"ނަމާދަށްފަހު އެންމެ ހެޔޮ އަމަލެއްގެ ގޮތުގައި ރަސޫލު ސައްލަﷲ އަލައިވަސައްލަމް އެންގެވީ މައިންބަފައިންނަށް ހެޔޮކޮށް ހިތާ އަޅާލުމަށެވެ."

***

އާދަމް ހުރީ މިސްކިތު ބޭރުގައި ކަށުނަމާދަށް ދިޔަ މީހުންނަށް ބަލަހައްޓައިގެންނެވެ. އޭނަގެ ތުންފަތުގައި ނުލަފާ ހިނިތުންވުމެއް ވިއެވެ. ފޯނު ރިންގު ވުމުން އަވަހަށް ފޯނު ނަގައި ވީޑިޔޯ އިން އެ މަންޒަރު ދައްކާލިއެވެ.

"ފޯރިއެއް އެބަހުއްޓެއްނު. ބޮޑު ޕާޓީއެއްހެން ހީވަނީ..." މަންޒަރު ބަލަން ހުރި އާދަމް ފޯނުން ޖައިލަމް އަށް ގުޅާލައިގެން ހުރެނުލަފާ ހިނިގަނޑަކާއި އެކު ބުނެލިއެވެ.

"ޔަގީން ދޯ އެއްވެސް މީހަކަށް ކަމެއް ޝައްކުނުވިކަން..." ޖައިލަމްގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ.

"ހާސް ނުވެބަލަ....އެއްވެސް މީހަކަށް އެއްވެސް ހިލަމެއް ނުވާނެ...އެންމެން ރުއިމުގަ އަވަދިނެތި...."އާދަމް މަލާމާތުގެ ރާގަށް ބުނެލިއެވެ.

"އެހެރީތަ މާޒިމް އިނދެގެން އުޅޭ ކުއްޖާ...އޭނަ އަތުގަ ހިފައިގެން..." ވީޑިއޯއިން ވަރަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔަ ޖައިލަމް އަހައިލިއެވެ.

"އާނ...އެއީ އެ ސުންޕާ އަންހެނާގެ ދަރިގަނޑު..އޭނަ ފެނުނަސް ބޮލަށް އުނދަގޫވޭ...އެކަމަކު ބަލާލަބަލް އޭނދަ މަންޖެއަށް....މަގޭ ނަބީލާގެ ތަތްގަނޑެއްފަދަ.........."އާދަމްގެ ފަހު ޖުމްލައިން ހީވީ އޭނަ އެކުއްޖާއާއި އަޅައިގަތީހެންނެވެ.

މީހުންތައް ގިނަ ވާން ފެށުމުން ވީޑިއޯ ކަނޑާލުމަށް ފަހު ފޯނު ކަންފަތުގައި ޖަހައިގެންހުރި އާދަމް އަވަހަށް އެތަނުން ދެވޭތޯ ބެލީ ބަންގީގެ އަޑުއިވުމުންނެވެ. ބަންގީގެ އަޑަށް ޝައިތާނާ ވެސް ދުވެ ރައްކާވާފަދައިންނެވެ. ޖައިލަމް އާއި އާދަމް ފޯނުގައި ތިބިއިރު ކަންތައްތައް ރާވަމުން ދިޔައެވެ. ސިޔާސީ މައިދާނުގައި ޖައިލަމް ކުރިއަރާނޭހެން އާ ސިހުރުތަކެއް ހެދުމާއި އަދި މާޒިމްއާއި ފަރަހް ގެ ކައިވެނި ފަންޑިތަ ހަދައިގެން ނަމަވެސް ކުރުމަށެވެ. ޑްރަގް މައްސަލައެއްގައި ޖަލަށް ލައިފައި ހުރި އާދަމް މިނިވަންކުރީވެސް ޖައިލަމްގެ ނުފޫޒު އޭގައި އޮވެގެންނެވެ. ޖައިލަމް އަކީ މީހުންނަށާއި އަމިއްލަ ނަފްސު ކުރިއެރުވުމަށް ސިހުރުވެރިޔާއަށް ވިކިފައިހުރި މީހެކެވެ. އެތައް އިންތިޚާބެއްގައި މޮޅު ހޯދާފައިވަނީ ވެސް ހަމަ އެފަދައިންނެވެ. ބާއްވާ ގިނަ އެއްވުންތަކުގައި ކާއެއްޗިއްސަށް ހަދާފައިވާ ސިހުރާއި ކެމްޕެއިން ތެރޭގައި ބަހަމުންދާ ލާރި އަކީ އޭނާގެ ކާމިޔާބީގެ އަސްލެވެ. އާދަމަ ފޮނުވައިގެން މިއަދު ބަލަން ބޭނުންވީ ސަބީހާގެ މަރާ ގުޅިގެން އެއްވެސް މީހަކަށް ކަމެއް ޝައްކުވެ ފުލުހުން ގެނެސްފައިވޭތޯއެވެ. އަމިއްލަ ނަފްސު ގުރުބާންކޮށްގެން ވެސް ފަރަހް އަށް އެއްވެސް ކަމެއްގައި ދެރައެއް ލިބުން އޭނާ ނޭދެއެވެ.

***

ޖަނާޒާ ނިމުމަށްފަހު ކާރުގެ މިސްރާބު ހުރީ އެޕާޓްމެންޓާއި ދިމާލަށެވެ.މާޒްވިލާއަށް ކެނާން އާއި މަދީނާ ދިޔުމަށް މާޒިމް އެދުނު ކަމުގައިވިޔަސް ދެބެއިންވެސް އެކަމާއި ދެކޮޅުހެދިއެވެ. މަންޒިލަށް ވާސިލް ވުމަށް ދާންދެން ހިފަހައްޓައިގެން ހުރި ކަރުނަތައް އޮއްސާލެވުނީ ގެއަށް ވަދެވުނު ފުރަތަމަ ފިޔަވަޅުންނެވެ. ކެނާން އާއި މަދީނާ އަނެއް އެޕާޓްމެންޓަށް ވަނީ އުރުޖުވާން އާއި މާޒިމް އަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ރޭއްސުރެ ނުކައި ހުރުމުން މަދީނާގެ ބޮލަށް ބަރުވެ އަނބުރައިގަންނަ ގޮތްވެފައި ހުރުމުން އަވަހަށް އެއްޗެއް ކާލައިގެން އަރާމް ކޮށްލުމަށް ކެނާން ވިސްނާދިނެވެ. އުރޖުވާން އަށް ހިތްވަރު ލައިދެވޭނީވެސް އެހެން މީހުންގެ ސިއްހަތުވެސް ރަނގަޅަށް ބަލަހައްޓައިގެން ކަމަށް ވާތީއެވެ. ކަރު ތެރެއިން ކާއެއްޗެއް ދިރުވާލަން މިވަގުތު ފަސޭހަނުވިޔެއް ކަމަކު ކާއެއްޗިއްސަށްވެސް އޯޑަރު ކުރިއެވެ.

އަތު ތެރޭ މޫނު ފޮރުވައިގެން ހުރި އުރުޖުވާންގެ ލޮލުން ކޯރުގެ ފެން އާރެއް އޮއްސާލީފަދައެވެ. ގިސްލެވެމުން ދިޔަ އުރުޖުވާން އަށް އަމިއްލަ ބާރެއް ނެތި ކަރުނަތައް އޮއްސާލެވެނީ ކެތްތެރިވާން ހިތް އެދުނު ކަމުގައިވިޔަސްމެއެވެ. އެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ތަސައްލީ ހޯދާނެ އިތުރު އެހެން ގޮތެއް ނެތުމުންނެވެ. ބައެއް ފަހަރު އެ ރުއިން ކޮންޓްރޯލް ކުރުމަށް ނޭވާ ހިފަހައްޓާލައިގެން ހުރެވުނު ފަހަރުތައް ވެސް މަދެއް ނޫނެވެ. އުރުޖުވާން ގެ ލޮލުން މި ކަރުނަތައް މިހެން ފޭދެން އޭނަގެ މާމަގެ ހިތް ނޭދޭނެއޭ ހިތައް ވެރިވުމުން ކަރުނަތައް ހިފަހައްޓަން އޭނަ މަސައްކަތްކުރިއެވެ.

"ނޯ...ޑޯންޓް ހޯލްޑް އިޓް....ލެޓް އިޓް އައުޓް. ރުއިން ކޮންޓްރޯލް ކުރަން މަސައްކަތް ނުކުރޭ....ޔޯ ހާޓް ނީޑްސް ޓު ކްރައި އައުޓް..." މާޒިމް ބޭނުންވީ އެ ހިތާމަ އާއި އަޅަމުން ދިޔަ ވޭން ކަރުނުން ވިޔަސް ބޭރުކުރުމަށެވެ. މިވަގުތު އުރުޖުވާންއަށް މުހިއމުވާނީވެސް އެ ހިތާމައާއި ކުރިމަތިލުން ކަމަށްވާތީއެވެ. މާޒިމް ގެ އަޑުގައިވީ އޯގާތެރިކަން އުރުޖުވާން އަށް އިވުމުން އެ ހިތުގައިވި އުދާސްތައް އިތުރަށް ބޭރުކުރަން ހިތްވަރު ލިބުނެވެ.

"މައި ލައިފް ވިލް ނެވާ ބީދަ ސޭމް. މާމަ ގެ ހަނދާންތަކާ ނުލާ ކިހިނެއް އުރޫޖް އަމިއްލަ ހަޔާތައިގެން ކުރިޔަށް ދާނީ..ހައު ވިލް އައި ލިވް ވިތް ދިސް ގްރީފް.............." ގިސްލެވެމުން ދިޔަ އުރުޖުވާން އަށް ބޭރުކުރެވެމުން ދިޔަ ބަސްތަކަކީ އެ ހިތުގައިވި ފުން ހިތާމަތަކެވެ. ސަބީހާގެ ހަނދާންތަކާއި މި ލިބުނު ހިތާމައިން ހަޔާތާއިގެން ކުރިޔަށް ދާން ނޭނގިފައި ހުރެވުނު ކަހަލައެވެ.

"ޔެސް ލައިފް ވިލް ނެވަ ބީ ދަ ސޭމް. އެކަމަކު އުރުޖުވާން މި ހަޔާތައިގެން ކުރިޔަށް ދެވޭނެ. އެއީ މާމަ އާއެކު ހޭދަވީ ވަގުތުތަކާއި އެ ހަނދާންތަކާއި އެކީ. ދުވަހަކު ވެސް އެ ހަނދާންތައް ހިތުން ފިލުވައިނުލާ. އެ ހަނދާންތަކުގައިވި ބަޔާން ނުކުރެވޭހާ އުފަލާއި އެކީ. އަދި ހާއްސަކޮށް އެ ލޯބި ހަނދާންތައް ހިއްސާ ކުރެވުމަށް ލިބުނު ވަގުތަށް ޝުކުރުވެރިވަމުން. ވީ ލާން ޓު ލިވް ވިތް ދިސް ގްރީފް...އިޓް ވިލް ރިމެއިން އޭޒް އަ ކޮންސްޓެންޓް ރިމައިންޑަރ..............." އުރުޖުވާންގެ އަތް މޫނުން ނެގުމަށް ފަހު އެ އަތުގައި ހިފައިލައިގެން ހުރެ އުރުޖުވާންއަށް ހިތްވަރު ލައިދިނީ ހަޔާތާއިގެން ކުރިޔަށް ދެވޭނޭކަމުގައެވެ. އަދި ތިމާ ލޯބިވާ މީހެއްގެ ނިމިދިޔުމަކީ އެ ހިތާމަ ހިތުން ފޮހެލަން މަސައްކަތް ކުރަންޖެހޭ ސަބަބެއް ނޫންކަމާއި އެއީ އެ ހިތާމަ އާއި އެކީ އުޅެން ދަސްކުރަންވީ ސަބަބެއްކަމުގައެވެ.

"ރިމައިންޑަރ ފޯ؟" ލޯ ދުޅަވެ ރަތް ވެފައި ހުރިނަމަވެސް މާޒިމް ދެއްކި ވާހަކތަކުން އެ ހިތައް ފިނި ކަމެއް އިހުސާސް ކުރެވުނެވެ. އަދި މާޒިމް އަށް ނަޒަރު ހިނގާލަމުން އަހާލެވުނެވެ.

"ރިމައިންޑަރ ފޯ ދަ ލަވް ޔޫ ހޭވް ފޯ ހާ.... ހަޔާތުގައި ނެތް ކަމުގެ އިހުސާސް އަބަދުވެސް ވާނީ އެ ލޯބި ހިތު ތެރޭގައި ވީމަ....އެ އިހުސާސް ހިތުން ފިލައިދާ ދުވަހަކީ ދަ ޑޭއި ޔޯ ލަވް އެންޑްސް ފޯ ހާ. ސޯ މޭކް ޝުއަރ ޝީ އޯލްވޭސް ރިމެއިން އެލައިވް އިން ޔޯ ބިއުޓިފުލް ހާޓް.........." ފަހު ޖުމްލަ ބުނެވުނީ އުރުޖުވާން ގެ ލޮލުން ކަރުނައިގެ މުތީއެއް ފޮހެލަދެމުންނެވެ. އުރުޖުވާންގެ ހިތަށް އެ ބަސްތަކުން ފިނި ކަން ލިބުނެވެ.

ކާއެއްޗެހި ހިފައިގެން ކެނާން އައިކަން އަންގަން ބެލް ރިންގްކޮށްލިއެވެ. ދޮރު ހުޅުވަން މާޒިމް ތެދުވުމުން އުރުޖުވާން ބޭނުންވީ މޫނު ދޮވެލައިގެން ނަމާދަށް އަރާލުމަށެވެ. މާޒިމް އާއި ހިއްސާކުރެވުނު ވާހަކައިން ހިތަށް ހަމަޖެހުމެއް ލިބުނު ކަމުގައިވިޔަސް ހިތް އެދެމުންދިޔައީ ﷲ ގެ ހަޟްރަތުގައި އެދުމަށެވެ. ސަބީހާގެ ތަރުބިއްޔަތުގައި ވި ފުރިހަމަ ކަމަކީ ވެސް އެއީއެވެ. ހަޔާތުގެ ކޮންމެ ކުލަވަރެއްގައިވެސް މާތް ﷲ ގެ ފަރާތުން ވާގިއާއި މަދަދަށް އެދުމަށެވެ.

ކެނާން އަވަހަށް ކާއެއްޗިހީގެ ކޮތަޅު ދިނުމަށް ފަހު ދިޔައީ ވަރުބަލިވެގެން ނިދިފައި އޮތް މަދީނާ އަށް ކާ އެއްޗެއް ދިނުމަށް މަސައްކަތް ކުރުމަށެވެ. ކެނާން ގޮވާލުމުން ނިދިފައި އޮތް މަދީނާއަށް ސިއްސައިގެން ހޭލެވުނެވެ. ކާން ބޭނުން ނުވާ ކަމުގައި ބުނި ނަމަވެސް ކެނާން ވިސްނައިދިނުމުން ކޮންމެވެސް ވަރަކަށް މަދީނާ ހިތްވަރުކޮށްފައި ކާން ތެދުވުނެވެ. ކެއުމުގެ ތެރޭގައި މަދީނާ ބުނި އެއްޗަކުން ކެނާން ހައިރާން ކުރުވިއެވެ.

"ކުޑަބެ....މަދީނާ އަށް ނޭނގޭ ނަމާދު ކުރަން...." އަނގަޔަށް ލާން އުޅުނު ބަތް ސަމުސާ ނުލައި ތަށްޓަށް ލުމަށްފަހު މަދީނާ އިސްޖަހައިލީ ރަކިވެފައެވެ.

ހައިރާންވިޔަސް ކެނާން އަވަހަށް މޫނުގެ ކުލަވަރު ބަދަލުކޮށްލީ މަދީނާ ގަނެފައި ހުރި ލަދު އިތުރު ނުކުރުމަށެވެ. މަދީނާ އަށް ނަމާދު ކުރަން ނޭނގޭކަން ހިއްސާކުރަންވެސް ބޭނުންވާނީ އެ އެނގެން ބޭނުންވެފައި ހުރުމުން ކަމަށްވާތީއެވެ.

"ހާސްނުވޭ... އިންޝާﷲ އަސުރު ނަމާދަށް ވާއިރަށް މަދީނާ އަށް ދަސްކޮށްދޭނަން...އޭރުން ކުޑަބެ ފަހަތު މަދީނާ އަށް ނަމާދު ކުރެވޭނެ..." ކެނާން އުފަލުން ބުނެލިއެވެ.

"މިއަދު އެންމެ ދެރަވަނީ....އުރޫޖް ގެ މާމަގެ ޖަނާޒާގައި އެންމެން ނަމާދުކުރި އިރުވެސް މަދީނާ އަށް ހުރެވުނީ ދުރުގައި ބަލަން....އެންމެން ދުޢާ ކުރި އިރުވެސް ހުރެވުނީ ހަމަ ދުރުގައި ބަލަން...ކުރަން ބޭނުންވިޔަސް ނޭނގޭ...ހިތައް އަރަނީ އައިމް އަ ރިއަލީ ބޭޑް ޕާސަން އޭ....އައި ރިއަލީ ވޯންޓު ޕްރޭއި............" މަދީނާ ލަދުން ހުރެ އިއުތިރާފުވިއެވެ.

"އިންޝާﷲ މަދީނާ ދެން ނަމާދު ކުރާނެ....ތިވަރު ވުމަކީ ވެސް އަސްލު ވަރަށް ބޮޑު ވަރު...އެއީ ﷲ ގެ ހިދާޔަތް....ޓު ފީލް ރިގްރެޓް އޯވަ ޔޯ ސިން އިޒް ސްޓާޓް އޮފް ރިޕެންޓެންސް........." ކެނާން ވިސްނައިދިނެވެ.

***

ޚުޝަލްއަށް ސަބީހާއްތަ ނިޔާވި ހަބަރު ލިބުނީ މީކާއިލް އާއި އެކީ ޖިމްގައި ހުއްޓައެވެ. ސަބީހާގެ ހާލު ބަލި ކަން ކުރީން އެނގުނު ނަމަވެސް ހުޝަލްގެ ހިތަށްވެސް އެ ހަބަރުން އަސަރު ކުރުވިއެވެ. މޮޅިވެރިފައިވާ ހުޝަލްއަށް މީކާއިލް ވިސްނައިދެމުން ދިޔައީ ޙަޔާތަކީ ކުޑަ ހިނދުކޮޅެއްކަމާއި މަރު އެއީ ތިމާ އާއި އެންމެ ގާތުގައި ވާ އެއްޗެއްކަމެވެ. ހަމަ މިފަދަ ގޮތަކަށް ކޮންމެވެސް ދުވަހަކު ހަމަ އަހަރުމުންގެ އާއިލާ އަށް ނޫނީ ދަންނަ މީހުންނަށް އަހަރުމެން މި ދުނިޔެ ދޫކުރި ހަބަރު ލިބޭނެ ދުވަހެއްވެސް އަންނާނެކަމެވެ.

"އެންމެ މުހިންމީ ތިމާ ކަށްވަޅަށް ގެންދާ މުދާކޮޅު...ދުނިޔޭގެ ޙަޔާތަކީ ހަމަ ހިނދުކޮޅެއް.." މީކާއިލް ބުނެލީ ފުން ނޭވާ އެއް ދޫކޮށްލަމުންނެވެ.

"ކިހިނެއް މީކާ ތިކަހަލަ ބަސްތައް އެހާ ފަސޭހައިން ބުނެލަނީ.....މީކާ ހަމަ އެހާ ރެޑީތަ މަރަށް؟" ހުޝަލް އަށް އަހާލެވުނީ މީކާއިލްގެ މޫނުމަތީން ފެންނަމުން ދިޔަ ހިނިތުންވުމުންނެވެ.

"ފަސޭހައެއް ނޫން...ވަރަށް ބިރުގަނޭ....މަރު އައިސް ހިފައިގެންދާއިރު އަހަރެންގެ ހާލަތާއި މެދު ވަރަށް ކަންބޮޑުވޭ...އެކަމަކު ހިތަށް ތަސައްލީ ލިއްބައިދެނީ އަހަރެންގެ އެނބުރިދިޔުން ވަނީ ﷲ އަށް ކަމަށްވާތީވެ....އަހަރެންގެ ރައްބުގެ ޙަޟްރަތައް ހެޔޮ ޢަމަލުގެ ފަތް ބަރުކޮށްގެން ދާން ހިތް ވަރަށް އެދޭ...މަރު ހަނދާންވުމުން ވަރަށް ބިރުވެސް ގަނޭ...އެކަމަކު އަހަރެންގެ ހިތައް ލުއި ލިބޭ އަހަންނަކީ ﷲ ގެ މިލްކެއް ކަމާއި އެކަލާނގެ އަށް ނޫނީ އަހަރެންގެ އެނބުރި ދިޔުން ނުވާކަން އެނގުމުން..." މީކާއިލް ގެ ވާހަކަތަކުން ދީނަށް އޮތް ލޯތްބާއި އެ އުމުރުގެ ޒުވާނުން ވިސްނައި އުޅޭ ގޮތާއި ހުރި ތަފާތު އަޑުއަހައި އެންމެން ހައިރާން ކުރުވައެވެ.

***

"ކީއްވެތަ ނާޝިދު ފޯނު ނުނަގަނީ؟...." ބޯ ހާސްވފައި ހުރެ އަހްމަދު އަށް ބުނެވުނެވެ. އަހްމަދު އަށް ސަބީހާގެ މަރުގެ ހަބަރު ލިބުމުން އަވަހަށް ނާޝިދުއަށް ގުޅިކަމުގައިވިޔަސް ފޯނު އޮފް ކޮށްލާފައި އޮތުމުން އެ ހަބަރު ނާޝިދު އަށް ދެވޭނެ ގޮތެއް ނެތިފައި ހުރެވުނެވެ. ކެތްމަދުވެފައި ހުރުމުން އަވަހަށް ބޭނުންވީ ނާޝިދު ހުރި ގެއަށް ދިޔުމަށެވެ. ހަމަ އެވަގު ފޯނަށް މެހެކް ގެ މެސެޖެއް އައުމުން އެ މެސެޖް ބަލައިލެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު