ބީރައްޓެހި 30

އަރާމު ނިންޖަކަށް ގެނބިފައި އޮތް މަދީނާ އަށް ބަލަހައްޓައިގެން ތަންކޮޅެއް ދުރުގައި އުވައިސްއަށް ހުރެވުނީ އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. ހިތުގައި ވީ އެންމެ ސުވާލެކެވެ. މަދީނާ ގެ ކުށަކީ ކޮބައިހެއްޔެވެ؟

އެހާ ބައިވަރު އަނިޔާތައް މަދީނާ ތަހައްމަލު ކުރަން ޖެހުނީ ހަގީގަތުގައިވެސް މަދީނާ ގެ އެއްވެސް ކުށެއް ނެތިއެވެ. އުވެއިސް ގެ ހަރު ހިތް މަޑު ވަމުން ދިޔައީ މަދީނާގެ މައުސޫމުކަން ފެނިއެވެ. އަދި އަތް މުށްކަވާލެވުނީ އާދަމް އެދުނު ކަންތައް ހަނދާނަށް ގެނެވުމުންނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް މަދީނާ އެ އާދަމްގެ ކިބައިން ހިމާޔަތް ކުރުމަށް އުވެއިސް ބޭނުންވިއެވެ. އެއީ އޭނާގެ ބައްޕަ އާއި ދެކޮޅަށް ނަމަވެސް މެއެވެ.

***

ހުވަފެނެއްގެ ތެރެއިން އުރުޖުވާންއަށް ސިއްސައިގެންގޮސްފާ ހޭލެވުނެވެ. ސަބީހާ ވަކިވެދިޔުމުގެ ރޭގައި ކަންތައް ހިނގައިދިޔަ ގޮތް ހަނދާނަށް އައެވެ. ރޯން ބޭނުން ނުވިޔަސް އެ ވަގުތުގައި ލޮލަށް ކަރުނަތައް ޖަމާވެ ކޯތާފަތަށް އެޅެމުން ދިޔައީ އަމިއްލަ އިޚުތިޔާރެއް ނެތިއެވެ. ކުކުރާލި އަޑަކަށް މަދީނާ އަށް ވެސް ހޭލެވި އުރުޖުވާން އަށް ހިތްވަރު ލައިދޭން މަސައްކަތް ކުރިއެވެ.

" އެނގޭތަ؟ﷲ ގެ ޕްލޭން އިޒް ދަ ބެސްޓް. މާމަ މި ދުނިޔެއިން ވަކިވެ ދިޔަޔަސް ﷲ ގޭވް މީ އަ ފެމިލީ ޓު ރިލައި އޮން. އަލްޙަމްދްލިއްﷲ..." ރޮވެމުން ދިޔަ ނަމަވެސް އުރުޖުވާން ބެލީ ހުރިހާ ކަމެއްވެސް އޭގެ އެންމެ ރަނގަޅު ގޮތުގައި ވިސްނުމަށެވެ.

" އަލްޙްމަދްލިއްﷲ......އިޓްސް އެމޭޒިން ދޯ. ﷲ ގެ ޕްލޭންސް. ބައެއް ފަހަރު ފިއުޗާ އާއި މެދު ވިސްނުމުން ވަރަށް ބޯހާސް ކުރުވާ. އެކަމަކު ތި ބުނާ ހެން ﷲ ގެ ރޭވުންތެރިކަން ހިތަށް ގެނެވުމުން ހިތަށް ފިނިކަން ލިބޭ. ޓްރަސްޓިން ޔޯ ލޯޑް އީޒެސް ދަ ހާޓް..." މަދީނާ އެ ވާހަކަތައް ބުނެލީ ވަރަށް ގަޔާ ވެ ހުރެއެވެ.

ހައިރާންވެފައި އުރުޖުވާން އަށް ހުރެވުނީ މަދީނާ ގެ ވާހަކަތއް އަޑުއިވިފައެވެ. އަދި ހިތާ ހިތުން އެކަމަށް ޝުކުރުވެރިވެވުނެވެ.

"ހަހަހަ. އުރޫޖް ވަރަށް ސަޕްރައިސްޑް ދޯ. އައިމް ނައު ވެރީ ވައިސް އޭ..." މޮޅިވެރިކަން ފިލުވައިލާން މަދީނާ ސަކަރާތް ޖަހާލިއެވެ. އުރުޖުވާން ނުހޭން ހުރި ކަމުގައި ވިޔަސް ހެވުނީ މަދީނާ ބުނެލި ގޮތުންނެވެ. ދެމީހުންގެ ކުދި ސަކަރާތުގެ ތެރެއިން މެންދުރަށް ކައްކާނޭ އެއްޗަކާއި މެދު މަޝްވަރާ ކުރެވުނެވެ.

***

"ބައްޕަ....ކިހިނެއް؟" މާނޭވާ ލެވިފައި ހުރި ހުޝަލް އަށް އަހާލެވުނެވެ. ދުވެފައި އައުމުން މީހާ ހުރީ ނޭވާ ކުރުވެފައެވެ.

" އަދި ނޭނގޭ. މިހާރު ޑޮކްޓަރު ބަލަމުން ދަނީ..." އަހްމަދުވެސް ހުރީ ކަންބޮޑުވެ ހާސް ވެފައެވެ.

ދުރުގައި މަންޒަރު ބަލަން މީކާއިލް އާއި މެހެކް ތިބީ ހުޝަލް އާއި އެކީ ފެނުމުން އިތުރު މައްސަލައެއް ފެންމަތިވެދާނެތީއެވެ. ކަން ހިނގި ގޮތް އަހްމަދު ކިޔައި ދިނުމުން ހުޝަލް އަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނާގެ ބައްޕަ ދެކެ ނަފްރަތުކުރެވުނު ކަމުގައި ވިޔަސް ދެރަ ގޮތެއް ދިމާވާން ހިތް ނޭދެއެވެ. އަދި ހުޝަލް އަށް ނުގުޅާ އަހްމަދަށް ގުޅުމުން އެކަމާވެސް ހިތުގައި ޖެހުނެވެ. ނާޝިދު ގެ އެކަނިވެރި ދިރިއުޅުމާއި މެދު ވިސްނެން ފެށުނެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އޭނާގެ ބައްޕަ އެވެ. މިއަދު މިދުނިޔެ ދޫކުރި ކަމުގައި ވީނަމަވެސް ހުޝަލްގެ ހިތް ބުނަމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސަށް މާފުނުކުރެވޭނެކަމެވެ. ބައްޕައަކަށް ދަރިއެއްގެ ފަރާތުން ލިބެންވާ އެއްވެސް ލޯތްބަކާއި އަޅާލުމެއް ނުދެވުނުތާ ދިމާވާ ކޮންމެ ފަހަރަކު ކިޔޭ އެއްޗިއްސާއި މެދު ވިސްނެންފެށިއެވެ.

" ހީ އިޒް އައުޓް އޮފް ޑޭންޖަރ. ބަޓް ވީ ވިލް ކީޕް ހިމް ފޯ އޮބްޒަވޭޝަން...." ޑޮކްޓަރު ދިން މައުލޫމާތުން ނަމަ ނާޝިދަށް ޖެހުނީ ހާޓް އެޓޭކްއެކެވެ. ނަމަވެސް ނަސީބު ދިމާ ކުރިގޮތުން ފަރުވާ ދެވުނީ އަވަހަށް ކަމުން އޭނާގެ ހާލަތު ރަނގަޅެވެ. ނާޝިދުގެ މެޑިކަލް ރިކޯޑުގައި ނަފްސާނީ ދުޅަހެޔޮކަމަށް ބޭސްދީފައި ހުރިތަން ފެނުމުން ޚުޝަލް ފެން ކަޅިވިއެވެ. ހުޝަލްގެ ހިތް ހަމްދަރުދީއިން ފުރުނަސް އޭނާ ބައްޕަ ދެކިލަން އެ ކޮޓަރިއަށް ވަނުމަށް ވެސް ފަސްޖެހެވުނީ އަމިއްލަ ނަފްސު ލަދުގަތުމުންނެވެ.

" އަދިވެސް ވަގުތު އެބަ އޮތް.....ޔޫ ކޭން މެންޑް ޔޯ ރިލޭޝަންޝިޕް ވިތް ހިމް..." ހުޝަލް ގެ ކައިރީގައި އިން އަހަމަދު ދިން ނަސޭހަތަކީ އޭނާގެ އަމިއްލަ ނަފަސަށްވެސް ދެވުނު ނަސޭހަތެކެވެ.

