މި ތިން ބަތަލާއިންގެ ފިލްމު އަންނަ މަހު ސިނަމާއަށް

އިންޑިއާގެ ކާމިޔާބު ތިން ބަތަލާއިން ކަމަށްވާ ތައްބޫ، ކަރީނާ ކަޕޫރު އަދި ކްރިތީ ސެނޮން ލީޑް ރޯލްއިން ފެންނާނެ ފިލްމު "ދް ކްރޫ" އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާކަން އިއުނާލުކޮށްފިއެވެ.

އެކްތާ ކަޕޫރު އަދި ރެއާ ކަޕޫރު ޕްރޮޑިއުސް ކުރާ މި ފިލްމުގެ ކުރު ޓީޒާއަކާ އެކު ކަރީނާ ކަޕޫރުގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައި ވަނީ ފިލްމު ތިއޭޓަރު ތަކަށް އަންނާނީ ކުރިޔަށް އޮތް މާޗް މަހުގެ 29ވަނަ ދުވަހު ކަމަށެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ އަންހެނުން ތަކެއްގެ ވާހަކަ ބިނާކޮށްފައިވާ މި ފިލްމަކީ އެކްތާ ކަޕޫރުގެ ބާލާޖީ މޯޝަން ޕިކްޗާސްއާ ގުޅިގެން ރެއާ ކަޕޫރު ގެނެސްދޭ ފިލްމެކެވެ. މި ފިލްމަކީ ރެއާ ކަޕޫރާއެކު ބަތަލާ ކަރީނާ ކަޕޫރު މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. ދެ މީހުން އެކީގައި މަސައްކަތް ކުރި ފުރަތަމަ ފިލްމު "ވީރޭ ދި ވެޑިންގް" އަކީވެސް އަންހެނުންނަށް ހާއްސަކޮށްގެން އުފެއްދި ފިލްމެކެވެ.

އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުނުއިރު ރެއާ ކަޕޫރު ވެފައިވަނީ 'ފީމޭލް ސެންޓަޑް' ފިލްމު އުފެއްދުމަށް މަޝްހޫރު ޕްރޮޑިއުސަރަކަށެވެ.

"ދަ ކްރޫ"ގެ ޓީޒާގެ މަންޒަރެއް-- ފޮޓޯ/ޓެލެގްރާފްއިންޑިއާ

ކަރީނާ ކަޕޫރު، ތައްބޫ އަދި ކްރިތީ ސެނޮން ފުރަތަމަ ފަހަރަށް އެކީގައި މަސައްކަތް ކުރާ މި ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ އަދި އެކްޓަރު ދިލްޖީތު ފެންނާނެއެވެ.

ކްރިތީގެ ފިލްމެއް އަންނަ މަހު ރިލީޒްކުރުމުގެ މަރުހަލާގައި އޮތްއިރު ޝާހިދު ކަޕޫރާއެކު ބަތަލާ ކުޅޭ ކޮމެޑީ ލޯބީގެ ޑްރާމާ ފިލްމު މި މަހުގެ ނުވަ ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާނެއެވެ.

comment ކޮމެންޓް