އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗު މަހު

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ ކުރުނބާ މޯލްޑިވްސްގައި ބާއްވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މާޗު މަހު ބާއްވަން އެ ކުންފުނިން މިއަދު ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ، މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ހިއްސާދާރުންނަށް އެކަނި ކަމަށެވެ.

އަދި، ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާއަށް ފާސްކުރަން ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެއްވޭނެކަމަަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރެވޭނެ ކަމަަށް އެ ކުންފުނިން ބުންޏެވެ.

މި ނޯޓިސްއާ އެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތު ވެސް އާންމުކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

comment ކޮމެންޓް