ސަވާދީއްތަ ދަތުރު 2024ގެ ބައިވެރިން ޒީރޯ ޑިގްރީ ޗެނަލް ހުރަސްކޮށްފިއެވެ.
މޯލްޑިވްސް އިންޓަގްރޭޓެެޑް ޓުއަރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ބުނި ގޮތުގައި އެ ދަތުރުވެރިން ޒީރޯ ޑިގްރީ ޗެނަލް ހުރަސްކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދީ މިދިޔަ އާދިއްތަ ދުވަހުގައެވެ.
ސަވާދީއްތަ ދަތުރަކީ ލޯކަލް އައިލެންޑް ޓޫރިޒަމް، ނޯޓިކަލް ޓޫރިޒަމް އަދި ސަގާފަތާއި ތަރިކައާއި ދެމެހެއްޓެނިވި ފަތުރުވެރިކަން ހިމެނޭ ގޮތަށް، އެ ދާއިރާ ސިންދަފާތު ކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެމްއައިޓީޑީސީއިން ސަރުކާރުގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކުގެ އިތުރުން މުޖުތަމައުތަކުގެ އެހީތެރިކަމާއެކު އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ރާއްޖޭގެ ނޯޓިކަލް ޓޫރިޒަމަށް ހުރި ގޮންޖެހުންތައް ބަލައި، ރާއްޖޭގެ ރަށްތަކުގެ ރީތިކަން ދައްކުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
ޒީރޯ ޑިގްރީ ޗެނަލަކީ ރާއްޖޭގައި އޮންނަ މުހިންމު މެރިޓައިމް ޕެސެޖެކެވެ. މި ޗެނަލް އޮންނަނީ ހުވަދު އަތޮޅާއި އައްޑު އަތޮޅާ ދެމެދުގައެވެ.