ސަރުކާރުން ކިތަންމެ އިންޒާރެއް ދިނަސް މަސައްކަތް ހުއްޓައިލާނީ ސަރުކާރު ވައްޓާލާފައި: އުމަރު

ސަރުކާރުން ކިތަންމެ އިންޒާރެއް ދިނަސް މަސައްކަތް ހުއްޓައިލާނީ ސަރުކާރު ވައްޓައިލައިފާކަމަށް ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.


ސަރުކާރާ އިދިކޮޅު އިހްތިޖާޖުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މި ސަރުކާރު ވައްޓައިލާންޖެހޭ ވަރަށްގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު ހާލުން ނެއްޓި ވެރިކަން ހަމައިން ނެއްޓި، ދީން ލޮލުކޮޅުން ނެއްޓޭ ހިސާބަށް ދާއިރު މަންޒަރު ބަލަން ނުތިބެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ އަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކޮށް އިގްތިސާދު ފުނޑުފުނޑު ކުރަމުންދާއިރު ސަރުކާރު ޒިންމާދާރު ކުރުވުމަށް ވާހަކަ ދައްކަން ނުތިބެވޭނެ ކަމަށާއި، މުލީއާގޭ ދޮށަށްގޮސް ގެން ވެސް ސަރުކާރު ވައްޓައިލާނެ ކަމަށް އުމަރު ވިދާޅުވި އެވެ.


މި އެއްވުމުގައި ވާހަކަ ދެއްކެވި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ސަރުކާރުގެ ސިޔާސަތަށް ވަރަށްބޮޑަށް ފާޑު ވިދާޅުވި އެވެ. އަދި މި ސަރުކާރަކީ ހެޔޮ ސަރުކާރެއްނޫން ކަމަށާއި، ސަރުކާރު ޒިންމާދާރު ކުރުވުމަށާއި، ސަރުކާރު ވަޓައިލުމަށްޓަކައި، އިހްތިޖާޖާ ގުޅުމަށް، މިހާރުގެ ސަރުކާރުގައި ކުރިން ހިމެނުނު ގައުމީ ޕާޓީގެ، ޑރ. ހަސަން ސައީދަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެސް ވާހަކަ ދެއްކެވި މެންބަރުން ގޮވައިލެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު