ގޯލްޑަން ފުޓްސަލް ޗެލެންޖު ކުރިއަށްދާއިރު އުރީދޫގެ ހާއްސަ އޮފާއެއް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗެއް ތެރެއިން -- ފޮޓޯ/ އިމޭޖްސް އެމްވީ

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްގެ ވަރަށް ހާއްސަ އޮފާއެއް ކުރިއަށްދާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އުރީދޫން ބުނެފައިވަނީ ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސްދުވަހު ހުޅުމާލޭ ރެހެންދި ޓާފުގައި ބެހެއްޓިފައިހުރި އުރީދޫ ޓެންޓުން އުރީދޫގެ ޚިދުމަތް ހޯއްދަވައިގެން ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.

އަދި، އުރީދޫން ބުނީ އެ ކުންފުނީގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕާނެޓް ޙިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ.

ލަކީ ޑްރޯގައި ބައިވެރިވެގެން ގުރުއަތުން ނެގޭ ފަރާތްތަކަށް ވަރަށް އަގު ހުރި އިނާމުތައް ދޭން ވަނީ ހަމަޖެހެފައެވެ. އޭގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް ހިމެނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާ ހަމައަށެވެ.

އުރީދޫއިން ބުނީ ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕްލެޓިނަމް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ.

އުރީދޫއިން ބުނީ، އެ ކުންފުންޏަކީ އަބަދު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންނާއި ކުޅިވަރުގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމަށެވެ.

comment ކޮމެންޓް