އުރީދޫގެ 'އަތޮޅު ދުވުން' ގޭމް ކުޅެގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު

އުރީދޫގެ 'އަތޮޅު ދުވުން' ކުޅުމުން އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު އޮތް ކަމަށް އެ ކުންފުނިން ބުނޭ --

އުރީދޫގެ 'އަތޮޅު ދުވުން' ގޭމް ކުޅެގެން، ދެ މީހަކަށް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.

'އަތޮޅު ދުވުން'އަކީ އޫރީދޫއިން ހުރިހާ އުމުރެއްގެ މީހުންނަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ގޭމެކެވެ. މި ގޭމް ބިނާކޮށްފައިވަނީ 'ހަސަނަށް ފޯނެއް'ގެ ނަމުގައި އުރީދޫއިން ނެރުނު އިޝްތިހާރުގެ މައްޗަށެވެ.

އުރީދޫއިން މި މަހަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި އޮފާގެ ގިފްޓް ޕާޓުނަރަކީ ޤިބުލަ ޙައްޖު އެންޑް ޕްރައިވެޓް ލިމިޓެޑްއެވެ.

އުރީދޫއިން ގުޅިގެން ވަނީ ނަސީބުވެރި ފަރާތަކަށް ހިލޭ ދެ މީހަކަށް އުމުރާ ދަތުރެއް ދިނުމަށް ހަމަޖައްސާފައެވެ.

އެ ޕާޓްނާޝިޕުގެ ދަށުން އުރީދޫއާ ގުޅިގެން، މިމަހުގެ ލީޑަބޯޑުގެ އެއްވަނައަށް ދާ މީހަކަށް އުމްރާ ދަތުރެއް (ދެމީހަކަށް) ދިނުމަށް ވަނީ ނިންމައިފައެވެ. މީގެ އިތުރުން ގޭމްގެ ތެރެއިން ބޯނަސް ޑޭޓާ އަދި މޫލީ ވައުޗަރު ލިބުމުގެ ފުރުސަތު ވެސް މިމަހު އޮންނާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އެ ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާ ލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކްވާ ލެވެލް ކުޅެވޭނީ ހަމައެކަނި އެމަހަކުއެވެ. އަދި ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމަނާފައިވާނެ ކަމަށާއި އެ އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އުރީދޫއުން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިއަހަރުގެ ކަލަންޑަރާއި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓީމުންނެވެ.

މި މަހުގެ އަތޮޅު ދުވުމުގައި ފެންނާނީ ނ. ލަންދޫއެވެ. ލަންދުއަކީ ޒަމާނުއްސުރެ ގަލު ވަޑާމަށް މަޝްހޫރު ރަށެކެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ކުއްޅަވަށް އުފެދޭ އަދި ކުއްޅަވަށް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރާ ރަށަކީވެސް ނ. ލަންދޫއެވެ.

comment ކޮމެންޓް