ރެޑްބުލް ފޯ 2 ސްކޯ 2024ގެ ރާއްޖޭގެ ޗެމްޕިއަންކަން ޓީއެފްޓީއަށް

ރެޑްބުލް ފޯ 2 ސްކޯ 2024 ގެ ޗެމްޕިއަންކަން ހޯދި ޓީއެފްޓީ--

ރެޑްބުލް ފޯ 2 ސްކޯ 2024ގެ ރާއްޖޭގެ ޗެމްޕިއަންކަން ޓީއެފްޓީ ހޯދައިފިއެވެ.

ޓީއެފްޓީން ޗެމްޕިއަންކަން ހޯދީ މިދިޔަ ހުކުރުދުވަހު ހުޅުމާލޭ ޔޫތު ޕާކުގައި ބޭއްވި ފައިނަލްގައި ބަޖިޔާ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ހަތް ގޯލު ޖަހައިގެންނެވެ.

ޓީއެފްޓީން ރާއްޖެއިން ކުރި ހޯދުމަށް ފަހު ދެން ގައުމު ތަމްސީލުކޮށް ކުޅޭނީ ޖަރުމަނުގައި ސެޕްޓެމްބަރު މަހު ބާއްވާ ވޯލްޑް ފައިނަލްއެވެ.

ރެޑްބުލް ފޯ 2 ސްކޯ 2024 ސީޒަން ފެށީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެގޮތުން ކޮލިފައިންގައި 16 މެޗެއް ވަނީ ކުޅެފައެވެ.

ސީޒަން ފެށުމަށް ފަހު ވެސް އިތުރު ކޮލިފައިން މެޗުތައް ވަނީ ހދ. ހަނިމާދޫ، ތިނަދޫ ސިޓީ، ލ. ގަން، ބ. ގޮއިދޫ، އައްޑޫ ސިޓީ، ކ. މާފުށި އަދި ވަން އެންޑް އޮންލީ ރީތީ ރަށުގެ އިތުރުން މާލެ ސިޓީގައި ވެސް ކުރިއަށް ގެންގޮސްފައެވެ.

ނޭޝަނަލް ފައިނަލަށް ދަތުރު ކުރި ޓީމުތަކުގެ ތެރޭގައި ހިމެނެނީ:

  • ޓީމު ޒިގް ޒެގް
  • ޓީމު އަޅި ބްރޯސް
  • ޓީމް ރެމްޕޭޖް
  • ޓީމު އިގުބާލް
  • ކައްކަނި ޖޫނިއާސް
  • އެތަން މިތަން
  • ކުލަބް ލޮތާރި
  • ޓީމް ބިއާންކޯ އެފްސީ
  • ކިންގްސް އޮފް ދަ ރޯޑް
  • ފަސްގަނޑު އެސްސީ
  • ކުލަބު ޕީކޭ
  • ބަޖިޔާ
  • އާޖެންޓީނާ
  • ޓީއެފްޓީ
  • މަސްއޮޑި ޓައިޓަންސް
  • އައްޔަނި

އެ މުބާރާތުގައި މުޅި ޖުމްލަ 243 ޓީމާއި އެކު 1000 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

ރެޑްބުލް ފޯ 2 ސްކޯ އަކީ 25 އަށް ވުރެ ގިނަ ގައުމުގެ ގައުމީ ޗެމްޕިއަނުންނާއެކު ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ބްރެޒިލާއި، އެމެރިކާއާއި، ޔޫއޭއީއާއި، މިޞްރު ވެސް ބައިވެރިވެއެވެ.

comment ކޮމެންޓް