ފަހުގެ އައިފޯނުތަކުގައި ހުންނަ 'އޯލްވޭސް އޮން ޑިސްޕްލޭ' ގެލެކްސީ އެސް24 ގައި ހިމަނައިފި

އެސް 24 ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ އުންމީދުތަކަށް ވަރަށް ބޮޑަށް ބަރޯސާވެގެން --

ސެމްސަންގްގެ ގެލެކްސީ އެސް24 ގައި، އެންމެފަހުން އެޕަލްއިން ނެރުނު އައިފޯން 14 އާއި 15 ގައި ހުންނަ ކަހަލަ "އޯލްވޭސް އޮން ޑިސްޕްލޭ" ފީޗާ އިތުރު ފުރިހަމަކަމާއެކު ހިމަނައިފިއެވެ.

ސެމްސަންގްގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ ގެލެކްސީ އެސް24، ގެލެކްސީ އެސް24 ޕްލަސް އަދި ގެލެކްސީ އެސް24 އަލްޓްރާ އަކީ ވަން ޔޫއައި 6.1 އެންމެ ފުރަތަމަ ބޭނުންކުރާ ފޯނުތަކެވެ. ވަން ޔޫއައިގެ އާ ވާޝަންގައި ޑިވައިސްތަކަށް އާ ފީޗާތަކެއް ގެނެސްދެއެވެ. އޭގެ ތެރެއިން ގިނަ ފީޗާތައް މަސައްކަތް ކުރާނީ އޭއައި އިންޓަގްރޭޓް ކޮށްފައިވާ އާ ޕްރޮސެސަރުންނެވެ.

ގެލެކްސީ އެސް24، ގެލެކްސީ އެސް24 ޕްލަސް އަދި ގެލެކްސީ އެސް24 އަލްޓްރާގައި އޭއޯޑީ މޯޑުގެ އަޕްގްރޭޑް ވާޝަނެއް ހިމަނާފައިވާއިރު، މިއީ ހަމައެކަނި ގަޑި އާއި ނޮޓިފިކޭޝަން އައިކަންތަކުގެ އިތުރުން ވޯލްޕޭޕާތަކާއި ވިޖެޓްތަކަށް ވެސް ސަޕޯޓްކުރާ ފީޗާއެކެވެ. އޭގެ މާނައަކީ ގެލެކްސީ އެސް24 ލޮކް ކުރާއިރު ލޮކްސްކްރީން ވޯލްޕޭޕަރު އަލިމަޑުކުރުމާއި، ކްލޮކް ވިޖެޓް، މިއުޒިކް ޕްލޭޔާ އަދި ނޮޓިފިކޭޝަން އައިކަންތަކާއެކު ވިޖެޓްތަކުން ލިބޭ މައުލޫމާތުތައް ފެންނަން ހުންނާނެއެވެ.

މި ފީޗާގައި ސްކްރީން އޮން/އޮފް ކުރާއިރު ވޯލްޕޭޕަރަށް ވަރަށް ހިތްގައިމު އެނިމޭޝަނެއް ހުރެއެވެ.

ނަމަވެސް އޭއޯޑީ މޯޑުގައި ސަޕޯޓް ކުރަނީ މަދު ވިޖެޓްތަކަކަށް ކަމަށްވާއިރު، އެއީ ހަމައެކަނި ސްޓޮކް އެޕްލިކޭޝަންތަކަށް އެކަންޏެވެ. ސަޕޯޓްކުރާ ވިޖެޓްތަކުގެ ލިސްޓުގައި ހިމެނެނީ ކަލަންޑަރު (ޝެޑިއުލް)، ގަޑި (އެލާމް)، ރިމައިންޑާ (ޓުޑޭސް ރިމައިންޑާ)، ސެމްސަންގް ހެލްތު (ޑެއިލީ އެކްޓިވިޓީ)، ސިސްޓަމް (ބެޓެރީ ސްޓޭޓަސް) އަދި މޫސުން (އެއާ ކޮލިޓީ، ވާރޭވުމުގެ ފުރުސަތު، މިހާރުގެ ފިނިހޫނުމިން، ހަނދުގެ މަރުހަލާ، އިރު އަރައި އޮއްސޭ ގަޑި އަދި ޔޫވީ) އެވެ.

އޭއޯޑީގެ މި ވާޝަން އަކީ އާ ޖީލުގެ އޯލެޑް ޕެނަލްގެ ސަބަބުން 1 ހާޓްޒް އާ އެއްވަރަށް ރިފްރެޝް ރޭޓަށް ސަޕޯޓްކުރާ ޕެނަލެއް ކަމަށް ބެލެވެއެވެ. ރިފްރެޝް ރޭޓް މިހާ ދަށްވުމުގެ މާނައަކީ، ވޯލްޕޭޕަރު ދައްކާއިރު ސްކްރީނުން މާ ބޮޑަށް ކަރަންޓް ބޭނުން ނުކުރާނެ ކަމެވެ. ސެމްސަންގް އަކީ އެޕަލް ފިޔަވައި، އޭއޯޑީ ތައާރަފުކުރި ފުރަތަމަ ސްމާޓްފޯން ބްރޭންޑެވެ. ނަމަވެސް ހަލުވި ދުވެލީގައި މި ފީޗާ ރަނގަޅު ނުވި އިރު، އައިފޯން 14 ޕްރޯ އާއެކު 2022 ވަނަ އަހަރު ވޯލްޕޭޕާ އާއި ވިޖެޓްސް ސަޕޯޓް އެންމެ ފުރަތަމަ ގެނެސްދިނީ އެޕަލް އިންނެވެ.

comment ކޮމެންޓް