ރޭޑިއޯ ދުވަހު ސާރާގެ ހާއްސަ ހަދިޔާއެއް

ބޮލީވުޑްގެ އުއްމީދީ ބަތަލާ ސާރާ އަލީ ޚާން ލީޑް ރޯލް ކުޅޭ ފިލްމު "އޭ ވަތަން މޭރޭ ވަތަން" ކުރިއަށް އޮތް މާޗު މަހުގެ 21 ގައި އެމޭޒަން ޕްރައިމްގައި ޕްރިމިއާ ކުރަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ރޭޑިއޯގެ ދުވަހުގެ ތަހުނިޔާގެ މެސެޖަކާ އެކު ސާރާ ކުރި ޕޯސްޓުގައި ބުނެފައިވަނީ ފިލްމު "އޭ ވަތަން މޭރޭ ވަތަން" ބެލުންތެރިންނާ ހަމައަށް ގެނެސްދޭކަން އިއުލާނުކުރަން މިއީ އެންމެ މުނާސަބު ދުވަސް ކަމަށެވެ.

ދަރުމާ ކުންފުންޏާއި އެމޭޒަން ޕްރައިމް ވީޑިއޯ ގުޅިގެން އުފައްދާ މި ފިލްމަކީ، އިނގިރޭސީންގެ އަތުން އިންޑިއާއަށް މިނިވަންކަން ހޯދުމަށް މަސައްކަތް ކުރި ދުވަސްވަރު އަންޑަ-ގްރައުންޑް ރޭޑިއޯ ސްޓޭޝަނެއް މެދުވެރިކޮށް އޭރުގެ ހާލަތު އާއްމުންނަށް ކިޔައިދޭން ކުރެވުނު މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ސާރާ ފިލްމުގައި ކުޅެފައިވަނީ އަންޑަ-ގްރައުންޑްގައި ހިންގް ކޮންގްރެސް ރޭޑިއޯ ސްޓޭޝަންގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރި އޫޝާ މެހެތާގެ ރޯލެވެ.

އިންޑިއާގެ ތާރީޚުގައި ހިނގާފައިވާ މުހިއްމު މި ހާދިސާ ކިޔައިދޭ ފިލްމުން ސާރާގެ އިތުރުން ސަޗިން ކޭޅްކަރު، އަބޭ ވަރުމާ އަދި އާނަންދު ތިވާރީ މުހިއްމު ރޯލުތަކުން ފެންނާނެއެވެ. ހަމައެއާއެކު އެކްޓަރު އިމްރާން ހާޝްމީގެ ވަރަށް ހާއްސަ ފެނިލުމެއް ފިލްމުން ފެންނާނެ ކަމަށް ދަރުމާއިން މައުލޫމާތު ދެއެވެ.

ސާރާ އަލީ ޚާން ކޮއްކޮ އިބްރާހީމް އަލީ ޚާންއާ އެކު-- ފޮޓޯ/ ފިލްމުފެއަނިވްސް
މިދިޔަ އަހަރު ދެ ފިލްމަކުން ބެލުންތެރިންނަށް ފެނުނު ސާރާގެ އިތުރު ތިން ފިލްމެއް މި އަހަރު ރިލީޒް ކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ފިލްމު "އޭ ވަތަން މޭރޭ ވަތަން"އަށް ފަހު ބަތަލާ ދެން އެންމެ އަވަހަށް ފެންނާނީ މިސްޓްރީ ތުރިލާ "މާޑާ މުބާރަކް"އިންނެވެ. އެ

ހެން އަހަރުތަކާ ޚިލާފަށް މި އަހަރަކީ ސާރާ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުން އަންނަ އަހަރެކެވެ.

comment ކޮމެންޓް