އިންޑިއަން ޕްރިމިއާ ލީގު ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި ލަކްނޯ ސުޕާ ޖަޔަންޓްސްއިން ގުޖަރާތު ޓައިޓަންސް ބަލިކޮށްފިއެވެ.
ލަކްނޯގެ ބާރަތު ރަތުނާ ޝްރީ ބިހާރީ ވަޖްޕާއީ އެ ކާނާ ކްރިނެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސުޕާ ޖަޔަންޓްސްއިން ކާމިޔާބު ކޮށްފައިވަނީ 33 ލަނޑުންނެވެ.
މި މެޗުގެ ޓޮސް ދިމާވުމުން ސުޕާ ޖަޔަންޓްސްއިން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެ ޓީމު އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 163 ލަނޑެވެ.
އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 58 ލަނޑު ހަދައިދިން މާކަސް ސްޓޮއިނިސްއެވެ. މީގެ އިތުރުން ކެޕްޓަން ކޭއެލް ރާހުލް 33 ލަނޑު ހަދައިދިން އިރު ނިކޮލަސް ޕޫރަންވަނީ 32 ލަނޑު ހަދައިދީފައެވެ.
މިއީ ނިންގްސްގައި ޓައިޓަންސްއަށް އެންމެ ރަނގަޅަށް އުކައިފައިވަނީ ދެ އޯވަރު 21 ލަނޑަށް ދެ ވިކެޓް ނަގައިދިން ދަރުޝަން ނަލްކަންޑޭ އާއި ތިން އޯވަރު 22 ލަނޑަށް ދެ ވިކެޓް ނަގައިދިން އުމޭޝް ޔާދަވްއެވެ.
ޖަވާބުގައި ކުޅެން އަރާ ޓައިޓަންސްއަށް 18 އޯވަރު ފަސް ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 130 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 31 ލަނޑު ހަދައިދިން ސައި ސުދަރުސަންއެވެ.
އަދި ރާހުލް ތެވާޓިއާވަނީ 30 ލަނޑު ހަދައިދީފައެވެ. މި މެޗުގައި ޓައިޓަންސްގެ ކެޕްޓަން ޝުބްމަން ގިލްއަށް ހެދުނީ 19 ލަނޑެވެ.
މިއީ ނިންގްސްގައި ސުޕާ ޖަޔަންޓްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު ފަސް ބޯޅަ 30 ލަނޑަށް ފަސް ވިކެޓް ނަގައިދިން ޔަޝް ޓާކޫރުއެވެ.
މި މުބާރާތުގައި މުމްބާއީ އިންޑިއަންސް އާއި ޑެއްލީ ކެޕިޓަލްސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މި މުބާރާތުގައި ފުރަތަމަ ފަހަރަށް މުމްބާއީ އިންޑިއަންސްއިން ވަނީ މެޗަކުން މޮޅުވެފައެވެ.
މި މެޗު އިންޑިއަންސް އިން ކާމިޔާބު ކޮށްފައިވަނީ 29 ލަނޑުންނެވެ.