" ހުޝަލް...ގޮޓް އަ ބިއަޑް ދޯ މިހާރު..." މެހެކް އަށް ބުނެވުނީ ހާލަތާއި ނުބައްދަލު ވާހަކައެއް ނަމަވެސް އޭނަ ހައިރާންވެފައި ހުރީ ހުޝަލް އެ ގޮތަށް ފެނުމުންނެވެ.

" ހްމް.... ހުޝަލް އިޒް ފައިނަލީ އަ މޭން.....މިހާރު ނަމާދުވެސް ކުރޭ..." މީކާއިލް އެވާހަކަ ބުނެލީ ވަރަށް އުފާ ވެފައި ހުރެއެވެ. އަދި މެހެކް އަށް ވެސް އެވާހަކަ ކަމުދާނެ ކަން އެނގޭތީއެވެ. މެހެކްގެ ދިރިއުޅުމަށް ހުޝަލް ފިޔައވައި އެހެން އިތުރު އެއްވެސް މީހެއް ނާންނަކަން މީކާއިލް އަށް އެނގެއެވެ.

މެހެކް އަށް ހިތާ ހިތުން ޝުކުރުކުރެވުނީ ވީ އުފަލަކުންނެވެ. ހުޝަލް އާއި ރައްޓެހިވެގެން އުޅުނު ގުޅުން ނިމުމަކަށް ގެންނާން ޖެހުނު މައިގަނޑު ސަބަބަކީ ދީން ކަމުގައި ވީ ނަމަވެސް އަބަދުވެސް ޚުޝަލް އަށް ހިދާޔަތް ދެއްވުމަށް އޭނަގެ ދުޢާގައި އެދެވުނެވެ.

" ޔޯ ސައިލެންޓް ޕްރެޔަސް ދޯ..." މީކާއިލް ދިމާކޮށްލުމުގެ ރާގަށް ބުނެލީ މެހެކްގެ ހިތް އުފަލުން ފޮޅިފައިވާނެ ކަން އެނގޭތީއެވެ. މެހެކް އަށް އަޑުއިވުނު ކަމުގައި ވިޔަސް ބީރު ކަންފަތެއް ދިނީ އިތުރަށް ރަކި ވެދާނެތީއެވެ.

***

ކުޑަދޮރުން ފެންނަމުން ދިޔަ މަންޒަރުން ފަހަދް ގެ އަތަށް ބާރުކޮށްލެވުނެވެ. މާޒިމް އާއި ފަރަހް ހިނގާފައި އައީ އެކީގައެވެ. ނަމަވެސް މީހާ ހަމަޔަކަށް އެޅެވޭތޯ ބެލީ މާޒިމް ލަސްވެފައި އެ އަންނަނީ އޭނާ އާއި ބައްދަލުކުރަންކަން އެނގޭތީއެވެ. ހޮސްޕިޓަލުގެ ޑައިރެކްޓަރުގެ މަގާމުގައި ހުރި ނަމަވެސް އޭނާ އާއި މާޒިމް އަކީ ކިޔަވަން އެކީގައި އުޅުނު ގާތް ރަހްމަތެރިންނެވެ. ނަމަވެސް އެ ރަހްމަތްތެރިކަން ކިލަނބު ކުރީ ފަރަހް އެވެ. ހޮސްޕިޓަލުގެ އެއް ހިއްސާދާރަކީ ފަހަދް ގެ ބައްޕަ ޣަފޫރު ކަމުން އެނާ ވަނީ ފަހަދްއަށް ޑައިރެކްޓަރުގެ މަގާމު ދީފައެވެ. ޑައިރެކްޓަރުގެ މަގާމުގައި ހުރި ނަމަވެސް ފަހަދް ޑޮކްޓަރެއްގެ ވަޒީފާ ވެސް އަދާކުރެއެވެ.

" ފަހަދް...." ތިންފަހަރު ޓަކި ދިނުމަށްފަހު ވަދެގެން އައީ މާޒިމް އެވެ.

" އަވަހަށް އިށީނދޭ....މާޒް ތިހާ ފޯމަލް ނުވިޔަސް އޯކޭ އޭ...." ފަހަދް ވާހަކަ ދެއްކީ ވަރަށް ގާތް ގޮތަކަށެވެ.

" ވަރަށް ބޮޑު ކަމެއް ދިމާވީތަ؟ނޫނީ އަހަރެންނަށް ގޯހެއް ހެދުނީތަ.؟" މާޒިމް ބޭނުންވީ އިތުރު ވާހަކަ އެއް ދެއްކުމެއް ނެތި މީޓިން އަށް ގެނައި ސަބަބު ހޯދުމަށެވެ.

" މާޒިމް ހާދަ ބޮޑު ޗުއްޓީ އެއް ނަގާފަ މިއޮތީ....އަހަރެން ދަންނަ މާޒިމް އަކަށް ޗުއްޓީ އެއީ އޮންނަ އެއްޗެއް ނޫންވިއްޔާ..." ފަހަދް އަދިވެސް ވާހަކ ދެއްކީ އެކުވެރިއެއް ފަދައިންނެވެ.

" އާނ...ގޮޓް މެރީޑް...." ވަރަށް ފަޚުރުވެރި ކަމާއެކު މާޒިމް ބުނެލީ ހިނިތުންވުމަކާއެކުއެވެ.

"ވަޓް؟" ހައިރާން ކަމާއެކު ގޮނޑީން ތެދުވެވި ފަހަދް އަށް އަހާލެވުނީ އަނެއްކާ ފަރަހް އާއި މާޒިމް ކައިވެނި ކުރީ ބާއޭ ހީވުމުންނެވެ.

" ނޮޓް ފަރަހް....." މާޒިމް ވަރަށް ލާނެތް ހިނިތުންވުމަކާއެކު ބުނެލީ އެއީ ފަހަދް ގެ ހިތުގައި އޮތް ޝައްކު ރަނގަޅަށް އެނގި ހުރެއެވެ. ފަހަދް ގެ ހިތުގައި ފަރަހް އަށް ދެވިފައިވާ ލޯބި މާޒިމް އަށް ރަނގަޅަށް އެނގެއެވެ.

" ދެން ކާކާ؟....ތި އީ ހަމަ މާޒިމް ތަ؟ނޫނީ ހަންޑިއެއްތަ؟" ފަހަދްގެ މޫނު މަތީން ހާސްކަންފިލި ނަމަވެސް ހައިރާން ކުރުވީ މާޒިމް ކައިވެނި ކުރިކަން އަދިވެސް ގަބޫލު ނުކުރެވިއެވެ. މާޒިމް ކަމުގެ ހަގީގަތް ކިޔައި ނުދިނަސް ކައިވެނި ކުރަން އޭނަ އަމިއްލަ އަށް ބޭނުން ވީކަމަށް ބުނެ ވާހަކަ ކުރު ކޮށްލައި އަސްލު މައުޟޫ އެގެން ބޭނުންވާތީއެވެ. އަދި އެހެންނޫނަސް ފަހަދް އަށް އޭނާގެ އަމިއްލަ ޒާތީ ކަންކަން ހިއްސާ ކުރަން ބޭނުންވެފައި ނެތުމުންނެވެ.

" ނޭނގޭނެ އެއްނު އަނގޮޓިއެއް ހައިމިންވަރުވެސް ނާޅާ ވިއްޔާ....އޭރުންތާ އެނގޭނީ ޓޭކެން މީހެއްކަން..." ފަހަދް ބުނެލީ ގާތް ކޮށް ނަމަވެސް އޭނާގެ ހިތް އުފާ ކުރީ މާޒިމް ގެ ކައިވެނި ފަރަހް ނޫން ކުއްޖަކާއި ވުމުންނެވެ.

" އައި ހޭވް އަ ރިއަލީ ގުޑް އޮފަރ.... ސްވިޓްޒަލޭންޑް ގައި މިފަހަރު އޮތް ކޮންފަރެންސްގައި މި ހޮސްޕިޓަލް ރިޕްރެޒެންޓޭޓިވް އަކަށް ދިޔުމަށް މާޒިމް ހަމަޖައްސަންވެގެން އަސްލު މިގެނައީ..." ފަހަދް އަސްލު ސަބަބު ބަޔާން ކުރިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު