ހޯމް މިނިސްޓްރީއަށް އާންމުން ހުށަހަޅާ ޝަކުވާ ބެލުމަށް، ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފައްދަނީ

ހޯމް މިނިސްޓަރު އަލީ އިހުސާން: ހޯމް މިނިސްޓްރީއަށް އާއްމުން ހުށަހަޅާ ޝަކުވާ އާއި މައްސަލަ ބެލުމަށް ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފައްދުމުގެ މަސައްކަތް ކުރާކަމަށް ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓް/ މުޙައްމަދު މާވީ

އާއްމުންގެ ޝަކުވާތަކާއި މައްސަލަ ބަލައިގަނެ، އެކަންކަމަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ޓަކައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގައި, ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް، މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ، ހޯމް ސެކްޓަރަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަވަސް އަދި ދުރު ރާސްތާއަށް ޕްލޭންކޮށްގެން ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، އާންމުން ހުށަހަޅާ ސިޓީތަކުންނާއި، ބޭއްވޭ ބައްދަލުވުންތަކުންނާއި، ސޯޝަލް މީޑިޔާގައި ފާޅުކުރާ ޝުއޫރުތަކާއި ހުށަހަޅާ މައްސަލަތަކަށް މިނިސްޓްރީން މިހާރު ވެސް، ޖަވާބުދާރީވާނެކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، އާއްމުންގެ ކަންބޮޑުވުންތައް ބަލައިގަތުމަށް އެކަމަށް ހާއްސަ ބިއުރޯއެއް އުފައްދަވާނެކަމަށް އިހުސާން އިއުލާނުކުރެއްވިއެވެ.

https://twitter.com/min_mohst/status/1751455277071970499?s=20

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަމަލުތަކާ މެދު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ޙަސަން ޝަރީފާ ވެސް މިނިސްޓަރު އިހުސާން ވަނީ ބައްދަލުކުރައްވައިފައެވެ.

އަދި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އުފައްދައިފައިވާ ޓާސްކްފޯސްގައި ބައިވެރިވުމަށް ޙަސަން ޝަރީފަށް ދައުވަތު ދެއްވާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

comment ކޮމެންޓް