އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ

ހަރަމްފުޅު -- ފޮޓޯ: އޭޕީ

މި ރަމަޟާން މަހު އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމްރާގެ އަޅުކަމަށް ދިޔަ ގދ. ނަޑެއްލާ، މޫނިމާގެ، އައިޝަތު އިބްރާހީމް (74އ) އެވެ.

ނަޑެއްލާ ކައުންސިލްގެ ރައީސް މުޙައްމަދު އަންޝާއު "ސަން"އަށް ވިދާޅުވީ އެރަށުން އުމްރާއަށް ދިޔަ އައިޝަތު ނިޔާވީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ބުނި ގޮތުގައި އައިޝަތު ނިޔާވީ ދުވަސްކޮޅަކު ބަލިވެ އުޅުމަށްފަހު ޖިއްދާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ހައްޖަށް އަދި އުމްރާއަށް ގޮސް އުޅުމުގެ ތެރޭގައި މީހުން މަރުވުމަކީ ދޭތެރެދޭތެރެއިން ދިމާވާ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް