ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އެ ގްރޫޕުގެ ހަވާލުގައި ރަމަޟާން މަހުގެ ފަހު 15ގެ އުމްރާއަށް ދިޔަ، ސ. މީދޫ، ހަވާ، މުޙައްމަދު ތައްކާނެވެ.
އޭނާ ގެއްލުނީ އިއްޔެ ފަތިސް ނަމާދަށް އުމްރާވެރިންނާއެކު ދިއުމަށްފަހު ހަރަމްފުޅަށް ދިޔުމަށްފަހުގައެވެ.
އެ ގްރޫޕުންވަނީ ތައްކާނު ހޯދަން، މި ވަގުތު މައްކާގައި ތިބި ހުރިހާ ދިވެހި އުމްރާވެރިންނާއި އެހެން ގްރޫޕުތަކުގެ އެހީތެރިކަމަށް އެދިފައެވެ. އަދި މައުލޫމާތެއް އެނގޭނަމަ 966546279315+ ނުވަތަ 966500953603+ އަށް މެސެޖު ނުވަތަ ގުޅައި އެންގުމަށް އެދިފައެވެ.
މިފަހުން ވަނީ އުމްރާއަށް ދިޔަ ދިވެއްސަކު ސައުދީގައި ނިޔާ ވެސް ވެފައެވެ.
އުމްރާވެރިން ގެއްލުމަކީ ދޭތެރެއަކުން ހިނގާ ކަމެކެވެ.