ބީއެމްއެލްއިން ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރެވޭ ގޮތަށް ހަދައިފި

ބީއެމްއެލް އިން ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރޭވޭ ގޮތް ހަމަޖައްސައިފި-- ފޮޓޯ: ބީއެމްއެލް

ބޭރު ރުފިޔާ ޓްރާންސްފާ ކުރުމުގެ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން, ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކް ކޮށް މުއާމަލާތް ކުރެވޭގޮތް މިއަދު ހަމަޖައްސައިފިއެވެ.

މިބަދަލާއެކު، ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް، ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އަދި މި ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް މި މުއާމަލާތްތައް ކުރަން ބޭނުންކުރެވޭނެ ކަމަށް ބޭންކުން މައުލޫމާތު ދިނެވެ.

ބީއެމްއެލް އިން ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރޭވޭ ގޮތް ހަމަޖައްސައިފި-- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވިގޮތުގައި މިއީ ފްރީލާންސްކޮށް މަސައްކަތް ކުރާ މީހުންނާއި ކުދި ވިޔަފާރިވެރިންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

"އަދި ހަމައެހެންމެ މިއީ ބޭންކިން އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްވެސްމެ." ކާލް ވިދާޅުވިއެވެ.

އޮންލައިންކޮށް އެކި އެއްޗެހި ވިއްކައިގެންނާއި އެކި މަސައްކަތް ކޮށްގެން ބޮޑު އާމްދަނީއެއް ހޯދުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ރާއްޖޭގެ ބެންކިން ނިޒާމު އޮތްގޮތުން އެ ފުރުސަތު ދިވެހީންނަށް އޮތީ މިހާތަނަށް ވަރަށް ދަތިކޮށެވެ.

comment ކޮމެންޓް