ރޭގެ ހަމަލަތަކަށް 24 ގަޑިއިރު ނުވަނިސް އައްޑޫގައި ކުއްޖަކު ޒަހަމްކޮށްލައިފި

ރޭ މާލޭގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލިިތާ 24 ގަޑިއިރު ނުވަނީސް ތޫނު އެއްޗަކުން ހަމަލާދީ އައްޑޫގައި މިރޭ ކުއްޖަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ 17 އަހަރުގެ އެ ކުއްޖާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ޝީޝާ ފިހާރަކައިރިން މިރޭ 7:30 އެހާކަންހާއިރު ކަމަށެވެ. އެކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި އާންމެއް ނުކުރެ އެވެ.

އެ ކުއްޖާއަށް މިހާރު އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުން ބުނީ ޒަހަމްކޮށްލާފައި ވަނީ މުހަންމަދު އަޒާން، ސ. ހިތަދޫ، އަނާމަންޒިލް ކަމަށާއި އޭނާގެ ބުރަކަށީގެ ދެތަނަކަށް ވަޅިކަމަށް ބެލެވޭ އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. ޑޮކްޓަރާ ހަވާލާދެއްވާ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާ ހާލު ސީރިއަސް ނޫން ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އައްޑޫގައި ވަޅިޖެހުމުގެ ހާދިސާއެއް ހިނގާފައި މިވަނީ ރޭ މާލޭގައި ދެ މީހެއްގެ ގަޔަށް ވަޅިޖެހިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު