ބީރައްޓެހި 32

"ރޯދަހަށް ކުރެވެނީ ކޮން އިންތިޒާރުތަކެއް ބާވައޭ އަމިއްލަ ނަފުސާއި ސުވާލުކޮށްބަލާށެވެ. އެއީ ޓީވީ ސީރީޒްތަކާއި ކެއުން އަދި ބުއިން ހެއްޔެވެ؟ އެފްބީ ހާވާލުން ނޫނީ ޓްވިޓަރގެ ނިއުސްފީޑް ބެލުން ހެއްޔެވެ؟ ނޫނީ ހެއްދެވިފަރާތަށް އިސްތިޣުފާރުކޮށް އަނެއް އަހަރު ރޯދަ ލިބުން ހެއްޔެވެ؟ ކަށްވަޅުގައިވާ އެތައް ބަޔަކުވެސް އަލުން ދެކެން ބޭނުންވާނެ ދުވަހެކެވެ. ތިބާގެ ފުރާނަ ގެންދެވުމުގެ ކުރިން ރަގަޅުކުރެވިދާނެ ބައިވަރު ކަންތައްތަކެއް އެބަހުއްޓެވެ.<އަބޫ ބަކުރު އައްތަރަބުލްސީ>

***

ސަބީހާ ކޮޓަރީގައި ދެތިން ޓަކި ޖަހައިލި ނަމަވެސް ޚަބަރެއް ނުވުމުން ދޮރު ހުޅުވާލުމުންވެސް އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. ހާސްކަން ބޮޑުވެފައި ހުރެ އުރުޖުވާން ގެ ކޮޓަރީ ދޮރު ހުޅުވާލެވުނީ ވަރަށް ބާރަށެވެ.

މާޒިމް ގެ ލޯ އުރުޖުވާންގެ މޫނަށް ހުއްޓުނު ވަގުތު ހީވީ ހިތުގެ ހިނގުން ވެސް މަޑުޖެހެލިހެންނެވެ. ފަން އިސްތަށިކޮޅު ވަޔާ ބީހެމުން ދިޔަ މައުސޫމު މޫނު ކޮޅުގެ ސާފު ކަމަށް ހިތް ކިޔަމުންދިޔައެވެ. ވަގުތު ހީވީ ގަނޑުވިފަދައެވެ.

"ދޮންބޭ...." މަދީނާ ގެ އަޑުން ސިއްސުވާލި މާޒިމް އަވަހަށް ދޮރު ލައްޕައިލާ ފަހަތް ބަލާލެވުނެވެ.

" ވާވް...." މާޒިމް އަށް މަޑުމަޑުން ކިޔާލެވުނީ އުރުޖުވާން ގެ ރީތިކަމަށް ހިތާ ހިތުން ތަޢުރީފް ކުރެވެމުންނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލެވުނީ އެ ހިނދުކޮޅުގެ ނިމުން ނައިނަމައޭ ހިތަށް ގެނެވެމުންނެވެ.

"ދޮންބޭ....ދޮންބޭ....ކޯޗެއް ފެނިގެން ގެއްލިފަ...." މަދީނާ ވާހަކ ދެއްކުމުންވެސް މާޒިމް ހުރީ އަމިއްލަ ޚިޔާލަށް ގެއްލިފައެވެ.

" އަ.... އާނ...ކޯޗެއް ކެއްކީ؟ހާދަ މީރުވަހެއް އެބަ ދުވައޭ....ކޮބާ ކެނާން...." މާޒިމް އަވަހަށް ހިނގައިގަތީ ކާ މޭޒު ދޮށަށެވެ.

" ކުޑަބެ ދިޔައީ ބޭރަށް ކޮނެމެވެސް މީހާކާ ބައްދަލުކޮށްލަން ޖެހޭތީވެ. ކޮބާ އުރޫޖް. ހާދަ ލަހޭ...." މަދީނާ ވެސް ހުރީ ބަނޑުހައިވެފައެވެ.

ހަމަ އެވަގުތު އުރުޖުވާން ވެސް އަބާޔާ އަކާއި ބުރުގާ އެއް އަޅާލައިގެން ނިކުތީ ލަދުން ހުރެއެވެ. ފުރަތަމަވެސް ބަލާލެވުނީ މާޒިމްގެ މޫނަށެވެ. މާޒިމްވެސް ބަލަހައްޓައިގެން ހުރުމުން ލޮލާ ލޯ ދިމާވި ވަގުތު އިސް ޖަހައިލައި ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.

" ހްމްހްމް. ދެން ތި ލަވީ ދޮވީ މޮމެންޓްސް ނިމިއްޖެއްޔާ ކާން އާދެބަލަ...މިހާރު ބަނޑުން ވެސް އަޑުކިޔަން ފަށައިފި..." ދިމާ ކުރުމުގެ ރާގުގައި މަދީނާ ބުނެލީ ވަރަށް ހެވިފައި ހުރެއެވެ.

މާޒިމް ވަރަށް ފިނި މޫނެއް ދައްކައިލާ މަދީނާ އަށް ލޯ އަޅާލީ އެއްވެސް ކަމެއް ނުވާކަމަށް ހެދުމަށެވެ. އުރުޖުވާން ފެނުމުން އެ މޫނަށް ވެރިވާ ކުލަވަރުގެ ތަފާތުކަން އެހެން މީހުންނަށް ދައްކަން ބޭނުން ނުވާފަދައިންނެވެ. މަދީނާ އަށް ހެވުނު ނަމަވެސް އަވަހަށް ކެއުމާއިގެން ކުރިޔަށް ދިޔައީ ބަނޑުހައިވެފައި ވާލެއް ބޮޑުކަމުންނެވެ.

މާޒިމް ވާހަކަ ފަށާނޭ ގޮތެއް ނޭނގިފައި ހުރެފައިވެސް ފެށިއެވެ.

" އައި ހޭވް އަ ސްވިޒްލޭންޑް ޓްރިޕް...ފޯ ކޮންފަރެންސް..."

" އުރޫޖް ގޮވައިގެން ދޯ ދާނީ...." މާޒިމް އަށް ނުބުނެވެނީސް މަދީނާ ގެ ޚިޔާލު ފާޅުކުރިއެވެ.

" ހެއި. މަދީނާ..." ކައިރި ހުރި މަދީނާގެ ގައިގައި ކުޑަކޮށް ވިކާލަމުން އުރުޖުވާން ބުނެލީ ކުޑަކޮށް ބާރަށެވެ.

" އާނ...އުރޫޖް ގޮވައިގެން...." މާޒިމް އެހެން ބުނި ވިގަތު މޫނަށް އެއްވެސް ކުލަވަރެއް ނޭރުވި ކަމުގައި ވިޔަސް ހިތުގެ ހިނގުން ހުރީ އަވަސްވެފައެވެ.

"ޔޭޔި....ޔެސް...އުރޫޖް ޕާސްޕޯޓްވެސް އޮންނާނެ އެއްނު......އޮފީސް ޓްރިޕަށް ދާންވެގެން ހައްދާފަ.." މަދީނާގެ ލޯ ދިއްލުނީ އުފަލުންނެވެ.

" އެ ކޮން އޮފީސް ދަތުރެއް؟" މާޒިމް ވަރަށް ގަޔާ ވެފައި އަހާލެވުނެވެ.

" ދޮންބެ ހުއްދަ ނުދީން ޓްރިޕް އެއީ. ދުބާއީ ގަ އޮތް ވޯކްޝޮޕް. ރިމެމްބަރ.. އުރޫޖް ވެސް ކެންސަލް ކުރީ އެފަހަރު މަދީނާ ނުދާތީވެ. މައި ދުބާއީ ހަސްބެންޑް ޑްރީމް ފެއިލްވީ ދޮންބެ އާހެދި ...................." މަދީނާ ވާހަކަ ދެއްކީ މާޒިމް އަށް ލޯއަޅާލަމުންނެވެ.

"ހްމް...ނަސީބެއްނު އެހެންވީމަ. އެހާ ސޭފް އެއް ނުވާނެ އަންހެން ކުދީން އެކަނި ދާކަށް....ސޯ އުރޫޖް އައި ހޯޕް ޔޫ އާ ރެޑީ.. ފޯ ޓުމޯރޯ...." ވަރަށް ލޯބިން އުރުޖުވާން އަށް ބަލަހައްޓައިގެން ހުރެ ބުނެލި އިރު އޭނާ އިނީ ލަދުން އިސްޖހައިލައިގެންނެވެ.

މާޒިމް ލޮލުގެ އިޝާރާތުން މަދީނާ އަށް އަންގާލީ އުރުޖުވާން އާއި އެކަނިވެލުމަށް ކަމުން މަދީނާ ދިޔައީ ބަހަނާ އެއް ދައްކާލައިފައި ބަދިގެއަށެވެ.

" ސޯ....ދާނަންތަ، ނޫނީ ދާނަންތަ؟ " މާޒިމް ގެ އަޑުގައި ކުޑަހރުކަށިކަމެއް ހުއްޓަސް ބުނެލީ ވަރަށް ގާތްގޮތަކަށެވެ.

" މްހްމް..." މަދު ސިކުންތުކޮޅަކަށް އިސް އުފުލައި ބަލައިލުމަށްފަހު އެއްބަސްވެލީ ލަދުވެތި ހިނިތުންވުމަކާއެކީއެވެ.

" ޔެސް..." މާޒިމް އަށް ބޭއިޚުތިޔާރުގައި ބުނެވުނީ ވަރަށް ޖޯޝާއެކީއެވެ.

***

މެހެކް އާއި މީކާއިލް ތަންކޮޅެއް ދުރުގައި އެމީހުންގެ ބައްޕަ އާއި ދިމާއަށް ބަލަހައްޓައިގެން ތިބީ ހިތްހަލާކުވެފައި ކަހަލަ ގޮތަކަށެވެ.

" ބައްޕަ ވެސް މުސްކުޅިވަނީ.....އައި ވިޝް ވީ ކޭން ބީ ދެއަ ފޯ ހިމް...." މީކާއިލް ގެ އަޑުގައި ވި ވޭން މެހެކް ގެ ލޯ ފެންކަޅިކުރުވިއެވެ.

"އިޒް އިޓް އަވަ ފޯލްޓް؟މީކާ އަށް ހީވޭތަ މި އީ އަހަރުމެންނަށް ކުރެވޭ ވަރަށް ބޮޑު ފާފައެއްކަން...." މެހެކް އަށް ބުނެވުނު އިރު ލޮލުން ކަރުނަ ފޭބިއެވެ.

" ބައްޕަ ދޯ ދުރުކޮށްލީވެސް. އެކަމަކު އަހަރުމެންވެސް ޖެހޭނެ ވީ ވަރަކުން މަސައްކަތް ކުރަން. މައިންބަފައިންނަށް އިހްސާންތެރިވުން އެއީ ދީނުގެ ވެސް ބޮޑުބައެއް.. އައި ފީލް ގިލްޓީ....." މީކާއިލް ވެސް ފިކުރުބޮޑުވެފައި ހުރެ ވާހަކަ ދެއްކިއެވެ.

"ލެޓްސް ގޯ...ޓޯކް ޓު ހިމް..." މެހެކް އެހެން ބުނެލައި ބާރު ހިނގުމުގައި މިސްރާބުޖެހީ އަހްމަދު އާއި ދިމާއަށެވެ. މީކާއިލް ވެސް ފަހަތުން ދިޔައެވެ. އެހާ ދުވަސް ކޮށްފައި ފެނުމުން އެކުދީންނަށް ދުރުގައި ތިބެން ފަސޭހަނުވީއެވެ.

އެކަނިވެރި ޚިޔާލުތަކަކަށް ގެއްލިފައި އިނދެވުނު އަހްމަދަށް ގޮވާލީ މެހެކްއެވެ. ގަބޫލުނުކުރެވިފައި ހުރުމުން މީކާއިލް ދެވަނަ ފަހަރަށް ބައްޕާ އޭ ކިޔާ ގޮވާލުމުން ތެދުވެ ދެކުދިން ގައިގައިވެސް ބައްދާލެވުނީ އެކީގައެވެ.

"އަލްޙަމްދްލިއްﷲ. ދަރިފުޅުމެން އެއްޗެއް ބުނުމުގެ ކުރީން. އައިމް ސޮރީ....ބައްޕަ އަށް ވަރަށް ބޮޑަށް މާފުކޮށްދީ..." މިއީ ހުވަފެނެއް ބާއޭ ހިތަށް އަރާ ދެތިން ފަހަރު އެކުދީންނަށް ބަލައިލުމަށްފަހު ބައްދާލެވެނީ ހަގީގަތް ކަމަށް ގަބޫލުނުކުރެވިފައިހުރެއެވެ. ﷲ ގެ ރަހްމަތަކީ އެއީ އެވެ. މިއަދު އަމިއްލަ ނަފްސު ކުށްވެރިކޮށް ކިލަނބުވެފައި އޮތް ގުޅުން ރަނަގޅު ކުރުމަށް ހިތުއެޅިތާ މާ ގިނަ އިރެއް ނުވެ އެކަން އެގޮތަށް ދިމާވުމުން ހިތް އުފަލުން ފުރުނީ ޝުކުރވެރިކަމާއެކުއެވެ.

***

" މާޒްވިލާގެ ވާހަކަ ވަރަށް މީހުންގެ ފަރާތުން އިވޭ............." އުބެއިދް ފުން ނޭވާ އެއް ދޫކޮށްލިއެވެ. އޭނަ މަސްޖިދުން ނިކުންނަން ހިނގައިގަތީ ކެނާން އާއި އެކީއެވެ.

"ތި ބުނީ..." ކެނާންއަށް ވާނުވާ ނޭނގިފައި ހުރެވުނެވެ. ކެނާން ގެ ހަނދާނަށް ވެރިވީ އެރޭ މާޒްވިލާއަށް ދިޔަ މަގުމަތީ ޑްރައިވަރުވެސް ވާހަކަ ދެއްކި ފާޑެވެ.

"ތިބުނީ؟" ކެނާން ލޮލުގައިވީ ސުވާލު މާކުތަކެވެ.

" ކެނާންގެ ކާފައަކީ ނަން މަޝްހޫރު ސިހުރުވެރިއެއް....އަހަރެން ރުޤްޔާ ކޮށްދިން ގިނަ މިހުންނަށް އެ ބަލި ޖެހިފައިވަނީ ކެނާން ގެ ކާފަގެ ސަބަބުން...އަދި އަދަށް ދާންދެންވެސް ފަރުވާ ނުލިބި ވޭނުގައި ތަހައްމަލު ކުރަމުންދާ މީހުން އެބަ ތިބި...." އުބެއިދު އެވާހަކަ ދައްކަން ފަސްޖެހުނަސް ކެނާން އަށް ހަގީގަތް ހާމަ ކޮށްދޭން ބޭނުންވިއެވެ.

އަނގައިން ނުބުނެ ކެނާން އަށް ހުރެވުނީ އޭނާގެ މަންމަ ގެ ހަނދާންތަކު ތެރޭގައެވެ. މަންމަ އަށް އެގޮތައް ދިމާވާން ޖެހުނު ސަބަބަކީ ސިހުރުބާއޭ ހިތަށް ވެރިވިއެވެ.

" ކެނާން ގެ ކާފަ މަތިން ހަނދާންހުރޭތަ؟" ކެނާން ގެއްލިފައި ހުރުމުން އުބެއިދް އަހައިލީ އިތުރަށް އެވާހަކަ އެނގެން ބޭނުންވެފައިވުމުންނެވެ.

"އާނ. މެންދުރު ކައިފިންތަ؟ހާދަ ބަނޑުހައޭ. ހިނގާބަ މިތާ ކައިރި ސީގަލްސް އަށް ކާން ދާން......." ވާހަކަ އޮޅުވާލަން ބޭނުންވީ މާޒީ ހަނދާނަށް ގެނެވުމުންނެވެ. ކެނާން އަށް އޭނާގެ ކާފަ ހަނދާންވަނީ އަނިޔާވެރި މީހެއްގެ ގޮތުގައެވެ. ކެނާންގެ އުމުރު އޭރު ޅަ ކަމުގައިވިޔަސް މާމަ އަށް ކުރި އަނިޔާތައް ހަނދާނުގައި ބިންވަޅުނެގިފައި ވިއެވެ. ހަކީމު އަކީ އަނިޔާވެރި މީހަކަށް ވިޔަސް އޭނާ ނަބީލާ އަށް ދުވަހަކުވެސް ދެރެއަށް ދީފައި ނުވެއެވެ. ނަބީލާ ދެކެ ވާ ލޯތްބެއްގެ ސަބަބުން އެތައް ފަހަރަކު ކެނާން އަށް އަތް އިސްކުރެވިފައި ވެސް ނުޖަހަނީ ނަބީލާގެ ސަބަބުންކަން ކެނާން އަށް ވިސްނުނެވެ.

***

އުރުޖުވާން ގެ މޫނު ދިއްލިފައިވީއިރު ރަތް ކަން ގަދަ އެ ތުންފަތްކޮޅަށް ރަކި ހިނިތުންވުމެއް ވެރިވަނީ ކޮންމެ ފަހަރަކު މާޒިމް އާއެކީ ދާން ތައްޔާރުވަމުންދާ ދަތުރު މަތީން ހަނދާންވެފައެވެ. ސްވިޒަލޭންޑަކީ ފިނި ޤައުމެއް ކަމުން މަދީނާ އަތުގައި ހުރި ބައެއް ފިނިހެދުންތައް ގެނެސްދީ އުރުޖުވާން އަށް ހެދުންތައް ޕެކް ކުރުމަށް އެހީތެރިވަމުންދިޔައެވެ.

" ކޮންފަރެންސް އެކޭ ކިޔާފަ އަސްލު ހަނީމޫން އަށް ގެންދަނީ ދޯ.....ދޮންބެ ޕްރިޓެންޑްސް ޓު ބީ އަންރޮމޭންޓިކް އެކަމު...." މަދީނާ ސަމާސާ ކޮށްލީ އުރުޖުވާން ގައިގައި ކޮށްޓާލަމުންނެވެ.

" ދެންން...މަދީނާ ވެސް ދައްކާ ކަހަލަ ވާހަކަ...މާޒް ބުންޏެއް ނު ކޮންފަރެންސް އެކޭ.....އައިމް ސޯ ނާވަސް އެކަމު...ދުވަހަކު ފްލައިޓަކަށް ވެސް ނާރަން...ނޭނގޭ ވާނެ ގޮތެއްވެސް.....މަދީނާވެސް ހިނގާ ދާން....." އުރުޖުވާން އޭނާގެ ފިނިވެފައި ވާ އަތް މަދީނާ ގެ އަތުގައި ހިފާލަމުން އާދޭސް ކުރިއެވެ.

"އީކް....އުރޫޖް ވެސް ދައްކާ ވާހަކަ.....ހަނީމޫން ޓްރިޕްގަ ގެންދަން ހަދާނެ ކަމެއް ނެތް....." މަދީނާ ހެމުން އުރުޖުވާން އާއި ސަމާސާ ކޮށްލިއެވެ.

***

ކުޑަދޮރުން ފެންނަމުން ދިޔަ މަންޒަރަށް އޭނަގެ ލޯ ހުއްޓިފައި ހުރެވުނެވެ. ވަގުތު މަޑުޖެހިލާފައިހެން ހީވިޔަސް ތުނި ކޮށް ވެހެމުން ދިޔަ ސްނޯ މުޅި ބިން ފުރާލާފައިވިއެވެ. ދެ ފައި ވަށް ކޮށްލައިގެން އިނދެ ތޫނު ތިލަ އަކުން އަތުގައި އަޅަމުން ދިޔަ ނަމަކީ " ހަކީމު " އެވެ. އަތު ކުރީން އޮހެމުން ދިޔަ ލޭތިކިތައް ގަޔަށް އެޅެމުން ދިޔަ ހިނދުވެސް މޫނަށް ވެރިވެފައިވީ ހިނިތުންވުމެކެވެ. އެ ގައިގައި ވޭން އެޅިނަމަވެސް އެތެރޭގައި ވާ އަޑު މީހަކަށް ނުފޯރާނެއެވެ. ރޫޙު ވަނީ އަނިޔާވެރިކަމެއްގެ ތެރޭގައި ކަސްތޮޅުކުރެވިފައެވެ. މަސްގަނޑުގައި އަޅަމުން ދިޔަ ވޭން އިތުރުވަމުން ދިޔަޔަސް އަމިއްލަ ބާރެއް އޭގެ މައްޗަކަށް ނެތެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު