ޕަރިނީތީ ރަސްމީކޮށް މިއުޒިކީ ދާއިރާއަށް

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ އެކްޓިންއާ އެކު ލަވަކިޔުމުގެ ދާއިރާއިން ކުރިއަށްދާން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

ފިލްމު "މިޝަން ރާނީގަންޖް"ގެ ބަތަލާ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓުގައި ބުނެފައިވަނީ ވަރަށް އަވަހަށް ލައިވް ޕާފޮމެންސްތަކާއި ސްޓޫޑިއޯ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަން ފަށާނެ ކަމަށެވެ.

ޕަރިނީތީ ކުޅެފައިވާ ފިލްމުތަކުންނާއި ބައެއް ޓީވީ ޝޯވްތަކުން ޕަރިނީތީގެ ކިބައިގައި ލަވަކިޔުމުގެ ހުނަރު ހުރިކަން ބަތަލާ ވަނީ ސާބިތުކޮށްދީފައެވެ. ޕަރިނީތީ ފަނޑިޔާރެއްގެ ގޮތުގައި ބައިވެރިވި ކަލާސްގެ ޝޯވް "އިންޑިއާސް ގޮޓް ޓެލެންޓް" ރިއަލިޓީ ޝޯވްގައި ބަތަލާ ވަނީ ވަރަށް ހިތްގައިމު ލަވައެއް ހުށަހަޅައިދީފައެވެ. ލަވަކިޔުމާއި މިއުޒިކަކީ އަބަދު ވެސް ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެއް ކަމަށް ޕަރިނީތީ ވަނީ އިންސްޓްގްރާމް މެދުވެރިކޮށް ބުނެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއުޒިކީ ފަންނާނުންގެ ސްޓޭޖްމަތީ ހުށަހެޅުންތައް ޕަރިނީތީއަށް ވަނީ ފެނިފައި ކަމަށާއި މިއުޒިކީ ދުނިޔޭގައި ބަތަލާ ބައިވެރިވުމުގެ ވަގުތު ޖެހިއްޖެކަމަށް އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓުގައި ބަތަލާ ވަނީ ބުނެފައެވެ.

ފިލްމީ ތަރި ޕަރިނީތީ ލަވައެއް ހުށަހަޅައިދެނީ-- ފޮޓޯ//އިންޓަނެޓް
ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން ލަވަކިޔުމުގެ މަސައްކަތް ކުރުން ވާނީ ބުރަ އެހެނަސް ވަރަށް ޝައުގުވެރި މަސައްކަތަކަށް ކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ. ޕަ

ރިނީތީގެ އަޑުން ލަވަ ރެކޯޑް ކޮށްދީފައިވާ ބައެއް ފިލްމު ތަކުގެތެރޭ ބަތަލާގެ ފިލްމު "މެރީ ޕިޔާރީ ބިންދޫ"، "ދަ ގާލް އޮން ދަ ޓްރެއިން" އަދި ފިލްމު "ކޭސަރީ" ހިމެނެއެވެ. ސިޔާސީ ދާއިރާއަށް ނިސްބަތްވާ ޒުވާނާ ރާގަވް ޗައްޑާއާ މިދިޔަ އަހަރު ކައިވެނިކޮށްފައިވާ ބަތަލާ ވަނީ ކައިވެނީގެ ހަފުލާގައި ވެސް ރާގަވަށް ލަވައެއް ހުށަހަޅައިދީފައެވެ.

ޕަރިނީތީ މިއުޒިކުގެ ދާއިރާއަށް ރަސްމީކޮށް ނުކުންނަކަން އިއުލާނުކޮށްފައިވާއިރު ބަތަލާގެ ދެބެއިންގެ ދެ ދަރި، ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްޅާއަކީ ވެސް ޕްރޮފެޝަނަލް މިއުޒީޝަނެކެވެ.

comment ކޮމެންޓް