ޢުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

ޢުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ މިހާރު ވަނީ ފެނިފައި --

ޢުމްރާއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަން އިއުލާނުކުރި ދިވެހި މީހާ ރޭ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަން އިއުލާނުކުރީ ނިމްސާ އަލް ޙައްޖު ވަލް ޢުމްރާ ގްރޫޕުގެ ހަވާލުގައި މި ރޯދަމަހުގެ ފަހު 15އަށް ޢުމްރާއަށް ދިޔަ ސ. މީދޫ، ހަވާ، މުޙައްމަދު ތައްކާނެވެ. އޭނާ ގެއްލުނީ ޢުމްރާވެރިންނާ އެކު ފަތިސް ނަމާދަށް ހަރަމްފުޅަށް ދިއުމަށް ފަހުއެވެ.

ރޭ ނިމްސާ ގްރޫޕުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ތައްކާނު ފެނިފައިވާ ކަމަށެވެ. އަދި، ހާލު ވެސް ރަނގަޅު ކަމަށެވެ.

މި ފަހަރު ޢުމްރާއަށް ދިޔަ ދިވެއްސަކު ނިޔާ ވެސް ވިއެވެ.

ޢުމްރާވެރިންނާއި ޙައްޖުވެރިން ގެއްލޭ މައްސަލައަކީ ދޭތެރެއަކުން ދިމައިވާ މައްސަލައެކެވެ.

comment ކޮމެންޓް