14:40
ކުރީގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަހުމަދު އަލީ ސަވާދު ބަންޑާރަ ނައިބުކަމުގެ ހުވާ ކުރައްވައިފި އެވެ.
މިކަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. ސަވާދަށް ބަންޑާރަ ނައިބް ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ ބަންޑާރަ ނައިބު ކަމުގެ ހުވާ ޑރ. ސަވާދު ކުރެއްވުމާ ގުޅިގެން މިހާރު ހުސްވެފައިވާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ވަރަށް އަވަހަށް ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށާއި އަދި އެމިނިސްޓްރީގެ ކަންތައް މިހާރު ކުރިއަށް ގެންދަވާނީ މިނިސްޓަރުގެ ނައިބުގެ ބެލުމުގެ ދަށުން ކަމަށެވެ.
ޑރ. ސަވާދަށް ބަންޑާރަ ނައިބު ކަމުގެ މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ފަތްކޮޅު ދެއްވުމަށް ފަހު، އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަންޑާރަ ނައިބު ކަމުގެ މަގާމުގެ މަސްއޫލިއްޔަތު ޑރ.ސަވާދު ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
ގާނޫނު އަސާސީއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ އިންތިގާލީ މުއްދަތު ހަމަވިއިރު، އެ ބާބުގައި ބަޔާންކޮށްފައިވާ ކަންކަން، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ފުރިހަމަކުރުމުގައި އިހްމާލުވެފައިވާ ކަމަށް ވިދާޅުވެ، މިދިޔަ އާދިއްތަ ދުވަހު ބަންޑާރަ ނައިބު ކަމުން ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި އާ ބަންޑާރަ ނައިބަކަށް ޑރ. ސަވާދު އައްޔަން ކުރެއްވުމަށް ޖެހިގެން އައި ދުވަހު ރައީސް އޮފީހުން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ހުވާ ލައިދެއްވާނެ ފަނޑިޔާރެއްގެ މައްސަލަ ނުކުތުމުން އެކަން ވަނީ ކެންސަލްކޮށްފަ އެވެ.
11:00
ބަންޑާރަ ނައިބުކަމުގެ ހުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަހުމަދު އަލީ ސަވާދު ކުރައްވައިފި އެވެ.
މިކަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. ސަވާދަށް ބަންޑަރަ ނައިބް ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއެއްގައި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ ބަންޑާރަ ނައިބު ކަމުގެ މަގާމަށް ސަވާދު އައްޔަން ކުރެއްވުމާއެކު ހުސްވެފައިވާ ޓޫރިޒަމް މިނިސްޓްރީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް ރައީސް އޮފީހުން ކުރައްވަމުން އަންނަ ކަމަށެވެ.