ތިނަދޫގެ ރަށްވެހިކަން ދޫކުރާ މީހުންގެ އަތުން 5000 ރުފިޔާގެ ފީއެއް ނަގަނީ

ތިނަދޫގެ ރަށް ވެހިކަން ދޫކޮށްލާނަމަ 5000 ރުފިޔާގެ ފީއެއް ނަގަނީ-- ފޮޓޯ/ ޔާމީން ފޮޓޯގްރާފާ

ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަން އެ ރަށުގެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ތިނަދޫ ސިޓީ ކައުންސިލުން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނީ، ތިނަދޫ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް މީހުން ބަދަލުވުމަކީ އެ ސިޓީގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރެއް ކުރާ ކަމެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންވެ، އެ ސިޓީގެ އާބާދީ އިތުރު ކުރުމަށް ބާރުއެޅުމުގެ ގޮތުން މި އަހަރުން ފެށިގެން ތިނަދޫގެ ރަށް ވެހިކަން ދޫކޮށް އެހެން ރަށް ރަށަށް ރަށްވެހިކަން ބަދަލު ކޮށްދިނުމުގެ އިދާރީ ފީއެއްގެ ގޮތުގައި 5000 ރުފިޔާ ނަގަން ނިންމީ ކަމަށް އެ އިއުލާނުގައިވެއެވެ.

މިކަން މިގޮތަށް ނިންމައިފައި ފާސްކޮށްފައިވަނީ، މި މަހުގެ ތިން ވަނަ ދުވަހު ބޭއްވުނު ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 126 ވަނަ ރަސްމީ ބައްދަލުވުމުގައި ކަން ވެސް އެ އިއުލާނުގައި ފާހަގަ ކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް