"ރޯދަމަހު ކުރަންވާ ކަންތައްތަކުގެ ތެރޭ ގިނައިން ގުރުއާން ކިޔެވުން، ސަދަގާތް ދިނުން، ރޯދަވެރިޔަކަށް ކާންދިނުން، ސުންނަތް ދިރުވުން، ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަޔާތްޕުޅާއި ބެހޭގޮތުން އުނގެނުން، ދަރުސްތައް ބެލުން، މާފުކުރުން، އުނގެނިފައިވާ އިލްމު ހިއްސާކުރުން، އާއިލާއަށް އެހީތެރިވެދިނުން، އޯގާތެރިވުން، ޒިކުރުކުރުން، އަދި ރޭ އަޅުކަން ކުރުން ގިނަކުރުންވެއެވެ."

***

"" އިޓްސް ވެރީ ސިންޕަލް.....އަހްނަނަށް އިނގޭ މާޒް ދުވަހަކުވެސް އަހަރެންދެކެ ހަގިގީ ލޯތްބެއް ނުވާނެކަން. އަހަރެން މާޒް ބޭނުންވަނީ އަހަރެންގެ އުފަލަށް. އަދި އަހަންނަށް އިނގޭ ފަހަދް އަހަރެންދެކެ ވަނީ ހަގީގީ ލޯބި ކަން. .އެހެންވީމަ ދެކޮޅުންވެސް ވިން ވިން ފޯ މީ....." ފަރަހް ގެ އަމިއްލަ އެދުން ބޮޑުކަން ހާމަކޮށްލީ އެހާ ފަސޭހަ ކޮށެވެ.

ލޯ ކަރުނުން ބަރުވެފައި ހުރި ފަހަދް އަށް މޫނު އަނބުރާލެވުނީ ހިތުގައި އަޅަމުން ދިޔަ ވޭނުގެ ބޮޑުކަމުންނެވެ. ފަރަހް ގެ ވާހަކަތައް އެގޮތުގައި ހުރިއެއް ކަމަކު ފަހަދް ގެ ހިތުން އޭނާ އަށް ދެވިފައި ލޯބި އެއްވެސް ވަރަކަށް ފަނޑެއްނުވެއެވެ.

***

އަނދިރިކަމުގެ ސިއްރު ފަރުދާއެއްގެ ތެރޭގައި ފޮރުވިފައިވާ ކަނޑު، ހަމައެކަނި ހިތްވަރުގަދަ ނުވަތަ މޮޔަމީހުން ނޫނީ އޭގައި ވާ އަޑި ނޭނގޭ ސިއްރުތަކުގެ ހަގީގަތް ބެލުމަށް ނޭދޭނެއެވެ. އެ ސިއްރުތަކުގައި ވި އަޑުތަށް ދައުވަތުދޭނީ އެމީހުންގެ ހިތި ނިމުމަކަށް ކަން ޔަގީނެވެ.

އޭގެ އަޑީގައި ވަނީ ބިރުވެރި ހިމޭންކަމުގެ ސަރަޙައްދެކެވެ. އެތާނގައި އިވެމުންދަނީ ހަނދާންނައްތާލެވިފައިވާ ހިތާމަވެރި ހާދިސާތަކުގެ ހިމޭން އަޑުތަކާއި، ގެއްލިފައިވާ ފުރާނަތަކުގެ ހިތާމަވެރި ހަޅޭކުގެ އަޑެވެ.

ރޭގަނޑު ހަނދުގެ ފިނިކަން، ނުތަނަވަސް ރާޅުތަކުގެ މަތީ ނަށަމުން ދިޔައެވެ. ހަނދުގެ އަލިކަމުގެ ތެރެއިން، އަލިފާން ކަންޏެއް ވަދެގެން ދިޔައީ ވިދުވަރެއް ހެންނެވެ. އެ އަލިފާން ކަނީގެ ދުވެލި މަޑު ޖެހިލީ ދިރުމެއް ނުވާ އަނިދިރީގައި ހުރި އެކަހެރި ގަނޑުވަރުގެ ކުރިމަތީގައެވެ. ހިޔަނި އެޅޭނޭ ފަދަ އެއްވެސް އަލިކަމެއް ނުވާ އެތާނގައި ނަށަމުން ދިޔައީ ހިޔަނިތަކެވެ. އެ ހަލަބޮލި މާހައުލުގައި ގުގުމާލާފައިވަނީ ވޭނީ އަޑެކެވެ. އިންސާނެއްގެ ހިތަށް ކުޅަދާނަ ނުވާ ވަރުގެ ހަޅޭކާއި ވޭނެވެ.

" އުވެއިސް....." މުޅިތަން އެއް އަޑުން ގުގުމާލިއެވެ. އެއީ އެ ގަނޑުވަރުގެ ތަހުތު ގެ އެއް ވާރިސެވެ.

" ވަދޭ...." އިންސާނުންގެ ކަށިތަކުން ފުނި ޖަހައި ޒީނަތް ކޮށްފައިވާ ގަނޑުވަރުގެ ދޮރުތަށް ހުޅުވަމުން ދަޢުވަތު އެރުވީ ވަނުމަށެވެ. ފިނި ބެލުމެެއްގައި ދޫކޮށްލެވުނު ފުން ނޭވާ އާއި އެކު ވަން އުވެއިސް އެތަނުން ނިކުމެވޭނޭ ވަގުތަކަށް އިންތިޒާރު ކުރަމުން ދިޔައެވެ.

އަނގުރު އަލިފާނުގެ ބިޔަ ހޮހޮޅައެއް ދިއްލިފައިވީ އިރު ޝައިތާނުންގެ ހަޅޭކުގެ އަޑު ހުރީ އެތާނގައި ހިފާފައެވެ. ފަހަރަކު އިފރީތެއް ކަސްތޮޅުގައި އެތަނުގެ ތެރެޔަށް އެއްލައިލެވެނީ އެހާ ރަޙުމު ކުޑަކޮށެވެ. ހުރިހާ އަމުރެއްވެސް ކުރަނީ ތަޚުތުގައި އިން މުޝްރިކާއެވެ.

"ފެނޭތަ؟ ކިޔަމަން ނުވީމަ ވާ ގޮތް...."މުޝްރިކާ ތިމާގެ ބާރު ހުރި މިންވަރު ދައްކާލަަމުން ބުނެލީ އަމުރުވެރިގޮތަކަށެވެ.

އެ އަމަލުތަކަށް ބަލަހައްޓައިގެން އުވެއިސް ހުރީ ފިނި ނަޒަރަކުންނެވެ.

"ކޮން ކަމެއް ބޭނުންވަނީ؟.އަހަރެން މިތަނަށް ގެންނަން ޖެހުނީ ކީއްވެ؟" އުވެއިސް ގެ އަޑުގައިވި ފޫހިކަން އިންތިހާއެވެ. މުޝްރިކާގެ ހިތް ނުރުހޭ ކަމެއް ދިމާވުމުން ނޫނީ އެތަނަށް ގެންނަން އަމުރު ނުފޮނުވާނެކަން އުވެއިސް އަށް ރަނގަޅަށް އެނގެއެވެ.

" އަހަރުމެންގެ ރަސްކަމާއި އާރާއި ބާރުން އެއްކިބާވާން ބޭނުމީތަ؟" އެއީ ގަނޑުވަރުގެ މުޖުރިމުން އަންދާލުމުގެ ކުރިން ކޮށްލާ ފަހު ސުވާލެވެ. އޭގެ ޖަވާބު ކޮންމެ އެއްޗަކަށް ވިޔަސް ނިމުމަކީ ހަމަ އެންމެ ނިމުމެކެވެ. އެއީ އަންދާލެވުމެވެ.

" ތިބުނާ ރަސްކަމާއި އާރާއި ބާރު ބޭނުންވަނީ އަހަރެން އީވޮން އާއި ކައިވެނި ކުރުވަން ކަމުގައި ވަނީ ނަމަ އަންދާލުން މާ ހެޔޮ...." އުވެއިސް އަށް އޭނާގެ ބައްޕަ ކުޅެން އުޅޭ ކުޅިވަރު މާ ރަނގަޅަށް އެނގެއެވެ. ރޮތްސްވިލް އާއި އީވޯން މިކޮޅަށް އައީ ކީއްވެ ކަން އުވެއިސް އަށް އެކި އެކި ޖިންނީންގެ ވަސްވާސް ތަކުން ވަނީ އިވިފައެވެ.

ޗޭނުކޮށްފައިވާ އިފްރީތެއްގެ ސިފަ ބަދަލުވީ ދެނެވެ. އަދި އެ އިފްރީތު ދަމާ ކޫއްތަަަމުން ގޮސް އަލިފާނގަނޑަށް އެއްލައިލެވުނު ރަޙުމް ކުޑަގޮތް އުވެއިސް ގެ ހިތް އެފުށް މިފުށަށް ޖެހިއެވެ. މަދީނާ ގެ ސިފަ ޖައްސާފައި އެ އަލިފާނގަނޑަށް އެއްލައިލެވުނު ޖިންނީގެ ހަޅޭކުގެ އަޑުވެސް މަދީނާއާއި ތަފާތެއްނެތެވެ.

" ހުއްޓާލާ..." ކެތް ނުކުރެވޭ ވަރު ވުމުން އުވެއިސް އަށް ބުނެވުނެވެ.

"މާދަން އިރު ފެން މަތިވާ ގަޑީގައި ކައިވެންޏަށް ހާޒިރު ކުރުމަށް......" މުޝްރިކާގެ ޖުމްލަ ފުރިހަމަ ނުވަނީސް އުވެއިސް ވިދުވަރެއްހެން އެތަނުން ގޮސް ފިލިޔަސް ގަޑި ޖެހުމުން މުޝްރިކާގެ އައުވާނެއް އޭނާ ބަލައި އަންނާނެކަން ރަގަޅަށް އެނގެއެވެ. އޭނަގެ ހިތް ބާރަށް ތެޅެމުންދިޔައީ މަދީނާ އަށްޓަކައެވެ. މުޝްރިކާގެ އަނިޔާވެރިކަމުގައި މަދީނާ ވެދާނެތީ ބިރުގަންނަނީއެވެ. މަދީނާ ސަލާމތްކުރުމަށް ކޮޮންމެ ފަދަ ޤުރުބާނީއެއްވެސް އޭނަ ވެދާނެއެވެ.


***

މަދީނާ އާއި ކެނާން އަށް މާޒްވިލާ އަށް ފޯރީ މެންދުރުގެ އެންމެ ހޫނުގަދަ ވަގުތުގައެވެ. ގޭގެ އެތެރެއަށް ވަނުމަށް ހިތް މާޔޫސްކުރުވުމުން ބަގިޗާގައި ހިނގާލަން މަދީނާގެ ހިތް އެދުނެވެ. އެ ބަގީޗާގެ ފެހިކަމާއި ރީތިކަން އެ ހާސްކަން ހިތުން ފޮހެލިއެވެ.

" މި ހާދަ މީރުވަސް ދުވާ މަލެކޭ....."މަދީނާ ބިންމައްޗަށް ވެއްޓިފައި އޮތް މަލެއް ނަގައި ވަސްބަލާލިއެވެ.

" ތީ މިޑްނައިޓް ކުއީން.....ކިޔާ މަލެއް....." ދަންނަ އަޑެއް މަދީނާ ކަންފަތުގައި ޖެހުމުން ސިހިފައި ބެލުނެވެ. ދަންނަ އަޑެއް ނަމަވެސް އެ އަޑުގައިވާ ބިރުވެރިކަމެއް ނެތެވެ. އަދި ނޫ ކުލައިގެ ލޯ ދިއްލިފައިވީ ފިނި ބެލުމަކުން ނޫނެވެ. ހައިރާންވެފައި މަދީނާ އަށް ހިނދުކޮޅަކަށް ބަލަހައްޓައިގެން ހުރެވުނުއިރު ހިތް އެ ރީތި ކަމަށް ތަޢުރީފް ކުރިއެވެ.

"އަ އަ...ކީއްވެ...މި ތާ.." ރަކިވެފައި އިސްދަށަށް ޖަހާލައިގެން ހުރެ މަދީނާއަށް އަހާލެވުނެވެ.

" މިރޭ ބާރަޖަހާއިރަށް މި ގަސް ދޮށަށް.....ހުރިހާ ވާހަކައެއް ކިޔައިދޭނަން...." ގަސްތަކުގައި ވައި އަޅުވައިލުމާއެކު މުޅިތަން އެއްވަސް ކޮށްފައިވީ އެ މަލުގެ މީރުވަހެވެ. މަދީނާ ގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. އުވެއިސް ގެ އުޅުމުގައި ތަފާތެއް ވިކަން އިހުސާސްކުރެވުނެވެ. އަދި އެ ދައްކަން ބޭނުންވާ ހުރިހައި ވާހަކައަކީ ކޮބައިކަންވެސް ބަލައިލަން ބޭނުންވިއެވެ. ނަމަވެސް ހިތް ބިރުގަންނަމުން ދިޔައީ އެ އަތުން ލިބިފައިވާ އަނިޔާތަށް ހަނދާންވުމުންނެވެ. ކެނާން ގެ އަޑު ކަންފަތުގައި ޖެހުނީ ޚިޔާލުތަކުގެ ތެރޭގައި ހުއްޓައެވެ.

"ކިހާ އިރެއް؟ ބެލްކަނީ އިން ގޮވާ ގޮވާ އަޑު ނީވުމުން މިހާރު މި ފޭބީ....ކާ އެއްޗެއް އޯޑަރު ކުރަންވެގެން....މަދީނާ ކީއްވެ އެހާ ގެއްލިފަ ހުރީ؟" ދުވަމުން އައި ކެނާން ނޭވާ ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ.

" މިޑްނައިޓް ކުއީން....މި މަލަށް ކިޔަނީ...ވަރަށް މީރު ވަސް ދުވާ މަލެއް....ކުޑަބެ ވަސް އަހާލަބަލަ...." ކެނާން ގެ ނޭފަތުގައި ޖައްސާލިއިރު ތުންފަތުގައި ވީ ފޮނި ހިނިތުންވުމެކެވެ.

ކެނާން އަށް ވަސްދައްކާލުމުން ފުލުފުލުގައި ކިނބިހި އެޅުނެވެ.

" މީ ހާދަ އެލާޖީ ބޮޑު މަލެކޭ. ކުޑަބެ އަކަށް ކަމަކު ނުދޭ...." މަދީނާ ގެ އަތުން މާ ދުރުކޮށްލަން އުޅުމުން އެ މާ ބިންމައްޗަށް ވެއްޓުމާއެކު މަދީނާ އަވަސް އަވހަށް އެ ނަގައި ފޮޅާލިއެވެ.

ދެބެއިން ގެޔަށް ވަދެގެން ދިޔައިރުވެސް މަދީނާ އަށް އެ މަލަށް ބަލައިލެވި އުވެއިސް އާ ބައްދަލުވި ހިނދުކޮޅު ހިތުގައި ކުޅެވެމުން ދިޔައެވެ.

***

ކާރު ގެ ބިއްލޫރިން ފެންނަމުން ދާ މަންޒަރަށް އާޝޯހުވެފައި އުރުޖުވާން އަށް އިނދެވުނެވެ. ސިފަވަމުންދިޔައީ ޕޯސްޓްކާޑަކުން ފެންނަފަދަަ އަޖައިބުކުރުވަނިވި ރީތިކަމެވެ. ދުނިޔެމަތީގެ ސުވަރުގެ ކަމަށް އެތައް ބަޔަކު ސިފަކުރިޔަސް މިހާ ފުރިހަމަވާނެ ކަަމަކަށް ހިޔެއް ނުކުރެއެވެ. ދުރު މަންޒަރުގައި ވި ބައެއް އުސް ފަރުބަދަތަކުގެ ކޮޅުތައް ވިލާ ތަކު ތެރެއިން ނުސާފު ކަމާއެކު ފެންނަމުންދިޔައީ އަޖާއިބުކުރުވަނި ގޮތަކަށެވެ. ކުދި ކުދި ގެތައް އެ ފަރުބަދަ ތަކުގެ ވަށާލައިގެން ވިއެވެ.

" އުރޫޖް ބޭނުންތަ މިކޮޅަށް މުޅިން ބަދަލުވާން؟" ކާރު ފަހަތު ސީޓުގައި އުރުޖުވާން އާއި ޖެހިގެން އިން މާޒިމް އަހައިލިއެވެ.

" މިއީ އުރޫޖް އެއް ނޫނޭ.....އައިމް ގެލިބްތެ....ރިމެމްބަރ..." ބޭރުގެ މަންޒަރުން ލޯ ވަކިކޮށްލަމުން މާޒިމް އާއި ދިމާ އަށް އެނބުރުނެވެ. ލޯބިގޮތަކަށް ލޯ އަލާލަމުން ބުނެލި އިރު މާޒިމްގެ ހިތް އުފަލުން ފުރުނެވެ، އަދި ކާރު ޑްރައިވަރުވެސް ކުޑަކޮށް ހެވުނީ އުރުޖުވާން އެފަދަ ގޮތަކަށް އަމިއްލަ ނަން "ގެލިބްތެ" ޖަރުމަނު ބަހުން "ލޯބިވެރިޔާ" އަށް ބަދަލުކުރުމަށް ބުނުމުންނެވެ. އުރުޖުވާން އަށް އޭގެ ހަގީގަތް ނޭނގުނު ކަމުގައިވިޔަސް މެއެވެ.

"ސޮރީ.....ގެލްބްތެ....އޮޅުނީ....ކޮންފަރެންސް އަށް ދާހިތެއް ނެތް.....ކޮންފަރެންސް ކަޓުވާލާފަ ދާންވީ ލުސާން އަށް....އެތަނުން ކޮޓެޖްއަކަށް މުޅިން ދިރިއުޅުން ބަދަލުކުރަންވީ...." މާޒިމް ވަރަށް ޝައުޤުވެރިކަމާއެކު އުރުޖުވާން އާއި ހިއްސާކުރީ ހިތުގައި އޮތް ގޮތެވެ. މާޒިމް ގެ މޫނުން ނަޒަރު ވަކިނުކުރެވި އިން އުރުޖުވާން ގެ ލޯ ދިއްލުނެވެ.

"ދެން މަދީނާ އޯ....." ވަރަށް ސީރިޔަސްކަމާއެކު އުރުޖުވާން އަށް އަހާލެވުނެވެ.

"މަދީނާ އަށް މިތަނުން ރަަނގަޅު ކުއްޖެއް ހޯދާނީ...." މާޒިމް ވަރަށް ލާނެތް ކަމާއެކު ބުނެލިއެވެ. އުރުޖުވާން ލޯ އަޅާލުމުން ރަކި ހިނިތުންވުމެއް ތުންފަތަށް ވެރިވީ އުރުޖުވާން ގެ ހިތުގައިވެސް މިތާ އުޅުމަށް ލޯބި ޖެހިފައިވާ ކަން މާޒިމް އަށް އެނގުމުންނެވެ. އަދި މަދީނާ އާއި އެކަނި ދެކެވިފައިވާ ވާހަކައެއް މާޒިމް އަށް އެނގުންވެފައި އޮތުމުންނެވެ.

" އީވްސްޑްރޮޕިން އިޒް ބޭޑް...." ޗުސް ކަނޑާލަމުން އުރުޖުވާން ބުނެލިގޮތުން އެ މައުސޫމްކަން މާޒިމް ގެ ހިތާ ކުޅެލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު