ކަދުރު: ފައިދާތަކުން ފުރިފައިވާ މޭވާއެއް

ކަދުރަކީ ރަމަޟާން މަހު އެންމެ ތިޔާގި އެއް ބާވަތުގެ މޭވާ -- ފޮޓޯ/ އެވްރީޑޭހެލްތު

ގިނަ ބައެއްގެ މެދުގައި އެންމެ މަޤުބޫލު އެއް މޭވާ ކަމަށްވާ ކަދުރަކީ މުސްލިމު މުޖުތަމަޢުގައި އެ މޭވާއަކަށް ނުހަނު ޤަދަރަކާއި ލޯތްބެއް ދެވިފައިވާ މޭވާއެކެވެ. ޚާއްޞަކޮށް ރަމަޟާން މަހު ކަދުރުގެ ޑިމާންޑު ބޮޑުވެ ކޮންމެ ގެއަކަށް ވެސް ކަދުރު ކިލޯ ކިލޯއިން ގަނެ ރޯދަ މަސް ފެށުމުގެ ކުރިން ގޭގައި ރައްކާކުރެއެވެ.

މިއީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި ވެސް އޮންނަ އާދަކާދައެވެ. އެހެންކަމުން ރޯދަ މަހަކީ ބާޒާރުގައި ވެސް ކަދުރު ތިޔާގިވެ ކަދުރުގެ މޫސުމޭ ވެސް ބުނެވިދާނެއެވެ.

ކަދުރުން ރޯދަ ވީއްލުމަކީ މުސްލިމުންގެ މާތް ސާހިބާ ﷺ ގެ ސުންނަތެއް ކަމަށްވީއިރު ކަދުރު ކެއުމުން ހަށިގަނޑަށް ލިބޭ ފައިދާތައް އެނގޭހެއްޔެވެ؟

• ކަދުރަކީ ޕޮލިޕެނޮލްސް ކިޔާ މާއްދާއެއް އެހެން މޭވާއާއި ތަރުކާރީއަށްވުރެ އެތައް ގުނައެއް އިތުރު މޭވާއެކެވެ. މި މާއްދާގެ ސަބަބުން ހަށިގަނޑު އިންފްލެމޭޝަންއިން ރައްކާތެރިކޮށްދެއެވެ.

• ކަދުރަކީ އާއްމުކޮށް ފޮނި ކާއެއްޗެއްސަށް ދެވިހިފާފައި ހުންނަ މީހަކު ފޮނި އެއްޗެއްކާން ބޭނުންވާ މިންވަރު ދުރުކޮށްދޭ މޭވާއެކެވެ. ހަމައެއާ އެކު ނިއުޓްރިއަންޓްސްގެ މުހިއްމު މާއްދާތައް ކަމަށްވާ ވިޓަމިން ބީ-6 އާއި ހަށިގަނޑަށް ބޭނުންވާ ދަގަނޑު ކަދުރުން ލިބިދެއެވެ.

• ދުވާލެއްގެ މައްޗަށް 4/1 ޖޯޑު ކަދުރު ކެއުމުން ދުވާލެއްގެ މައްޗަށް އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ 12 އިންސައްތަ ފައިބަ ލިބިދެއެވެ. ހަށިގަނޑުގައި ފައިބާ އިތުރުވި ވަރަކަށް ބަނޑުހައިވުމުން ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

• ތިމާގެ ހިތަކީ ސިއްހަތު ރަނގަޅު ގުނަވަނެއްގެ ގޮތުގައި ބަހައްޓަން ބޭނުންނަމަ ކަދުރު ކެއުން އާދައަކަށް ހެދުން މުހިއްމެވެ. ސަބަބަކީ ހިތަށް ދިމާވާ ތަފާތު އެކި ސިއްހީ މައްސަލަތަކުން ދުރުކޮށްދޭ ޕޮޓޭސިއަމް މި މޭވާއިން ލިބޭނެތީއެވެ.

• ތަފާތު އެކި ފޮނި ކާ ތަކެތި ތައްޔާރުކުރުމުގައި ހަކުރުގެ ބަދަލުގައި ފޮނި ރަހަ ހެޔޮ ވަރުކުރުމަށް ކަދުރު ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ތިޔަ ބޭނުންކުރާ ޗޮކްލެޓް ޗިޕްސް، ހަކުރު، ކެންޑީސް ފަދަ ތަކެތީގެ ބަދަލުގައި ކަދުރު ބޭނުންކުރާ ނަމަ ޤުދުރަތީ މޭވާއަކުން ކެއުންތަކަށް ޤުދުރަތީ ފޮނި ރަހަ ލިބިދޭނެއެވެ.

ކަދުރު: އާއިލާގެ ގިނަ މެންބަރުންގެތެރޭ އެންމެ މަޤުބޫލު އެއް މޭވާ-- ފޮޓޯ/އިންޓަނެޓް

ކަދުރުން ލިބޭ ފައިދާތައް ގިނަ ނަމަވެސް ހަކުރު ބައްޔަށް ބޭސްކުރާ ފަރާތްތަކުން ކަދުރު ބޭނުންކުރާއިރު ޞިއްޙީ މާހިރެއްގެ އިރުޝާދު ހޯދުން މުހިއްމެވެ. ސަބަބަކީ ކަދުރަކީ ހަކުރުގެ މާއްދާ ގިނަ ޢަދަދަކަށް އެކުލެވޭ މޭވާއަކަށް ވީތީއެވެ.

comment ކޮމެންޓް