ބޮސްޓަން ސެލްޓިކްސް އިން މަޔާމީ ހީޓް ބަލިކޮށްފި

ޓެޓުމްއިން ހީޓް އާއި ދެކޮޅަށް ޕޮޓެއް އެޅުމަށް މަސައްކަތް ކުރަނީ / ފޮޓޯ: ޖީއެމްއޭ ނެޓްވާކް

އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި މަޔާމީ ހީޓް ބައްދަލުކުރި މެޗު ސެލްޓިކްސް ކާމިޔާބު ކޮށްފިއެވެ.

މަޔާމީގެ ކަސޭޔާ ސެންޓާގައި ކުޅުނު މި މެޗު ސެލްޓީކްސް ކާމިޔާބު ކޮށްފައިވަނީ 143 ޕޮއިންޓުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ 26 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ކޮށްފައެވެ.

މި މެޗުގައި ހީޓްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޓައިލާ ހޭރޯ އެވެ.

މި މުބާރާތުގައި މިނެސޯޓާ ޓީމުބާވުލްވްސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރި މެޗު 96 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޓިމްބާވުލްވްސްއެވެ. މި މެޗުގައި ވުލްވްސްގެ ކާލް އެންތަނީ ޓައުންސްވަނީ 27 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ތިން އެސިސްޓް ކޮށްފައެވެ.

އަދި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ކޭމް ތޯމަސްއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު