އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ

2024ގެ ރަމަޟާންމަހުގެ އުމްރާއަށް ދިޔަ އިބްރާހީމް ރަޝީދު، 58 -- ފޮޓޯ/ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލް

މި ރަމަޟާންމަހު އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

ރާއްޖޭގެ ޙައްޖު އަދި އުމްރާ ގްރޫޕެއް ކަމަށްވާ "ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލް"އިން މިއަދު ބުނީ އެ ގްރޫޕުން ރަމަޟާންމަހުގެ އުމްރާއަށް ދިޔަ އިބްރާހީމް ރަޝީދު، 58 ނިޔާވެފައިވާ ކަމަށެވެ.

ރަޝީދު ނިޔާވީ މައްކާގެ ނޫރު ހޮސްޕިޓަލުގައި ފުއްޕާމޭގެ ކެންސަރަށް ފަރުވާކުރަނިކޮށް ކަމަށް އެ ގްރޫޕުން ބުނެފައިވެއެވެ.

ހައްޖަށް އަދި އުމްރާއަށް ގޮސް އުޅުމުގެ ތެރޭގައި މީހުން މަރުވުމަކީ ދޭތެރެދޭތެރެއިން ދިމާވާ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް