"ތިބާ އަޅުކަމާއި ދުރުކުރުވާ ދުނިޔޭގެ ތަނަވަސްކަމެއްގައި ހަގީީގީ އުފަލެއް ނެތެވެ. ގިނަފަހަރު މުއްސަދިކަމާއި ތަނަވަސްކަން ލިބުމުން އެކަމުގައި ޣަރަގުވެ އަޅުކަމާއި މަރުމަތިން ހަނދާން ނެތި ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލިގެން ހިނގައިދާނެއެވެ. ތިބާ ހެއްދެވި ފަރާތާއި އޮތް ގުޅުން ވަރުގަދަ ކުރަން މަސައްކަތްކުރާށެވެ. ހަގީގީ ހިތްހަމަޖެހުމާއި ނަސީބަކީ އެއީއެވެ."

***

ފިޔަވަޅު ކުރިޔަށް އަޅަން ނޭނގިފައި އުރުޖުވާންއަށް ހުރެވުނީ ހަރަކާތެއްނެތި ހުއްޓުން އަރާފައެވެ. އެ ލޮލުގައި އެއްވެސް ދިރުމެއް ނެތްފަދައެވެ. އެ ގަނޑުފެން ކޮޅެއްފަދަ ފިނި އަތުގައި ހިފައި ބާރުކޮށްލީ މާޒިމްއެވެ. އެއް ފިޔަވަޅު ނަމަވެސް ކުރިއަށް އަޅަން އެހީތެރިވުމުގެ ގޮތުންނެވެ.

***

"ޖައިލަމް. އަހަންނަށް އިތުބާރު ކުރޭ. އަހަރެން ކޮންމެ ގޮތެއް ހަދާފައިވެސް އެދެކުދިންގެ ކައިވެނި ކޮށްދޭނަން. މާޒިމް ކައިވެނި ކުރީ ކާކާ ކަމެއްވެސް އަދި ކީއްވެ ކަމެއްވެސް ނޭގޭ. އަހަރެން މިއަދަށް ވެސް ޓިކެޓް ނަގާފަ އޮތީ ރާއްޖެ ދާން. ވީހާ ވެސް އަވަހަކަށް މިކަން ހައްލުކޮށްދޭނަން....." ނާޝިދު އާދޭސްކުރިއިރު އަޑުވެސް ތުރުތުރުލަމުން ދިޔައެވެ.

"ޔޫ އޯ މީ އަ ލޮޓް. އަހަރެން ނަބީލާ މިކޮޅަށް ގެނެސް ފަރުވާ ދިނުމަށް ވެސް ނާޝިދަށް އެހީވެދިނިން. ޑޯންޓް ޔޫ ފޮގެޓް ދެޓް.........." ޖައިލަމް ބުނަމުން ދިޔަ ގޮތުން މާނަ ކުރެވެނީ ހުރިހާ ކަމެއްވެސް ކޮށްދިނީ ނާޝިދުގެ ފަރާތުންވެސް ކަންކަން ބޭނުންވާތީ ކަމެވެ. އަދި ނާޝިދު އަށް ކޮށްދިން ކަންކަމުގެ ބަދަލު އޭނާ އަށް ދިނުން ވާޖިބު ވާފަދަ ގޮތަކަށެވެ. ޖައިލަމް އަކީ އަމިއްލަ ނަފްސަށާއި އަދި ފަރަހް އަށް ނޫނީ އެހެން އެއްވެސް މީހަކަށް ހެޔޮ އެދޭނޭ މީހެއް ނޫން ކަން ނާޝިދުއަށް ރަނގަޅަށް އެނގެއެވެ. މީހަކަށް ކަމެއް ކޮށްދީފައި ކަލަ ގޮވުމަކީ އޭނާގެ ނުބައި އާދައެކެވެ. ނަމަވެސް އިތުރު ގޮތެއް ނެތަސް ޖައިލަމް ފަދަ މީހެއްގެ އެހީ ހޯދުނުކަމަށްޓަކައި މިހާރު އަމިއްލަ ނަފްސު ކުށްވެރިކުރެވެއެވެ.

ޖައިލަމްގެ ލެޕްޓޮޕަށް ކޯލެއް ރިންގު ވުމުން އަވަހަށް ޖަވާބު ދިނެވެ. ސްޕީކަރުގައި ހުރުމުން ދައްކާ ވާހަކަ މުޅި ކޮޓަރިތެރެއަށް އިވެއެވެ.

"ޑޭޑް. އައި ކިލްޑް ހަރ. ޑިޕްރައިވްޑް ހަ އޮފް އޮކްސިޖަން. ސަބީހާ މަރުވެއްޖެ. ޑޭޑް. އައި ކިލްޑް ހަ...." ވާހަކަދައްކަމުން އެކުއްޖާ ރޮމުން ދިޔައެވެ.

ނާޝިދު އަށް ހީވީ މީހަކު ބޮލުގައި މަރުތޭލަކުން ޖެހީހެންނެވެ. ހަމަ ގައިމުވެސް އެއީ ފަރަހްގެ ތޫނު އަޑެވެ. ނާޝިދުގެ ލޯ ބޮޑުވީ އެ އިވުނު ޖުމްލަތަކުންނެވެ.އަދި ސަބީހާ ގެ ނަން ކިޔުމުންވެސް އިތުރަށް ހައިރާންކުރުވިއެވެ. ޖައިލަމް އަވަސް އަވަހަށް ފޯނު ކަނޑާލައިފިއެވެ. އޭނަ ނާޝިދު އަށް ވިސްނައިދިނީ އެއީ ފަރަހްގެ އާދައެއް ކަމުގައެވެ. ބަލިމީހަކު ނިޔާވެއްޖެއްޔާ އަބަދުވެސް އޭގެ ޒިންމާ އަމިއްލައަށް ނަގައި އެ ހިތާމަ ކުރާކަމަށެވެ.

"އެއީ. ފަރަހް ބިރުން...އަބަދުވެސް އެގޮތަށް ގުޅާނެ. ނޭނގޭ ކީކޭ ހިތައް އަރައިގެން ބާއޭ އެކުއްޖާ ފަކީރު ޑޮކްޓަރަކަށް ވެސް ވީ. އެހާ ހިތް ބަލި އިރު.." ކުރިން ބޮޑާކަމާއެކު ނާޝިދުއާއި ވާހަކަ ދައްކަމުން ދިޔަ ޖައިލަމްގެ ރާގު ބަދަލުވެ ހިނިތުންވުމާއިއެކު ގާތް އަދި އެކުވެރި ގޮތަކަށް ވާހަކަދެއްކިއެވެ. އަދި އޭނަ ނާޝިދު އަށް ވިސްނައިދިނީ މިވަގުތު ރާއްޖެ ނުގޮސް މަޑުކުރުމަށެވެ. އެއީ ޖައިލަމްއާއި އެކީ ރާއްޖެ ދިޔުމަށް ކަމަށް ބުނެއެވެ. އަދި މާޒިމް އާއި ފަރަހްގެ ކައިވެނީގެ ކަންތައްތަކާއި މެދު އެހާ ސްޓްރެސް ބޮޑު ނުވެ ދެމީހުން އެކުގައި އެކަން ކުރުމަށް މަސައްކަތް ކުރުމަށް ވެސް ރޭވިއެވެ. އެގެއިން ނިކުމެގެން ދިޔަ ނާޝިދު ހުރީ އޮޅުން ބޮޅުން ގަނޑެއް ތެރޭގައެވެ. ހަމަ ނިދި ނުލިބި ހުރުމުންނާއި ނެގި ބޭހުގެ އަސަރު ކޮށްފައި ހުރުމުން ބޭނުން ވީ އަވަހަށް ގެއަށް ގޮސް އަރާމުކޮށްލާށެވެ. މިވީ ހުރިހައި ކަމަކާއި މެދު ހަމަޖެހޭ ސިކުނޑިއެއްގައި ހުރެ ވިސްނާލާނީ ފަހުން ކަމަށް އަމިއްލަ ނަފްސަށް ބުނެދެމުންނެވެ.

***

މާޒްވިލާގެ ބޮކިތައް ދިއްލުނީ ފަޖުރު ނަމާދުގެ ބަންގީގެ އަޑާއެކީގައި ކަހަލަ ގޮތަކަށެވެ. މާޒްވިލާ އާއި ކައިރީގައި މިސްކިތެއް ހުރުމުން އެގެއަށް އަޑު ފޯރާލެއް ވަރަށް ސާފެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެވުނު ކެނާންއަށް އަމާން ކަމުގެ އިހުސާސް ވެ ނޭވާ ދޫކޮށްލެވުނެވެ. އަދި ނީދީގައި ހުރި މަދީނާ އެނދާ ހަމަޔަށް ގެންގޮސްދީ ބާއްވާލަދިނެވެ. މަދީނާގެ އަތުގައި އޮތް ބެއަރ ނަގައި ދުރަށް ލާން ކެނާންގެ ހިތް ބުނަމުން ދިޔައީ އޭގައި ކޮންމެވެސް ނުބައިކަމެއް ވާކަން ހިތް ބުނަމުން ދާތީއެވެ. މިސްކިތަށް ނަމާދަށް ދާން ހިތައް އެރި ނަމަވެސް ކޮއްކޮ އެކަނި ކޮށްފައި ދާން ހިތެއް ނޭދުނެވެ.

ކެނާން ފޯނު ޗާޖަށް ޖަހާލުމަށް ފަހު ފާޚާނާއަށް ވަދެ ވުޟޫ ކޮށްލައި ތާޒާވެލައިގެން ނިކުތެވެ. އަދި މަދީނާ އަށް ނަމާދަށް ގޮވުމަށް ގަސްތުކުރީ އޭނަ ނަމާދު ނިމުމުންނެވެ. ކެނާން ހަށަން ބަންތަނާހެން އޭނަގެ ފޯނު ރިންގުވާންފެށިއެވެ. ފޯނުގެ އަޑު މެދުނުކެނޑި އިވެމުން ދިޔަސް ކެނާން ބެލީ ނަމާދުގައި ޚުޝޫއަތްތެރި ވުމަށެވެ. ކެނާންގެ ފޯނުގެ އަޑާއިހެދި ހޭލެވުނު މަދީނާ އަވަހަށް ފޯނަށް ސަމާލުކަން ދިނެވެ. އަދި ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ. ލިބުނު ޚަބަރުން މަދީނާއަށް ހަޅޭއްލަވައިގަނެވުނެވެ. ނަމާދުން ނިމުނު ކެނާން އަށް މަދީނާ އާއި ސުވާލު ނުކޮށްވެސް އެވީ ކޮންކަމެއްކަން ހިތް ބުނަމުން ދިޔައެވެ.

"އުރޫޖް....މާމަ....ކުޑަބެ އަވަހަށް ހިނގާ ހޮސްޕިޓަލަށް..." މަދީނާއަށް ރޮވެމުން ދިޔައެވެ.

***

ހޮސްޕިޓަލަށް އައުމުގެ ކުރިން މާޒިމްގެ ލޯ ނިދިން މަހުރޫމް ކުރުވި އެ ފޯނު ކޯލަކީ ހަމަ ގައިމުވެސް އުރުޖުވާންގެ ލޮލުން ނިދި މަހުރޫމް ކޮށްލާނޭ ގިނަ ރޭތަކެއްގެ ސަބަބުކަން އޭނާ އަށް ޔަގީންވިއެވެ. އުރުޖުވާންގެ ކަންފަތުގައި ގުގުމަމުން ދިޔައީ މާޒިމް ގެ އެންމެ ލަފުޒެއް ނަމަވެސް މާޒިމްގެ މޫނު މައްޗަށް ވެރިވެފައި ވީ ކުލަވަރުން ކިހިނެއްވީކަން ރަނގަޅަށް އެނގުނެވެ.

"މާމަ..."

ހޮސްޕިޓަލަށް އައި މަގުމަތީގައި މާޒިމް އެތައް ވާހަކައެއް ދެއްކިނަމަވެސް އުރުޖުވާންގެ ކަންފަތް ވަނީ ބައްވެފައި ކަހަލައެވެ. މީހާ ހީވީ މަންމަނެއް ހެނެވެ. ހޮސްޕިޓަލަށް ކާރު ރަނގަޅަށް މަޑު ނުކުރެވެނީސް ކާރުން ފައިބައިގެން އަވަސް ފިޔަވަޅުތަކެއްގައި ހޮސްޕިޓަލަށް ވަދެ އައިސީޔޫ އާއި ދިމާއަށް އުރުޖުވާން ދިޔައެވެ. ފަހަތުން މާޒިމް ދިޔައީ އުރުޖުވާން އާއި އެއްވަރު ކުރެވޭތޯ ދުވަމުންނެވެ. އެންމެ ރުލެއްވެސް ނުހުންނަ އެ ހެދުމާއި އަޅާފައި ހުންނަ ޝޯލުގައި މިއަދު ވީ ރޫ ބޮނޑިތަކާއި ފަރުވާ ކުޑަގޮތެއްގައި ބޮލުގައި އޮޅާލާފައި އޮތް ޝޯލަށް މީހުންގެ ލޯތައް ވެރިވަމުން ދިޔަ ނަމަވެސް އެވަގުތުގައި އެކަހަލަ އެއްވެސް ކަމަކަށް ފަރުވާލެއް ނެތެވެ. އުރުޖުވާންގެ ހިނގުން ހުއްޓުން އެރީ އައިސީޔޫ ދޮރާހަމައަށެވެ. ފިޔަވަޅު ކުރިޔަށް އަޅަން ނޭނގިފައި އުރުޖުވާންއަށް ހުރެވުނީ ހަރަކާތެއްނެތި ހުއްޓުން އަރާފައެވެ. އެ ލޮލުގައި އެއްވެސް ދިރުމެއް ނެތްފަދައެވެ. އެ ގަނޑުފެން ކޮޅެއްފަދަ ފިނި އަތުގައި ހިފައި ބާރުކޮށްލީ މާޒިމްއެވެ. އެއް ފިޔަވަޅު ނަމަވެސް ކުރިއަށް އަޅަން އެހީތެރިވުމުގެ ގޮތުންނެވެ.

" އުރްޖުވާން. ޔޫ އާ ނޮޓް އެލޯން. އަބަދުވެސް އައިމް ހިއަ.." މާޒިމް ބުނެލީ އެ އަތަށް ފިތާލަމުންނެވެ. މާޒިމް ބޭނުންވީ އުރުޖުވާން އަށް އޭނާ އަކީ އެކަނި ހުރި މީހެއްނޫންކަމާއި ހުރިހާ ހިތާމައަކާއި އުފަލެއްގައި މާޒިމް ބައިވެރިވާނެކަން ޔަގީންކޮށްދިނުމަށެވެ.

"މާޒިމް. ޓޭކް މީ ހޯމް. އައި ކާންޓް ސީ ހަ.." އުރުޖުވާން ގެ އަޑު ހީވީ ކަރުގައި ތާށިވެފައިވީހެންނެވެ. ސަބީހާގެ މޫނު ބަލާލާނެ ހިތްވަރެއް އެ ހިތަކު ނެތެވެ. ލޮލުން އެންމެ ކަރުނައެއް ވެސް ފާއްދާނުލައި ހުއްޓެއްކަމަކު އެ ހިތުގައި އަޅަމުން ދިޔަ ވޭން ބަޔާންކުރުމަކީ ކުޅަދާނަކަމެއް ނޫނެވެ.

"ނޫން. ވީ ވިލް ފޭސް ދިސް ޓުގެދަރ. ޓްރަސްޓް މީ....." މާޒިމް ބޭނުންވީ އަދިވެސް އުރުޖުވާން އަށް ހިތްވަރުލައިދީ މިކަމާ ދެމީހުން އެކީގައި ކުރިމަތިލުމަށެވެ. އެއީ މިއަދު ސަބީހާ ގެ މޫނު ނުފެނި ވަކިވުމުން ފަހުން ވާނެ ދެރަ މާޒިމް އަށް ރަނގަޅަށް އެނގޭތީއެވެ. އުރުޖުވާން ގެ ހިތުން ނުފިލާނޭ ޒަޚަމަކުން ސަލާމަތްކޮށްދިނުމަށެވެ. މާޒިމްއަށް އެ ވޭން ރަނގަޅަށް އެނގޭތީވެއެވެ.

"ޕްލީޒް....އައި ކާންޓް..މާޒިމް" އުރުޖުވާން ބޯ ހޫރުވަމުން ބުނަމުން ދިޔައިރު މޫނުމައްޗަށް އެއްވެސް ކުލަވަރެއް ވެރިވެފައި ނެތެވެ. އުރުޖުވާން އަށް ވެފައި ވާ ވަރު ފެނި މާޒިމްގެ ހިތް ގެނބުނެވެ. މިވަގުތު އުރުޖުވާންއަށް މަޖުބޫރު ކުރުވުމަށް މާޒިމްގެ ހިތް ނޭދުނެވެ. އަދި އުރުޖުވާން އަށް އެތަނުން ގޮނޑިއެއްގައި އިށީނުމަށް އެހީތެރިވެދިނެވެ. އެ އަތުން އެންމެ ހިނދުކޮޅަކަށް ވެސް މާޒިމް ގެ އަތް ދޫކޮށްނުލައެވެ. މާޒިމް ކުޑަކަކޫ ބިންމަތީގައި ޖައްސައިލީ އުރުޖުވާން އިށީނދެ އިން ގޮނޑީގެ ކުރިމައްޗަށް ވާގޮތަށެވެ. އެކި ގޮތް ގޮތައް ވާހަކަ ދެއްކި ނަމަވެސް އުރުޖުވާން ބަހެއް ނުބުނެ ހުއްޓުން އަރާފައި ހުރީ ޝޮކެއްގައެވެ.

މަންޒަރު ބަލަން ދުރުގައި ހުރި ފަރަހްގެ އަތުގައި ހުރި ކޮފީތަށްޓަށް ބާރުކޮށްލެވުނު އިރުވެސް ރޭކާނުލައެވެ. ހޫނު ކޮފީ އަތަށް އެޅެމުން ދިޔަ ނަމަވެސް އެ ހިތުގައި އަނދަމުން ދިޔަ އަލިފާނުގެ ހޫނު މާގަދައެވެ.

"ފަރަހް..."

ސިއްސައިގެން ދިޔަ ފަރަހްއަށް ފަހަތަށް ބަލާލެވުނެވެ.

"ކެނާން......"

"ކޮބާ ދޮންބެ މެން...ސަބީހާއްތަ އަށް ކިހިނެއް ވީ..." ކެނާންއަށް މާޒިމް އާއި އުރުޖުވާން ފެނުނު ކަމުގައި ވިޔަސް ފަރަހް ކުރެން އަހާލެވުނެވެ. މަދީނާ މާޒިމްމެން ތިބި ދިމާލަށް ދުއްވައިގަތުމުން އަތުގައި ހިފާ ހުއްޓުވިއެވެ.

"ނޯ...ނޮޓް ނައު...އުރޫޖް އަށް މިވަގުތު ދޮންބެ މުހިންމުވާނެ..." ކެނާން އެހެން ބުނެލީ ފަރަހްގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. ފަރަހްގެ މޫނު މައްޗަށް ވެރިވެފައިވީ ރަތް ކުލަ އިތުރުވިއެވެ.

"ވަރަށް ދެރަ....ވަރަށް މަސައްކަތް ކުރެވުނު އެކަމަކު އިޓްސް ހަމަ ގޯޑްސް ވިލް...." ފަރަހް މޫނުމަތީ ކުލަވަރު ބަދަލުކޮށްލިއެވެ. އެމޫނުމައްޗަށް ވެރިކުރުވީ ހިތާމައާއި މޮޅިވެރިކަމުގެ އިންތިހާއެވެ.

ފަރަހްގެ ޖުމްލައާއެކު އަނެއްކާ މަދީނާ އަށް ރޮވެން ފެށުނެވެ. ކެނާން ވިސްނައިދެމުން ދިޔައީ ހިތްވަރު ކުރުމަށެވެ. މަދީނާ ރޯ ތަން ފެނުމުން އުރުޖުވާން އިތުރަށް ބަލިކަށިވާނީކަމުގައި ބުނެދިނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު