ގޫގުލް މެސެޖްތެރެއިން ސީދާ ކެމެރާ ބޭނުންކޮށްގެން ފޮޓޯއާއި ވީޑިއޯ ފޮނުވޭގޮތް ހަދައިފި

ގޫގުލްގެ އާ ފީޗާ --

‎ގޫގުލްއިން އާ ކެމެރާ އެކްސްޕީރިއަންސެއް އެ ކުންފުނީގެ މެސެޖް އެޕްގެ ތެރޭގައި ތައާރަފްކޮށް، އެޕް ‎‎ތެރެއިން އަވަހަށް ފޮޓޯ ނުވަތަ ވީޑިއޯ ސްނެޕްކޮށް، ޗެޓް ކުރުމުގެ ތެރޭގައި ހިއްސާ ކުރެވޭނެގޮތް ހަދައިފިއެވެ.‎

‎އަޕްޑޭޓްކޮށްފައިވާ "މަލްޓިމީޑިއާ ޕިކާ" ކެމެރާ އިންޓަފޭސް އަކީ ކުރިން ޗެޓް ވިންޑޯއަކުން މީޑިއާ ނެގުމަށް މަސައްކަތްކުރާއިރު، ހަމައެކަނި ‎‎ސިސްޓަމްގެ ޑިފޯލްޓް ކެމެރާ އެޕް ހުޅުވުމުގެ ބަދަލުގައި ގޫގުލް މެސެޖްސްގެ ތެރެއިން ބޭނުންވާ ކެމެރާއެއް ހުޅުވައި ފޮޓޯ ނަގައި ވަގުތުން ފޮނުވާލެވޭ އަޕްޑޭޓެކެވެ.

‎މި އަޕްޑޭޓްގައި ގޫގުލްގެ ކޮމްޕޯޒް ޔޫއައި ޓޫލްކިޓް ބޭނުންކޮށްގެން ހަދާފައިވާ އާ އިން-އެޕް ކެމެރާ ޔޫއައި އަށްވުރެ ބޮޑަށް ސްޓްރިޕްޑައުން، ‎‎ކޮންވަޒޭޝަން ފޯކަސްޑް ޑިޒައިންތައް ހިމެނެއެވެ. އޭގެ ތެރޭގައި ޒޫމް ކޮންޓްރޯލާއި ފްލޭޝް ޓޮގްލްގެ އިތުރުން ފޮޓޯ އާއި ވީޑިއޯ ކެޕްޗާ ‎‎މޯޑްތަކުގެ މެދުގައި ފަސޭހައިން ބަދަލުވުމުގެ ގާބިލުކަން ހިމެނެއެވެ.‎

ކެޕްޝަން..

‎މެސެޖްސް ޓެކްސްޓް ފީލްޑުން ކެމެރާ ނަގާއިރު، ތަފާތު އޮޕްޝަންތައް ޚިޔާރު ކުރުމަށް އާ ބަޓަންތައް ފެންނާނެއެވެ. އެންމެ މަތީ ކަނާތް ފަރާތުގައި ހުންނަ ބަޓަނުން ވެސް ކުރިމައްޗާއި ފަހަތު ކެމެރާއާ ދެމެދު ‎‎ބަދަލު ކުރެވޭނެއެވެ.‎

‎މިއަޕްޑޭޓް އަދި ލިބޭނީ ގޫގުލް މެސެޖްސްގެ ބީޓާ ވާޝަންގައި އެންމެފަހުގެ އަޕްޑޭޓްގައެވެ.

‎ގޫގުލްއިން އަންނަނީ އެ ކުންފުނީގެ މުވާސަލާތީ އެޕްލިކޭޝަންތަކާއި މެސެޖްސް، މީޓް އަދި ވޮއިސް ފަދަ ހިދުމަތްތައް އަޕްޑޭޓް ކުރަމުންނެވެ. ‎‎އެންމެ ފަހުގެ މެސެޖްސް ކެމެރާ އަޕްގްރޭޑް ކުރުމުގެ ސަބަބުން އިތުރު އިންޓަގްރޭޓެޑް މީޑިއާ ކެޕްޗާ އާއި ޝެއާކުރުމުގެ ވަސީލަތްތަކަށް ބާރު ‎‎އެޅެއެވެ.‎

ގޫގުލް މެސެޖް އެޕްގައި ކުރިން ހުރި ފީޗާތަކާއެކު އާ ފީޗާތައް އިތުރުވުމުން އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި އެ އެޕަށް އޮތް ޝައުޤުވެރިކަން އިތުވާނެކަމަށް ބެލެވެއެވެ.

comment ކޮމެންޓް