ތިމާވެށީގެ ދުވަހު ހަވީރު 4 އިން ރޭގަނޑު 10 އަށް ފައި މަގުގައި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަންނަ އަންގާރަ ދުވަހަކީ ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ހަމަ ޖައްސައިފި އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އޮފް އެންވަޔާރަމަންޓް އެންޑް އެނާޖީ އަބްދުﷲ މަޖީދު ވިދާޅުވީ އަންގާރަ ދުވަހު ފާހަގަ ކުރާ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އެ ދުވަހު ފައިގެ މަގުގައި އުޅޭ ވަގުތު ކޮޅެއް ރާއްޖޭ ހުރިހާ ރަށެއްގައި ވެސް ފާހަގަ ކުރާނެ ކަމަށެވެ.

މަޖީދު ވިދާޅުވީ ފައިމަގުގައި އުޅޭ ވަގުތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެދުވަހުގެ ހަވީރު 4:00 ފެށިގެން ރޭގަނޑު 10:00 ދެމެދު ކަމަށާއި އެ ވަގުތު ތަކުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަގުތަކުގައި ދުއްވޭނީ ހުއްދަ ދޫކުރާ ވެހިކަލްތަކަކަށް ކަމަށެވެ.

އެގޮތުން ބައިސްކަލާއި ނުކުޅެދޭ މީހުން ދުއްވާ ދުއްވާ އެއްޗެއްސާ އަލިފާން ނިއްވާ އުޅަނދުގެ އިތުރުން އިމަޖަންސީގައި ބޭނުންކުރާ ވެހިކަލްތައް ފިޔަވާ އިންޖީނުލީ އެއްވެސް ބާވާތެއްގެ އުނދެއް އެދުވަހު ބޭނުން ނުކުރެވޭނެ ކަމަށް ނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ހާއްސަ ހުއްދައިގެ ދަށުން ކޮންމެ ޕިކަޕް ސެންޓަރަކަށް ޕިކަޕެއް ކޮންމެ ޓެކްސީ ސެންޓަރަކަށް ޓެކްސީއެއް ދުއްވުމުގެ ހުއްދަ ދޭނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު