ތިލަފުށި ބިން ހިއްކުމުގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް ފަށައިފި

ތިލަފުށި ބިން ހިއްކުމުގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް އާބަންކޯއިން ވަނީ ފަށައިފަ --- ފޮޓޯ/އާބަންކޯ

ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް އާބަންކޯއިން މިއަދު ފަށައިފިއެވެ.

އާބަންކޯއިން ބުނީ، އޭރިއާ އީ ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އެއީ 5.9 ހެކްޓަރުގެ ސަރަޙައްދެކެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް އެރިއާ އޭ، ބީ، އީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އާބަންކޯއާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެއްކަމަށް އާބަންކޯއިން ބުނެއެވެ.

ތިލަފުށި ބިން ހިއްކުމުގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް އާބަންކޯއިން ވަނީ ފަށައިފަ --- ފޮޓޯ/އާބަންކޯ

ތިލަފުށީގެ ބިން ހިއްކައި ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހަމައެއާއެކު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ވެސް ސަރުކާރުގެ ނިންމުމެކެވެ.

ތިލަފުށި ބިން ހިއްކުމުގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް އާބަންކޯއިން ވަނީ ފަށައިފަ --- ފޮޓޯ/އާބަންކޯ

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހެވެ.

މި މުޅި މަޝްރޫއުގެ ތެރެއިން ހިއްކަން ހަމަޖެހިފައިވަނީ؛ އޭރިއާ އޭ ގެ 71.5 ހެކްޓަރު ސަރަހައްދާއި އޭރިއާ ބީ 39.6 ހެކްޓަރުގެ އިތުރުން، އޭރިއާ އީ 5.9 ހެކްޓަރާއި އޭރިއާ އެފްގެ 0.73 ހެކްޓަރެވެ.

ތިލަފުށީގެ ސިނާއީ މަޝްރޫއަކީ ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން އާބަންކޯއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

comment ކޮމެންޓް