އެސްޓަން ވިލާއިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފި

ވިލާގެ ފަހު ލަނޑަށްފަހު އެޓީމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ / ފޮޓޯ: ޔޫރޯސްޕޯޓް

އިންގްލިޝް ޕްރިމިއާ ލީގުގައި އެސްޓަންވިލާއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ވިލާއިން ކާމިޔާބުކޮށްފިއެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ 2-4 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ވިލާއިންނެވެ.

ގެ ހަތަރުވަނަ މިނެޓްގައި ވިލާއިން ވަނީ ލަނޑެއް ޖަހައި ގެ ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އޮލީ ވޮޓްކިންސްއެވެ. މިއީ އޭނާ މި ފަހަރު ލީގުގައި އޭނާ ކާމިޔާބުކުރި 14ވަނަ ލަނޑެވެ. މި މެޗުގައި ވިލާއިން ކާމިޔާބުކުރި ދެވަނަ ލަނޑު ގެ 29ވަނަ މިނެޓްގައި ޖަހައިދިނީ ޑަގްލަސް ލުއިސްއެވެ.

އަދި މި ލަނޑު ޖެހިތާ 10 މިނެޓްފަހުން ޑަގްލަސް ލުއިސް ވަނީ ވިލާގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މި ގައި ފޮރެސްޓްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ޖަހައިދިނީ މޫސާ ނިއަކާޓޭއެވެ.

މި ގެ ދެވަނަ ހާފް ފޮރެސްޓް އިން ފެށީ ފުރަތަމަ ހާފް ނިންމައިލި ހިސާބުންނެވެ. މިގޮތުން ދެވަނަ ހާފްގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި ފޮރެސްޓްގެ މޯގަން ގިބްސަން ވައިޓްވަނީ ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުކޮށްފައެވެ.

މިއާއެކު މި މެޗުގެ ފޯރި ގަދަވެގެންދިޔަ ނަމަވެސް ފޮރެސްޓަށް އިތުރު ލަނޑެއް މި މެޗުގައި ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މި މެޗުގައި ވިލާއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 61ވަނަ މިނެޓްގައި ޖަހައިދިނީ ލިއޮން ބެއިލީއެވެ.

މި ކާމިޔާބީއާއެކު ވިލާއިން ވަނީ މިހާތަނަށް ކުޅުނު 26 މެޗުން ލިބިފައިވާ 52 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައި ފައި ހަރުކޮށްލާފައެވެ. އަދި މި މެޗުން ބަލިވުމުން ފޮރެސްޓް އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު