ކަޝްމީރުގެ ހުޅަނގު އުތުރަށް ބިންހެލުމެއް އަތުވެއްޖެ

ކަޝްމީރުގެ ހުޅަނގު އުތުރަށް 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އިއްޔެ ރޭ ވަނީ އައިސްފައި. ފޮޓޯ/އަލް އަރަބިޔާ

ޕާކިސްތާނުގެ ކަޝްމީރުގެ ހުޅަނގު އުތުރަށް 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ޖަރުމަނުވިލާތުގެ ރިސާޗް ސެންޓާ ފޯ ޖިއޯސައިންސަން (ޖީއެފްޒެޑް) އިން ބުނީ އިއްޔެ ރޭ އައިސްފައިވާ އެ ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިން ކަމަށެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުން، އިންޑިއާގެ ކަޝްމީރުގެ ސްރީނަގަރުގެ އުތުރުން 152 ކިލޯމީޓަރު ދުރަށް އެ ބިންހެލުމުގެ އަސަރު ވަނީ ކޮށްފައެވެ.

އެ ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނުކަން އަދި ޔަގީނެއް ނުވެއެވެ.

comment ކޮމެންޓް