އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސްއާއި ޑެލަސް މެވްރިކްސް ބައްދަލުކުރި މެޗު ސެވަންޓީ ސިކްސާސްއިން ކާމިޔާބު ކޮށްފިއެވެ.
ޑެލަސްގެ އެމެރިކަން އެއާލައިންސް ސެންޓާގައި ކުޅުނު މިމެޗު ސިކްސާސްއިން ކާމިޔާބު ކޮށްފައިވަނީ 120 ޕޮއިންޓް 116 ޕޮއިންޓުންނެވެ. މިމެޗުގައި ސިކްސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން ޓޯބިއަސް ހެރިސްއެވެ. އަދި މެވްރިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 38 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ 10 ރީބައުންޑް ނަގައިދީ ޓްރިޕްލް ޑަބަލްއެއް ހެދި ލޫކާ ޑޮންޗިޗްއެވެ.
މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ގޯލްޑަން ސްޓޭޓް ވޮރިއާސް ބައްދަލުކުރި މެޗު 140 ޕޮއިންޓް 88 ޕޮއިންޓުން ކާމިޔާބު ކުރީ ސެލްޓިކްސްއެވެ. މިމެޗުގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ 27 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ކޮށްފައެވެ. އަދި ވޮރިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދިން ލެސްޓާ ކުއިނޯނޭސްއެވެ.
މީގެއިތުރުން އޮކްލޮހޯމާ ސިޓީ ތަންޑާ އާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗު 118 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ތަންޑާއެވެ. މިމެޗުގައި ތަންޑާގެ ޝެއި ގިލްޖިއޯސް އެލެގްޒެންޑާވަނީ 35 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ނުވަ އެސިސްޓް ކޮށްފައެވެ. އަދި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 14 ޕޮއިންޓް ހޯދައިދީ 31 ރިބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ޔޫސުފް ނުރްކިޗްއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލޮސް އެންޖަލިސް ކްލިޕާސް އާއި މިނެސޯޓާ ޓިމްބާވުލްވްސް ބައްދަލުކުރި މެޗު 89 ޕޮއިންޓް 88 ޕޮއިންޓުގެ ކުޑަ ތަފާތަކުން ކްލިޕަސް ކާމިޔާބު ކުރިއިރު ޓޮރޮންޓޯ ރެޕްޓާސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 111 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ރެޕްޓާސްއެވެ.
އޯލާންޑޯ މެޖިކް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 113 ޕޮއިންޓް 91 ޕޮއިންޓުން މެޖިކް ކާމިޔާބު ކުރިއިރު ސެން އެންޓޯނިއޯ ސްޕާސް އާއި އިންޑިއާނާ ޕޭސާސް ބައްދަލުކުރި މެޗު 117 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ސްޕާސްއެވެ. އަދި ނިއުޔޯކް ނިކްސް އާއި ކްލީވްލަންޑް ކެވެލިއާސް ބައްދަލުކުރި މެޗު 107 ޕޮއިންޓް 98 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ނިކްސްއެވެ.