ސެލީނާ އަނެއްކާ ވެސް ސޯޝަލް މީޑިއާއިން ބްރޭކެއް

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސެލީނާ ގޮމޭޒް އަނެއްކާ ވެސް ސޯޝަލް މީޑިއާއިން ބްރޭކެއް ނަގައިފިއެވެ.

ހަތަރު އަހަރު ވަންދެން ސޯޝަލް މީޑިއާއާ ދުރަށް ދިޔުމަށްފަހު އެނބުރި އައިސް ސޯޝަލް މީޑިއާގައި އެކްޓިވް ވާން ފަށާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަލަސްތީނަށް ދެމުން ދިޔަ ހަމަލާ ތަކާ ގުޅިގެން އެކަމުން ދުރުވާން ވެގެން ކަމަށް ބުނެ ވަނީ ސޯޝަލް މީޑިއާއިން ބްރޭކެއް ނަގާފައެވެ.

އާންމުންގެ އެތައް ފާޑު ކިޔުމެއް އެވަގުތު ސެލީނާއަށް ރައްދުވެފައި ވަނިކޮށް ސެލީނާ ވަނީ ހަފުތާ އެއް ނުވަނީސް ސޯޝަލް މީޑިއާއަށް އެނބުރި އައިސްފައެވެ.

ސޯޝަލް މީޑިއާއަށް އެނބުރި އައިސް މާ ގިނަ ދުވަސްތަކެއް ނުވެ ސެލީނާ ދެން ހާމަކުރީ މިއުޒިކް އިންޑަސްޓްރީ އާ ދުރުވާން އުޅޭ ވާހަކައެވެ. ސެލީނާ މިފަހަރު ބުނެފައިވަނީ މިއުޒިކް ނެރުން ހުއްޓާލަން ވިސްނާ ކަމަށެވެ.

އެގޮތުން ދެން މިއުޒިކް ނެރުނަސް ނެރޭނީ އޭނާގެ އެންމެ ފަހު އަލްބަމް ކަމަށް ސެލީނާ ބުނެއެވެ. ސެލީނާ ބުނާގޮތުގައި އޭނާ މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އެކްޓިންއަށް އެކަނި ސަމާލުކަން ދިނުމަށެވެ.

ދާދިފަހުން ސޯޝަލް މީޑިއާ އަށް ލީ ޕޯސްޓެއް ބުނެފައިވަނީ ސޯޝަލް މީޑިއާއިން ބްރޭކެއް ނަގާ ކަމަށެވެ. އަދި އެންމެ މުހިއްމު ކަންތައްތަކަށް ސަމާލުކަން ދިނުމަށް އެކަން ކުރަން ބޭނުންވި ކަމަށް ސެލީނާ ބުންޏެވެ.

ސެލީނާގެ ޕޯސްޓުން ފެންނަނީ އޭނާ މިހާރު ލޯބީގެ ގޮތުން އުޅޭ މިއުޒީޝަން ބެނީ ބްލާންކޯ އާއިލާގެ ކުޑަކުދިންތަކަކާއެކު އުޅޭ މަންޒަރެވެ.

ސޯޝަލް މީޑިއާއިން އިރުކޮޅަކާ ބްރޭކް ނަގާ ވާހަކަ މިހާރު އާންމުންގެ މެދުގައި ވަނީ ބޮޑު ޖޯކަކަށް ވެފައެވެ. ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ ސެލީނާ އަށް ފާޑުކިޔަމުންނެވެ.

comment ކޮމެންޓް