އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި އޮކްލޮހޯމާ ސިޓީ ތަންޑާ އާއި ނިއުޔޯކް ނިކްސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ވެސްޓާން ކޮންފަރެންސްގެ ލީގުގެ އެއްވަނައަށް ތަންޑާ އަރައިފިއެވެ.
ނިއުޔޯކްގެ މެޑިސަން ސްކުއެއާ ގާޑެންގައި ކުޅުނު މިމެޗު ތަންޑާއިން ކާމިޔާބު ކޮށްފައިވަނީ 113 ޕޮއިންޓް 112 ޕޮއިންޓުންނެވެ. މިމެޗުގައި ތަންޑާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ އަށް އެސިސްޓް ދިން ޖޭލެން ވިލިއަމްސްއެވެ. އަދި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން ޖޭލެން ބްރުންސަންއެވެ.
މިމުބާރާތުގައި ވެސްޓާން ކޮންފަރެންސްގެ ދެވަނައިގައި މިހާރު އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި ކްލީވްލަންޑް ކެވެލިއާސް ބައްދަލުކުރި މެޗު 130 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބު ކުރީ ނަގެޓްސްއެވެ. މިމެޗުގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 26 ޕޮއިންޓް ހޯދައިދީ 18 ރީބައުންޑް ނަގައިދީ 16 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދައިފައެވެ. އަދި ކެވެލިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ 4 ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން އިވާން މޮބްލީއެވެ.
މީގެއިތުރުން ލޮސް އެންޖަލިސް ކްލިޕާސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 130 ޕޮއިންޓް 118 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ކްލިޕާސްއެވެ. މިމެޗުގައި ކްލިޕާސްގެ ޕޯލް ޖޯޖު ވަނީ 41 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ކޮށްފައެވެ. އަދި ހޯނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން މައިލްސް ބްރިގެސްއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މައޭމީ ހީޓް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 119 ޕޮއިންޓް 107 ޕޮއިންޓުން ހީޓު ކާމިޔާބު ކޮށްފައިވާއިރު ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗު 135 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ސިކްސާސްއެވެ.
ލޮސް އެންޖަލިސް ލޭކާސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރި މެޗު 116 ޕޮއިންޓް 104 ޕޮއިންޓުން ލޭކާސް ކާމިޔާބު ކުރިއިރު ޝިކާގޯ ބުލްސް އާއި މިނެސޯޓާ ޓިމްބާވުލްވްސް ބައްދަލުކުރި މެޗު 109 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބު ކުރީ ބުލްސްއެވެ.
މީގެއިތުރުން ގޯލްޑަން ސްޓޭޓް ވޮރިއާސް އާއި ސެންއެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗު 117 ޕޮއިންޓް 113 ޕޮއިންޓުން ވޮރިއާސް ކާމިޔާބު ކުރިއިރު ޑެލަސް މެވްރިކްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރި މެޗު 125 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ މެވްރިކްސްއެވެ. އަދި ސެކްރެމެންޓޯ ކިންގްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗު 127 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔަބު ކޮށްފައިވަނީ ކިންގްސްއެވެ.