"ކީރތި ޤުރުއާނަކީ ޝިފާއެކެވެ. އަދި ހިތުގެ ބަލިތަކަށް ފަރުވާއެކެވެ. ގިނަ ގިނައިން ގުރުއާން ކިޔެވުމުން ހިތަށް ހަމަޖެހުމާއި އުފާވެރިކަން އިހުސާސްކުރެވޭނެއެވެ. ރަމަޟާންމަހަކީ ގުރުއާން ބާވައިލެއްވި މައްސަރުކަމުން ވީހާވެސް ގިނައިން ގުރުއާން ކިޔަވާ ސަވާބާއި ދަރުމަ ހޯދާށެވެ."

***

ކުޑަދޮރުން ފެންނަމުން ދިޔަ މަންޒަރަށް އޭނަގެ ލޯ ހުއްޓިފައި ހުރެވުނެވެ. ވަގުތު މަޑުޖެހިލާފައިހެން ހީވިޔަސް ތުނި ކޮށް ވެހެމުން ދިޔަ ސްނޯ މުޅި ބިން ފުރާލާފައިވިއެވެ. ދެ ފައި ވަށް ކޮށްލައިގެން އިނދެ ތޫނު ތިލަ އަކުން އަތުގައި އަޅަމުން ދިޔަ ނަމަކީ " ހަކީމު " އެވެ. އަތު ކުރީން އޮހެމުން ދިޔަ ލޭތިކިތައް ގަޔަށް އެޅެމުން ދިޔަ ހިނދުވެސް މޫނަށް ވެރިވެފައިވީ ހިނިތުންވުމެކެވެ. އެ ގައިގައި ވޭން އެޅިނަމަވެސް އެތެރޭގައި ވާ އަޑު މީހަކަށް ނުފޯރާނެއެވެ. ރޫޙު ވަނީ އަނިޔާވެރިކަމެއްގެ ތެރޭގައި ކަސްތޮޅުކުރެވިފައެވެ. މަސްގަނޑުގައި އަޅަމުން ދިޔަ ވޭން އިތުރުވަމުން ދިޔަޔަސް އަމިއްލަ ބާރެއް އޭގެ މައްޗަކަށް ނެތެވެ.ފާހާނާ އިން ނިކުންނަމުން މޫނަށް އެޅިފައިވީ ކަރުނަތައް ފޮހެލައި ގަދަކަމުން މޫނަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.

***

" ޔޫ އާ ފަރަޙް....ރިމެމްބަ ދެޓް...." އަޑު ކުރަކި ވިޔަސް އަމިއްލަ ނަފްސަށް ފަޚުރުވެރިވެލައި ބުނެލީ އޭނާ ގެ ހައިސިއްޔަތު އަމިއްލަ ނަފްސަށް ހަނދާންކޮށްދެމުންނެވެ. އިސްތަށިގަނޑު ރީތިކޮށްލުމަށް ފަހު ފަރި ހިނގުމެއްގައި ގޮސް ވަނީ ފަހަދް ގެ އޮފީހަށެވެ.

" ނޮކް ކުރުމެއްވެސް ނޯވޭ ދޯ...." ފަހަދް ގެ އަޑުގައިވީ ލާނެތްކަމެވެ.

" ދެޓްސް ބިކޯޒް އައިމް ފަރަހް. އަހަންނަކަށް މަނަލެއް ނުކުރެވޭނެ އެއްވެސް ކަމެއް...." ފަހަދްއާއި ދިމާލަށް ލޯ އަޅައިލަމުން ތުއިގޮތަކަށް އޭނަ ބުނެލިއެވެ. އެ ބެލުމުން ފަހަދް ގެ ހިތަށް އަސަރުކުރާނެކަން ވެސް ދަނެގެން ހުރެއެވެ.

" ހެދުން ހެޔޮވަރު ދޯ އެހެންވީމަ...." ފަރަހް ގެ މޫނަށް ގެއްލިފައި ފަހަދް އަށް ހުރެވުނެވެ.

" ޔޫ ހަވެންޓް ފޮގޮޓެން...." ފަރަހްގެ ފިޔަވަޅުތައް ފަހަދްއާއި ގާތަށް އެޅުނެވެ.

" ދެޓްސް ބިކޯޒް ޔޫ އާ ފަރަހް....ހަނދާނުން ފޮހެލަން ފަސޭހައެއް ނުވާނެތާ..." ފަހަދް ގެ ހިތް ވެސް އަވަސްވީ އެދޭތެރޭގައިވި ދުރުމިން ނައްތައިލުމަށެވެ.

" އެކަމެއް ނޭނގޭ....މާޒް ނުހުރޭ ހަނދާނެއް...." އޭނަ ފަހަދްއާއި ހަތަރުކަޅިހަމަކޮށްލިއެވެ. އެ ހިތް ކުދި ކޮށްލާނެކަން އެނގި ހުރެއެވެ. މާޒިމް ގެ ނަންގަނެލީ ފަހަދް ގެ ހިތުގައި ޖެއްސުމުގެ ނިޔަތުގައެވެ.

" މާޒް އަކީ މެރިޑް މީހެއް...." ފަހަދް އަނެއް ފަރާތަށް އެނބުރުނެވެ. އޭނާގެ ހިތުގައި ޖެހިފައި ވާވަރު ފަރަހް އަށް އަންގާނުލުމަށެވެ.

" މެރިޑް އޯ ނޮޓް.....ހީ އިޒް މައިން.....ވިލް އޯލްވޭސް ބީ މައިން..." ފަރަހް ގެ އަޑުގައިވީ ޔަގީންކަމެކެވެ. ހީވީ މާޒިމް އަކީ އޭނަގެ ތަރިކަ މުދަލެއް ހެންނެވެ. ފަހަދް ގެ އަތް މަޅާލެވި ބާރުކޮށްލެވުނީ އަމިއްލަ ނަފްސަށް އައިސްފައި ހުރެވުނު ރުޅީންނެވެ. އެ މަންޒަރު ފެނި ފަރަހް ގެ މޫނަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ފަރަހްގެ ހިތަށް މިއަދު ތަދުވީވަރުން ބޭނުންވީ ކޮންމެވެސް އެހެންމީހެއްގެ ހިތުގައިވެސް ޖައްސާލުމަށެވެ.

" އެންޑް ފަހަދް ވެސް. ތި ވެސް ފަރަހް ގެ ހަރު މުދަލެއް....ޑޯންޓް ޔޫ ފޮގެޓް.....މިރޭ އައި ވިލް ބީ ވެއިޓިންގް......." ފަހަދް ގެ ކަންފަތް ކައިރީ ކިޔައިލިއެވެ. އަދި ޖީބުތެރެއަށް ލީ ހޮޓެލް ސްކައިލައިން ގެ ރޫމް ކާޑެކެވެ. އެއީ މާލޭގައި ހުރި އެންމެ އަގުބޮޑު އެއް ހޮޓަލެވެ. ފަރަހް ނިކުމެގެން ދިޔަ ވަގުތުވެސް ފަހަދް ފަސް އެނބުރި ނުބެލިއެއް ކަމަކު މޫނުމައްޗަށް ވެރިވެގެންދިޔައީ ހިނިތުންވުމެކެވެ.

***

" މަދީނާ....ކުޑަބެ ގެ ބަސްއަހާތި...އެކަނި ބޭރަށް ދިޔުން މުޅިން މަނާވާނެ.....އެންޑް ކައިގެން ބޮއެގެން...އޯކޭ؟" އެއަޕޯޓްގެ ބޭރުތެރޭ ހުރި ކޯސްޓާ ކެފޭ ތެރޭގައި މާޒިމް މަދީނާއަށް ނަސޭހަތްތެރިވަމުން ދިޔައެވެ.

ކެނާން ހުރީ ކޮފީ އޯޑަރުކުރުމަށް ކައުންޓަރު ކައިރީ މަޑުކޮށްލައިގެން ނަމަވެސް މޫނުމަތީން ފެންނަމުންދިޔައީ މާޔޫސްކަމެވެ. މާޒްވިލާ އަށް ދާން ދެޚިޔާލެއްގައި ހުރެވުނީއެވެ.

އުރުޖުވާން ހާސްވެފައި ހުރެވުނީ ރާއްޖެއިން ބޭރަށް ދާ ފުރަތަމަ ދަތުރަށްވެފައިވީމައެވެ. އަދި އެ ދަތުރުގެ ބައިވެރިޔަކީ މާޒިމް ކަމުގައި ވުމެވެ. މާޒިމް އާއި އެކީ ހޭދަ ކުރެވުނު ހިނދުކޮޅުތަކުން ދެމީހުންގެ ދޭތެރޭގައި އުފެދިފައިވާ ގުޅުން ގާތްވެފައިވުމާއެކުވެސް އިތުރަށް މި ގުޅުމަށް އަންނާނީ ކޮންކަހަލަ ބަދަލެއްބާއޭ ވެސް ހިތަށް ވެރިކުރުވަމުންދިޔައެވެ. އަދި ސަބީހާގެ ހަނދާންތައް ހިތަށް ވެރިކުރުވަމުން ދިޔައީ އިންތިހާއަށެވެ.

" ދޮންބެވެސް ދޯ ދެން. އައިމް އަ ބިގް ގާލް އޭ މިހާރު...." ތުން ދަމާލަމުން މަދީނާ ބުނެލީ ވަރަށް ލޯބިގޮތަކަށެވެ.

" ރަތް ޖަންބުކޮޅެއް ހެން ހީވަނީ....ތިހެން އަބަދު ރުޅި އައިސް ހުންނަނަމަ ކިހާ ރީތި...." މާޒިމް އިތުރަށް ދިމާކޮށްލިއެވެ.

"ދެންންންން...އުރޫޖް...." ކައިރީ އިން އުރުޖުވާން ގެ ކޮނޑަށް ބޯ އަރުވާލަމުން މަދީނާ އިތުރަށް ބޮޑާހޭކީ މާޒިމް ޖެއްސުން ކޮށްލުމުންނެވެ. ހިޔާލަށް ގެއްލިފައިހުރެވުނު އުރުޖުވާން އަށް ރޭކާނުލައި ހުރެވުނެވެ.

"ހެއި.....ހުރިހާ ކަމެއް އޯކޭ ވާނެ.އައި ނޯ....މާމަ މިސް ވަނީކަން....އެކަމަކު މާމަ ހުރި ނަމަ މިދުވަހު ވަރަށް އުފާ ވާނެ...." އުރުޖުވާން ގެ ގައިގައި ބައްދާލަމުން މަދީނާ ބުނެލި ވަގުތު މާޒިމްއަށް ހުރެވުނީ އުރުޖުވާންގެ ލޮލަށް ބަލަހައްޓާލައިގެންނެވެ. އުރުޖުވާންގެ އެ ހިތާމަތައް އެއްކޮށް ފޮހެލަދެވޭނެނަމައޭ އޭނަގެ ހިތަށް އެތައް ފަހަރު އެރިއެވެ.

" މާމަ ހުރި ނަމަ ދޯ. އެކަމަކު އެގޮތަށް ނަމަ ނަމަ ކިޔާކަށް ނުވާނެ. ﷲ ގެ ޤަދްރަށް އީމާންވާންވާނެ. މާމަ ނީޑްސް އަވާ ދުޢާ ނައު. ޖަންނަތް އަދި އޮތީނު. މިއީ ފަނާވަނިވި ދުނިޔެ އެއް....ދެމިގެންވާ ދުނިޔޭގައި ދިމާވާން މަސައްކަތް ކުރަންވާނީ. އެހެންނޫނަސް މާމަ ކަހަލަ ރަނގަޅު ކުދީން ދާނީ އުފަލުން ﷲ އާއި ބައްދަލުވުމަށް. އަބަދުވެސް ތިންކް ވެލް އޮފް ޔޯ ލޯޑް.. އެންޑް ޔޭސް ނަމާދު ބަރާބަރަށް ކުރާތި....އައި ވިލް ސެންޑް ރިމައިންޑަސް އިންޝާﷲ......" މަދީނާ ގެ އަތުގައި ހިފާލަމުން ބުނެލި ވަގުތު ރަތް ތުންފަތަށް ވެރިވެފައިވީ މައުސޫމު ހިނތުންވުމެކެވެ. މާޒިމް ހައިރާންވީ އުރުޖުވާން އުމުރުން އެހާ ޅައިރުވެސް ދައްކާ ވާހަކަ އެހާ ވިސްނުންތެރިވީމައެވެ. އެ ހުރިހާ ވާހަކައެއް މާޒިމް ހުރި ކަމެއް ނޭނގި ދެއްކުނު އުރުޖުވާން އަށް ސިހުންވީ ކެނާން ކޮފީތަށިތައް ހިފައިގެން އައުމުންނެވެ. މަދީނާ އަތުގައި ހިފާލެވުނީ ގަތް ލަދެއްގެ ސަބަބުންނެވެ.

"އައުޗް.....ދެން އުރޫޖް ވެސް ދޯ......ހަނީމޫން އަށް ދާއިރު ތިހާ ލަދުން އުޅެން ނުވާނެ....." މަދީނާއަށް ހެވުނެވެ. ކެނާން ކޮފީތަށި ބޮއިބޮއި ހުރެ ކޮށިއަރާގޮތްވިއެވެ. އުރުޖުވާން އިތުރަށް މަދީނާ ގައިގައި ވިކާލީ ލޯ އަޅާލަމުންނެވެ. މަދީނާގެ ވާހަކައަށް ރައްދިދިނުމެއް ނެތި މާޒިމް ހިނިތުންވުމަކުން ފުއްދައިލީއެވެ.

ދަތުރުގެ ވާހަކައިގައި ތިބެ ކޮފީ ނިމިގެން ބޯޑިން އަށް ވަންނަ ގަޑިޖެހުމުން އުރޖުވާންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

"ލެޓްސް ގޯ...." މާޒިމް ބުނެލީ ދާން ލަސްވެފައި ހުރިހެންނެވެ.

" ދޮންބެ ހާދަ އަވަސް އަރުވާލާފައޭ. އަދި ވަގުތު އެބައޮތެއްނު...." ކެނާންވެސް ދިމާކޮށްލިއެވެ.

"އާނ. ދެން ތިހާ ވަރުނުވިޔަސް ފްލައިޓަށް އެރޭނެއޭ. އުރޫޖް ނުގެއްލުވައްޗޭ. ދިސް އިޒް މައި އަމާނަތް ޓު ޔޫ. އުރޫޖް ރަނގަޅަށް ބަލާތި. މި އަތުން ދޫ ނުކުރައްޗޭ...." މަދީނާ ގޮސް އުރޫޖް އަތުގައި ހިފައިގެން މާޒިމް ގެ އަތުތެރެއަށް މަހާލަމުން ނަސޭހަތްތެރިވިއިރު އުމުރުން ދުވަސްމީ ހަރުމީހެކޭ ތަފާތެއްނެތެވެ.

"އޯކޭ...." މާޒިމް ކިޔަމަންތެރި ކުޑަކުއްޖަކު ފަދައިން ބޯ ޖަހައިލިއެވެ. މާޒިމް އަކީ އެކަހަލަ ސަމާސާކުރުންތަކާއި ގަޔާނުވާ މީހަކަށް ވިޔަސް މިއަދު އެ ސަމާސާތަކުން ހިތުގައި ޖަހައިލީ ތަފާތު ވިންދެކެވެ. އެކަމަށް ހިތާއި ފުރާނައިން ރުހެވުނެވެ.

"ކެނާން. މި އަނގަގަދަ މިތުރު ކުއްޖާ އަށް ރަނަގޅަށް ބަލައްޗޭ. ވަރަށް ސަލާމް...." މާޒިމް ސަލާމް ކުރަންވެސް އަތް ދިއްކޮށްނުލީ އުރުޖުވާންގެ އެ ފިނިވެފައިވާ އަތުން ވީއްލަން ޖެހިދާނެކަމަށްޓަކައެވެ.

މާޒިމްއާއި އުރުޖުވާން ބޯޑިންއަށް ވަންނަމުން ދިޔަ ވަގުތު ކެނާން އާއި މަދިނާ އަށް ބަލަހައްޓައިގެން ތިބެވުނީ ވަރަށް އުފާވެފައެވެ.

"ދޮންބެ އެހާ އުފަލުގަ ހުރި ތަނެއް ދުވަހަކު ނުދެކެން. ހީ މަސްޓް ރިއަލީ ލައިކް އުރޫޖް ދޯ...." ކެނާން އަށް ބުނެވުނެވެ.

" ލައިކް އޭ. ދެޓްސް ލަވް. ކުޑަބެ ވެސް އުޅެބަލަ އެކަހަލަ ކަމަކާ..." ލާނެތް ގޮތަކަށް މަދީނާ ބުނެލިއެވެ.

" ކުޑަބެގެ ޗާންސް ގެއްލިއްޖެ. ދެން ނޭނގެ އެކަހަލަ ފުރުސަތެއް ލިބޭނެ ކަމެއް...." ކެނާން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ވަޓް.." އެއާޕޯޓް ތެރޭގައި އަޑު ހަރު ކަމުން ކެނާން ބުނި އެއްޗެއް އަޑުނީވުނެވެ.

***

ސްކައިލައިން ގެ އެންމެ މަތީ ފްލޯ ގައި ހުރި ހަނީމޫން ސޫޓް ގެ ބެލްކަނިން ރޭގަނޑުގެ މަންޒަރުތައް ފެންނަލެއް ނިކަން ހިތްގައިމެވެ. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ފަހަދްއަށް ހުރެވުނީ ސާދަވިލޭރޭގެ ފުރިހަމަ ހަނދަށް ގެއްލިފައެވެ.

"މާޒް އަށް މެސެޖެއް ވެސް ޑެލިވަ ނުވޭ. ނުވެސް ގުޅޭ ނޯމަލްކޮށްވެސް..." ބާތްރޯބުގައި ހުރެ ފަރަހް ބެލްކަންޏަށް ނިކުމެ ސިގިރެޓެއް ރޯކޮށްލައިފިއެވެ.

"ހީ ވެންޓް ޓު ކޮންފަރެންސް. ޕްލަސް އަ ހަނީމޫން...." ފަހަދްގެ މޫނުގައި ބީހެމުން ދިޔަ ފިނި ވައިރޯޅިތަކަށް މަރުހަބާ ކިޔަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ކީކޭ؟ ފަހަދް މޮޔަވީތަ؟ އެ ދަތުރުގަ މާޒް އާއި އެކީ އަހަރެން ދާން އޮތްވާ .ވައި ޑިޑް ޔޫ ޑޫ ދިސް؟" އައި ރުޅީގައި ފަރަހް ފަހަދްއާއި ދިމާލަށް ފުންމައިގަތީ ސިންގާއެއް ފަދައިންނެވެ. ފަހަދް އެއްޗެއް ނުބުނެ ހުރުމުން ރޯކޮށްފައިވާ ސިގިރޭޓު ފަހަދް ގެ އަތުގައި ޖެއްސީވެސް ރުޅިގަނޑު މަތަނުވެގެންނެވެ.

" ފަރަހް. މޮޔަވީތަ؟" ސިގިރެޓް ނަގައި ދުރަށް ހޫރައިލަމުން ފަހަދް އެނބުރުނީ ރުޅިވެރިކަމާއެކުގައެވެ.

"ޔެސް. އައިމް މޭޑްލީ އިން ލަވް ވިތް މާޒް......ނޮޓް ޔޫ..." ފަރަހް ބޭނުންވީ ފަހަދް ގެ ހިތް ޒަޙަމްކޮށްލުމަށެވެ.

" މާޒް ނެވަ ލަވްޑް ޔޫ. ފަރަހް އަހަރެން ދެކެ ލޯބި ނުވަންޏާ ދެން އަހަރުމެން ދެމެދުގަ މިހިނގަނީ ކޮންކަމެއް؟ކީއްވެ އަހަރެން ދޫކޮށްނުލެވެނީ؟މިހާ ދުވަސް ވާންދެން ހަމަ ފަރަހްއަށްޓަކައި މިހުރީ އަހަރެން...މާޒިމް އެއް ނޫން...... އެއީ މިހާރު މީހެއްގެ ފިރިޔެއް....." ފަހަދް ގެ ހިތުގައި އަޅަމުން ދިޔަ ވޭން ބޭރުކޮށްލެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު