ؟ ސަބީހާއްތަ ނިޔާވިތާ ގާތް ގަނޑަކަށް ދެ ހަފްތާ ވަރު ވާނީ........" ނާޝިދު އާއި ހަތަރު ކަޅި ހަމަ ކުރަމުން ހުޝަލް ސުވާލުކުރިއެވެ.

"މާޒިމް ކީއްވެ އެހާ އަވަސް އަވަހަށް ކައިވެންޏެއް ކުރަންވީ؟އަނެއްކާ ޔަގީންތަ ތީ ރަނގަޅު ކުއްޖެއްކަން؟މާމަ ނިޔާވިތާ ދުވަސްތަކެއް ނުވެ ކައިވެންޏެއްކޮށް ހަނީމޫނަށް ދާނީ ހާދަ....." ނާޝިދު ގެ ޖުމްލަ ފުރިހަމަ ނުވަނީ ހުޝަލް އަށް ފޯނެއް އައި ކަމުގެ ބަހަނާ ދައްކާ ކޮޓަރިން ނިކުމެލިއެވެ. ނާޝިދުގެ ދުލުން ތެދު ހާމަކުރަން އެތައް ފުރުސަތެއް ހުޝަލް ދިން ނަމަވެސް ހަގީގަތް ހާމަ ކުރަން ބޭނުން ނުވާކަން އިތުރަށް ހާމަ ވުމުން ރުޅި އިސްކުރެވެނީއެވެ.

ސިޓިންރޫމުގައި އަހްމަދު ހުރި ކަމެއް ނޭނގި ހުޝަލް އަށް އަތް މުއްކަވާލައި މޭޒުމަތީ ޖަހާލެވުނެވެ.

"ހުޝަލް....ދަރިފުޅު...ކިހިނެއްވީ...ބައްޕަ ރަނގަޅުތަ؟" ކަންބޮޑުވެފައި ހުރި އަހްމަދުގެ އަޑު ހުޝަލް ސިއްސުވާލިއެވެ.

ބައްޕައަށް އަޅާނުލެވި ދުވަސްތަކެއް ފާއިތުވުމުން އެކަމާއި އަމިއްލަ ނަފްސު ކުށްވެރިކުރެވެނީ ކަމަށް ބުނެ ހުޝަލް ވާހަކަ އޮޅުވާލިއެވެ. އަދި އަހްމަދުގެ ފަރާތުން އެއްވެސް ކަމެއް އެނގިދާނެތޯ ބެލުމަށް ވާހަކަ އެއް ފަށަން ބޭނުންވިއެވެ. ނާޝިދު ކަންތައް ފޮރުވާ އުޅުމުގެ ހަގީގަތް ހޯދަން ހުޝަލް ބޭނުންވިއެވެ.

ކޮފީ ތައްޓެއް ތައްޔާރުކޮށްލަމުން އަހްމަދު އާއި އެކި އެކި ވާހަކަތައް ދެއްކުމުގެ ތެރޭގައި މާޒިމް ގެ ކައިވެނީ ގެ ވާހަކަ ހުޝަލް ހިއްސާކުރިއެވެ. އަދި އުރުޖުވާން އާއި މާޒިމް އެކީގައި ތިބި ފޮޓޯ ދައްކާލުމުން އަހްމަދަށް ހީވީ ބޮޑު ބިރެއް ފެނިގެން ގޮނޑީން ތެދުވެވުނީ ހެންނެވެ.

"ކިހިނެއްވީ....އަހްމަދުބެ...." ހުޝަލް ވަރަށް ފަރުވާތެރިކަމާއެކު އަހުމަދުގެ މޫނަށް އެރި ކުލަވަރު ސްކޭން ކުރިއެވެ.

އަވަސްވެގެންފައި ހުރެ އަހްމަދު އަވަހަށް ނިކުމެގެން ދިޔައީ ލިބުނު ހަބަރު ގަބޫލު ނުކުރެވި ހުރެއެވެ.

ހުޝަލް އަވަސްވެގަތީ މެހެކް އާއި މީކާއިލް އިންނަ ގްރޫޕް ޗެޓުގައި އެވާހަކަތައް ހިއްސާކުރުމަށެވެ. މެހެކް ގެ ސިކުނޑީގެ ކޮންމެވެސް ދިމާލެއްގައި "އުރުޖުވާން" އެނަން ޓަކި ޖެހިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު